05 ޖުލައި 2020
ޓެކްސްގެ ގޮތުގައި ނުހިމެނޭ ފައިސާ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބަލައިގަތުން ހުއްޓާލާފައި އޮތުމަށް ފަހު، ޓެކްސް އަށް ނުވާ ބައެއް ފައިސާ މީރާ އިން އަލުން ބަލައިގަންނަ ގޮތަށް މާލިއްޔަތު ގަވާއިދަށް އިސްލާހު ގެނެސްފި އެވެ.
ޓެކްސްގެ ގޮތުގައި ނުހިމެނޭ ފައިސާ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބަލައިގަތުން ހުއްޓާލާފައި އޮތުމަށް ފަހު، ޓެކްސް އަށް ނުވާ ބައެއް ފައިސާ މީރާ އިން އަލުން ބަލައިގަންނަ ގޮތަށް މާލިއްޔަތު ގަވާއިދަށް އިސްލާހު ގެނެސްފި އެވެ.
ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނު އޮތް ގޮތުން ޓެކްސްގެ ގޮތުގައި ނުހިމެނޭ ނުވާ ފައިސާ ހޯދަން މީރާ އަށް ދައުވާ ނުކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން މިދިޔަ މަހު ވަނީ ހުކުމްކޮށްފަ އެވެ. އެ ހުކުމާ އެކު، ޓެކްސް ނޫން ފައިސާ ބަލައިގަތުން މީރާ އިން އޮތީ ހުއްޓާލައިފަ އެވެ.
މާލިއްޔަތު ގަވާއިދަށް މިއަދު ގެނައި އިސްލާހުގައިވަނީ ޓެކްސްގެ ގޮތުގައި ނުހިމެނޭ ފައިސާގެ ތެރެއިން 73 ބާވަތެއް ބަލައިގަންނާނީ މީރާ އިން ކަމަށާއި މީރާގެ އޮފީހެއް ނުހުންނަ ރަށްރަށުގައި މީރާއިން ކަނޑައަޅާ ފަރާތަކަށް އެ ފައިސާ ދައްކަން ޖެހޭނެ ކަމަށެވެ. އަދި އެ ފައިސާ ނުދެއްކުމުން އަރާ ޖޫރިމަނާތައް ވެސް ބަލައިގަންނާނީ މީރާ އިން ކަމަށް އެ އިސްލާހުގައިވެ އެވެ.
އެ އިސްލާހުގައި، މީރާ އިން ބަލައިގަންނަންޖެހޭ ފައިސާގެ ތެރޭގައި ޓޫރިޒަމްގެ ބޭނުމަށް ދޫކޮށްފައިވާ ތަންތަނާއި ދަނޑުވެރިކަމަށް ނުވަތަ ވަރުވާ އަށް ދޫކޮށްފައިވާ ރަށްރަށގެ ފައިސާ އާއި ވިޔަފާރިތަކާ ގުޅޭ ފީ އާއި އުޅަނދުތަކުގެ އަހަރީ ފީ އާއި ގަވާއިދާ ޚިލާފަށް ޕާކްކުރުމުން ކުރާ ޖޫރިމަނާ އާއި ދައުލަތުގެ އިމާރާތްތަކާ ގުޅިގެން ދައްކަންޖެހޭ ފައިސާ ވެސް ހިމެނެ އެވެ. އަދި ބައެއް ގާނޫނުތަކުގެ ދަށުން ކުރެވޭ ޖޫރިމަނާތައް ވެސް ބަލައިގަންނަން ޖެހޭނީ މީރާއިން ކަމަށް އެ އިސްލާހުގައިވެ އެވެ.
ސުޕްރީމް ކޯޓުގެ ހުކުމާ އެކު، ޓެކްސްގެ ގޮތުގައި ނުހިމެނޭ ފައިސާތަ ބަލައިގަތުން މީރާ އިން ހުއްޓާލިޔަސް، ސަރުކާރުން ބުނެފައިވަނީ ސަރުކާރުގެ އޮފީސްތަކުން ފައިސާ ބަލައިގަނެވޭނެ އިންތިޒާމްތަކެއް ނެތް ކަމަށާއި އެކަން އެގޮތަށް ބާއްވަން ބޭނުން ނުވާ ކަމަށެވެ.
މިދިޔަ މަހުގެ އާމްދަނީ 80 ޕަސެންޓް ދަށަށް
މީރާއިން ފައިސާ ހޯދުމުގެ ބައެއް އުސޫލު ހަރުކަށިކޮށްފި
ނުލިބި ހުރި ފައިސާއިން 639 މިލިއަން ރުފިޔާ ހޯދައިފި
އިންކަމް ޓެކްސް ޑޮލަރުން ދައްކަންޖެހޭ ގޮތަށް ހަދައިފި
ހަތް މަހުން ޓެކްސްއަށް 15 ބިލިއަން ރުފިޔާ
ކުލި/ޓެކްސް ނުދައްކާ މީހުން "ފިލިޔަ" ދީގެން ނުވާނެ!
މީރާއަށް ބަލައިގަތް އާމްދަނީ ލަފާކުރި ވަރަށް ވުރެ ދަށް
ގޯއެއާގެ މައްޗަށް 3.5 މިލިއަން ޑޮލަރުގެ ހުކުމެއް
ލަފާކުރި ވަރަށް ވުރެ މިދިޔަ މަހުގެ އާމްދަނީ އިތުރު
މުއްދަތު އިތުރުކުރުމުން ޖޫންގެ ޓެކްސް އާމްދަނީ ދަށަށް