28 އޯގަސްޓް 2016
ރޯމް (އޮގަސްޓް 28) - ލާޒިއޯ އަތުން 1-0 އިން މޮޅުވެ އިޓާލިއަން ލީގުގެ އެންމެ ފަހު ފަސް ސީޒަނުގެ ޗެމްޕިއަން ޔުވެންޓަސް އިން ހަ ޕޮއިންޓާ އެކު ލީގުގެ އެއް ވަނަ އަށް އަރައިފި އެވެ.
ރޯމް (އޮގަސްޓް 28) - ލާޒިއޯ އަތުން 1-0 އިން މޮޅުވެ އިޓާލިއަން ލީގުގެ އެންމެ ފަހު ފަސް ސީޒަނުގެ ޗެމްޕިއަން ޔުވެންޓަސް އިން ހަ ޕޮއިންޓާ އެކު ލީގުގެ އެއް ވަނަ އަށް އަރައިފި އެވެ.
އެ ޓީމު ދެ މެޗުން މޮޅުވެފައިވާއިރު، ދެ ވަނައިގައި ހަތަރު ޕޮއިންޓާ އެކު އޮތީ ރޭ އޭސީ މިލާން އަތުން 4-2 އިން މޮޅުވި ނަޕޯލީ އެވެ.
ރަށުން ބޭރުގައި ކުޅުނު މެޗުގައި ޔުވެންޓަސްގެ ހަމައެކަނި ގޯލް 66 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ސާމީ ކެދީރާ އެވެ. ފުރަތަމަ މެޗުން މިދިޔަ ހަފުތާގައި ފިއޮރެންޓީނާ އަތުން 2-1 އިން ޔުވެންޓަސް މޮޅުވި މެޗުގައި ވެސް ކެދީރާ ލަނޑު ޖެހި އެވެ.
އަމިއްލަ ދަނޑުގައި މިލާން އަތުން ރޭ ނަޕޯލީ މޮޅުވިއިރު ފުރަތަމަ ހާފުގައި އެ ޓީމަށް ދެ ލަނޑު ކާމިޔާބުކޮށްދިނީ މި ސީޒަނުގައި އެ ޓީމާ ގުޅުނު ޕޮލެންޑުގެ ފޯވާޑް މިލިކެވެ. ދެ ވަނަ ހާފުގެ ކުރީކޮޅު މިލާނުން ވަނީ އެމްބަޔޭ ނިއަންގް އާއި ސުސޯގެ ލަނޑުތަކުން އެއްވަރުކޮށްފަ އެވެ. އޭގެ ފަހުން އެ ޓީމުގެ ޔުރާޖް ކުޗްކާ އާއި ނިއަންގް އަށް ރަތްކާޑު ދައްކައި ފޮނުވާލިއިރު ނަޕޯލީ މޮޅުވީ ހޯސޭ ކަލެހޮންގެ ދެ ލަނޑުންނެވެ.
ޗެމްޕިއަން މިލާން ބަލިކޮށް ނަޕޯލީ އެއް ވަނައިގައި
ބުފޮން އަށް ރެކޯޑެއް، ޔުވެންޓަސް އަށް ބޮޑު ލީޑެއް
ޔުވެންޓަސް ލީޑު ދަމަހައްޓައިފި
ލާޒިއޯ ބަލިވެއްޖެ، ޔުވެންޓަސް އަށް ހިތްހަމަޖެހުން
ދެ އަހަރަށް ފަހު ޔުވެންޓަސް އަމިއްލަ ދަނޑުގައި ބަލިވެއްޖެ
ޔުވެންޓަސް އާއި އިންޓަ އެއްވަރުމުން ހުރިހާ އުފަލެއް ނަޕޯލީ އަށް
ބޭނުންވަނީ ޔުވެންޓަސްގައި ދެމި ހުންނަން: ޕޮގްބާ
މިލާން އަތުން ފިއޮރެންޓީނާ މޮޅުކޮށްދިނީ ޑެހެއާ
ޔުވެންޓަސްއިން ކީޕަރު ޝެޒްނީގެ ކޮންޓްރެކްޓް އުވާލައިފި
އިޓަލީގެ ގަދަ ހަތަރު ކްލަބަށް ވަރުގަދަ ތުހުމަތެއް