30 މެއި 2018
ބިހާރު (މެއި 30) - އިންޑިއާގެ އުތުރުގެ ހިސާބުތަކަށް ކުރަމުންދާ ވިއްސާރައިގައި ގުގުރާ ހޮނު އެޅުމުގެ ސަބަބުން މަދުވެގެން 50 މީހުން މަރުވެފައިވާ ކަމަށް އޮފިޝަލުން އިއްޔެ ބުނެފި އެވެ.
ބިހާރު (މެއި 30) - އިންޑިއާގެ އުތުރުގެ ހިސާބުތަކަށް ކުރަމުންދާ ވިއްސާރައިގައި ގުގުރާ ހޮނު އެޅުމުގެ ސަބަބުން މަދުވެގެން 50 މީހުން މަރުވެފައިވާ ކަމަށް އޮފިޝަލުން އިއްޔެ ބުނެފި އެވެ.
ގަދަޔަށް ވައި ޖެހެމުން ދިޔަ އިރު ހޮނު އެޅުމުގެ ސަބަބުން ގިނަ އަވަށްތަކަކުން ވަނީ އިމާރާތްތައް ވެއްޓިފަ އެވެ. އަދި އެތައް ބަޔަކު ވަނީ ޒަޚަމްވެފަ އެވެ. އެންމެ ބޮޑު ގެއްލުމެއް ލިބިފައި ވަނީ އިރުމަތީގެ ބިހާރު ސްޓޭޓަށެވެ. ހޮނުއެޅުމުގެ ސަބަބުން ބިހާރުން ވަނީ 20 މީހުން މަރުވެފަ އެވެ. އުތުރުގެ އުއްތަރަ ޕްރަދޭޝް އިން ވަނީ 15 މީހުން އަދި އިރުމަތީގެ ޖަރްކަންދު ސްޓޭޓުން ވަނީ 12 މީހުން މަރުވެފަ އެވެ. އުތުރުގެ އެހެން ސްޓޭޓެއް ކަމަށްވާ އުއްތަރަކަންދުގައި ގަހެއް ދަށުވެ ތިން ކުޑަ ކުދިން ވަނީ މަރުވެފަ އެވެ.
ހޮނު އަޅައިގެން ގިނަ ބަޔަކު މަރުވެފައި މިވަނީ ހިރަފުހުގެ ތޫފާނެއްގައި އިންޑިއާގެ އުތުރުގެ ހިސާބުތަކުން 100 އަށް ވުރެ ގިނަ މީހުން މަރުވެފައި ވަނިކޮށެވެ.
އިންޑިއާގެ މިޓިއޮރޮލޮޖިކަލް ޑިޕާޓްމަންޓުން ބުނީ ކުރިއަށް އޮތް ދުވަސްތަކުގައި އުތުރުގެ ހިސާބުތަކުގެ މޫނުމިން 47 ޑިގްރީ އަށް އަރާނެ ކަމަށާއި އެހެންވެ ވައި ބާރުވެ އިތުރު ތޫފާންތައް އެރުމުގެ ފުރުސަތު ބޮޑު ކަމަށެވެ. އަދި މޫސުން ގޯސްވުމުގެ ސަބަބުން އެކި ސްޓޭޓްތަކުން ގިނަގިނައިން ކަރަންޓް ކެނޑިދާނެ ކަމަށް ވަނީ އިންޒާރު ދީފަ އެވެ.
ގިނަ މީހުން މަރުވެފައި ވަނީ ނިދާފައި ތިއްބާ ގެއަށް ހޮނުއެޅުމުން ކަމަށް އޮފިޝަލުން ބުނެ އެވެ. އިންޑިއާގެ އަންދުރަ ޕްރަދޭޝް ސްޓޭޓަށް މިދިޔަ އެޕްރީލް މަހު ވަނީ 13 ގަޑިއިރު ތެރޭ ރެކޯޑް އަދަދެއް ކަމަށްވާ 36،749 ފަހަރު ހޮނުއަޅައިފަ އެވެ.
އިންޑިއާގައި ހޮނުއެޅުމުގެ ސަބަބަން އަހަރަކު އެވްރެޖްކޮށް 2،000 މީހުން މަރުވާ ކަމަށް ނޭޝަނަލް ކްރައިމްސް ރެކޯޑްސް ބިއުރޯ އިން ބުނެ އެވެ.
ވިދާ، ގުގުރުމުގެ މައުލޫމާތު ގެނެސްދޭން ސިސްޓަމެއް
ހޮނުއަޅައިގެން އިންޑިއާ އިން 79 މީހުން މަރުވެއްޖެ
އިންޑިއާގެ ތަޣައްޔަރު ވައިން ރާއްޖެ ފުސްވެއްޖެ
ވަރުގަދަ ތޫފާން "ފެންގަލް" އިންޑިއާގެ ޓެމިލް ނާޑޫއަށް
ތޫފާން ޑާނާ: މިލިއަން މީހުން ރައްކާތެރި ހިސާބުތަކަށް
މިރޭ ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސް
ހޮނުއެޅުން އިންޑިއާގައި އާދަޔާ ހިލާފަށް އިތުރުވެއްޖެ
ގަދަ ވިއްސާރާގައި ކެރެލާއިން 93 މަރު
އިންޑިއާގައި ބިލްބޯޑެއް ވެއްޓި 12 މީހަކު މަރުވެއްޖެ
ޕާކިސްތާނުގައި ހޮނުއަޅައިގެން 28 މީހުން މަރުވެއްޖެ