26 ޖޫން 2020
ޕަތުނާ (ޖޫން 26) - ވޭތުވެދިޔަ ދުވަސްތަކުގައި އިންޑިއާގެ އުތުރާއި އިރުމަތީގެ ހިސާބުތަކަށް ހޮނު އެޅުމުގެ ސަބަބުން 107 މީހުން މަރުވެފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.
ޕަތުނާ (ޖޫން 26) - ވޭތުވެދިޔަ ދުވަސްތަކުގައި އިންޑިއާގެ އުތުރާއި އިރުމަތީގެ ހިސާބުތަކަށް ހޮނު އެޅުމުގެ ސަބަބުން 107 މީހުން މަރުވެފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.
އިންޑިއާ އަށް ހުޅަނގު މޫސުމުގެ ވިއްސާރަ ލައިގެންފައިވާ އިރު އިރުމަތީގެ ބިހާރު ސްޓޭޓަށް ހޮނުއެޅުމުގެ ސަބަބުން ވަނީ 83 މީހުން މަރުވެފަ އެވެ. އުތުރުގެ އުއްތަރަ ޕްރަދޭޝް އިން ވަނީ އިތުރު 24 މީހުން މަރުވެފަ އެވެ. އޮފިޝަލުން ބުނީ އެތައް ބަޔަކު ޒަޚަމް ވެސް ވެފައިވާ ކަމަށެވެ.
އިންޑިއާގައި ހުޅަނގު މޫސުން އާއްމުކޮށް ޖުލައި މަހުން ސެޕްޓެމްބަރަށް ކުރިއަށްދާއިރު، ވިއްސާރަ ދުވަސްވަރު ހޮނު އެޅުމަކީ އާއްމު ކަމެކެވެ.
ބިހާރު ސްޓޭޓުގެ ޑިޒާސްޓަ މެނޭޖްމަންޓް މިނިސްޓަރު ލަކްޝްމެޝްވާރު ރާއި ވިދާޅުވީ މިއީ ފަހަކަށް އައިސް ހޮނު އަޅައިގެން އެ ސްޓޭޓުން އެހާ ގިނަ މީހުން މަރުވި ފުރަތަމަ ފަހަރު ކަމަށެވެ. މީޓިއޮރޮލޮޖީ ޑިޕާޓްމަންޓުން ލަފާކުރާ ގޮތުގައި މިއަދާއި މާދަމާ ވެސް ބިހާރަށް ވިއްސާރަ ކުރާނެ އެވެ.
ނޭޝަނަލް ކްރައިމް ރެކޯޑްސް ބިއުރޯގެ ހިސާބުތަކުން އެނގޭ ގޮތުގައި ހޮނު އަޅައިގެން 2018 ވަނަ އަހަރު އިންޑިއާ އިން ވަނީ 2،300 މީހުން މަރުވެފަ އެވެ. އަދި 2005 ވަނަ އަހަރުން ފެށިގެން އަހަރަކު އެވްރެޖްކޮށް ވަނީ، ހޮނު އެޅުމުގެ ސަބަބުން، 2،000 މީހުން މަރުވެފަ އެވެ.
ދެހާސް އަށާރަ ވަނަ އަހަރު ވަނީ އަންދުރަ ޕްރަދޭޝް އަށް 13 ގަޑިއިރު ތެރޭ 36،749 ފަހަރު ހޮނު އަޅައިފަ އެވެ.
ހޮނު އަޅައިގެން އިންޑިއާ އިން 50 މީހުން މަރުވެއްޖެ
އިންޑިއާގެ ސްޓޭޓަކަށް 37000 ފަހަރު ހޮނުއަޅައިފި
ހޮނުއަޅައިގެން އިންޑިއާ އިން 79 މީހުން މަރުވެއްޖެ
މަސްރަހު ފިނިކުރަން އިންޑިއާގެ މަންދޫބެއް ބަންގްލަދޭޝަށް
ޕުޝްޕާ އެޅުވި ސިނަމާއެއްގައި ފިތިބާރުވެގެން އެކަކު މަރު
އިންޑިއާގެ ސަފީރު، ރައީސަށް ވަދާއީ ޒިޔާރަތްކުރައްވައިފި
އިންޑިއާގެ އުނދަގުލާ ދެކޮޅަށް ތެދުވާންޖެހޭ: ޔޫނުސް
ބަންގްލާދޭޝް އާއި އިންޑިއާގެ ބަހުގެ ހަމަލާ ވަރުގަދަަވަނީ
އިންޑިއާގެ ތަޣައްޔަރު ވައިން ރާއްޖެ ފުސްވެއްޖެ
ދަނޑުވެރިކަމުގެ މަޝްރޫއު ފުށިދިއްގަރުފަޅަށް ބަދަލުކޮށްފި