01 ޖުލައި 2020
ޖެނޯވާ (ޖުލައި 1) – ޓޮރިނޯ އަތުން 2-1 އިން ލާޒިއޯ ރޭ މޮޅުވި ނަމަވެސް، ޔުވެންޓަސް އިން ޖެނޯއާ އަތުން 3-1 އިން މޮޅުވެ އިޓާލިއަން ލީގުގެ އެއް ވަނައިގައި ހަތަރު ޕޮއިންޓުގެ ލީޑު ދަމަހައްޓައިފި އެވެ.
ޖެނޯވާ (ޖުލައި 1) – ޓޮރިނޯ އަތުން 2-1 އިން ލާޒިއޯ ރޭ މޮޅުވި ނަމަވެސް، ޔުވެންޓަސް އިން ޖެނޯއާ އަތުން 3-1 އިން މޮޅުވެ އިޓާލިއަން ލީގުގެ އެއް ވަނައިގައި ހަތަރު ޕޮއިންޓުގެ ލީޑު ދަމަހައްޓައިފި އެވެ.
ޔުވެންޓަސް އެއް ވަނައިގައި އޮތީ 29 މެޗުން 72 ޕޮއިންޓް އެއްކޮށްގެންނެވެ. ލާޒިއޯ ދެ ވަނައިގައި އޮތީ 29 މެޗުން 68 ޕޮއިންޓް ހޯދައިގެންނެވެ. ތާވަލުގެ ތިން ވަނައިގައި އިންޓަ މިލާން އޮތީ 28 މެޗުން 61 ޕޮއިންޓާ އެކު އެވެ. އިންޓަ އިން މިރޭ ބްރެޝިއާ އަތުން މޮޅުގެން، ޔުވެންޓަސް އާއި ލާޒިއޯއާ ގާތްކުރެވޭނެ އެވެ.
ޖެނޯއާގެ ދަނޑުގައި ކުޅުނު މެޗުގައި ޔުވެންޓަސް އަށް ގޯލްތައް ޖަހައިދިނީ ޕައޮލޯ ޑީބަލާ އާއި ކްރިސްޓިއާނޯ ރޮނާލްޑޯ އަދި ޑަގްލަސް ކޮސްޓާ އެވެ. ޖެނޯއާގެ ހަމައެކަނި ގޯލް ކާމިޔާބުކުރީ އަންދްރޭ ޕިނަމޮންޓީ އެވެ.
"މިއީ ވަރަށް ރަނގަޅު ޓީމް މަސައްކަތެއް. އަދި އަހަރެމެން ޖެހީ އެހާމެ މޮޅު ތިން ގޯލް،" ޔުވެންޓަސްގެ ކޯޗު މައުރީޒިއޯ ސާރީ ބުންޏެވެ. "އިޓާލިއަން ކަޕުގެ ފައިނަލުން ބަލިވުމުގެ މާޔޫސްކަމުން ޓީމު އަރައިގެންފި، އެއީ ވަގުތުކޮޅެއްގެ ކަމެއް."
ލީގުގައި ބާކީ ކޮންމެ ޓީމަކަށް އޮތީ ނުވަ މެޗެވެ. އެހެންވެ ހަތަރު ޕޮއިންޓުގެ ލީޑަކީ، ލީގު ކާމިޔާބުކުރުމުގެ މަސައްކަތުގައި މިވަގުތަށް ވަރަށް ރަނގަޅު ލީޑެކެވެ. ނަޕޯލީ އަތުން ބަލިވެ އިޓާލިއަން ކަޕް ގެއްލުމާ އެކު ލީގު ހޯދުން ސާރީ އަށް މިހާރު ވަނީ މަޖުބޫރުވެފަ އެވެ. ލީގަށް ފަހު އެ ޓީމު ދެން ފޯކަސްކުރާނީ ޗެމްޕިއަންސް ލީގަށެވެ. ކޮވިޑް-19 ގެ ސަބަބުން ޗެމްޕިއަންސް ލީގު މެދުކަނޑާލިއިރު ޔުވެންޓަސް އޮތީ އެ މުބާރާތުގެ ދެ ވަނަ ބުރުގެ ފުރަތަމަ ލެގުން، ފްރާންސްގެ ލިޔޯން އަތުން 1-0 އިން މޮޅުވެފަ އެވެ.
އިޓާލިއަން ލީގުގައި ޓޮރިނޯ އާއި ލާޒިއޯ އިން ޓިއުރިންގައި ކުޅުނު މެޗުގެ ފަސް ވަނަ މިނެޓުގައި ޓޮރިނޯގެ އަންދްރޭ ބެލޮއްޓީ ވަނީ ޕެނަލްޓީއަކުން ލީޑު ނަގައިފަ އެވެ. ލާޒިއޯ މޮޅުވީ ކެޕްޓަން ޗީރޯ އިމޮބިލޭ އާއި މާކޯ ޕަރޯލޯ ޖެހި ގޯލްތަކުންނެވެ.
ޗެމްޕިއަން މިލާން ބަލިކޮށް ނަޕޯލީ އެއް ވަނައިގައި
ބުފޮން އަށް ރެކޯޑެއް، ޔުވެންޓަސް އަށް ބޮޑު ލީޑެއް
ލާޒިއޯ ބަލިވެއްޖެ، ޔުވެންޓަސް އަށް ހިތްހަމަޖެހުން
ދެ އަހަރަށް ފަހު ޔުވެންޓަސް އަމިއްލަ ދަނޑުގައި ބަލިވެއްޖެ
ޔުވެންޓަސް ދެ ވަނަ މެޗުން ވެސް މޮޅެއް ހޯދައިފި
ޔުވެންޓަސް އާއި އިންޓަ އެއްވަރުމުން ހުރިހާ އުފަލެއް ނަޕޯލީ އަށް
ބޭނުންވަނީ ޔުވެންޓަސްގައި ދެމި ހުންނަން: ޕޮގްބާ
މިލާން އަތުން ފިއޮރެންޓީނާ މޮޅުކޮށްދިނީ ޑެހެއާ
ޔުވެންޓަސްއިން ކީޕަރު ޝެޒްނީގެ ކޮންޓްރެކްޓް އުވާލައިފި
އިޓަލީގެ ގަދަ ހަތަރު ކްލަބަށް ވަރުގަދަ ތުހުމަތެއް