Roadha Mihaaru

އިންޑިއާއަށް އާދަޔާ ހިލާފަށް ހޫނު ގަދަވާނެ ކަމުގެ އިންޒާރެއް

މި އަހަރުގެ ހޫނު މޫސުމުގައި އިންޑިއާގެ ގިނަ ހިސާބުތަކަށް، އެހެން އަހަރުތަކުގެ އެ ދުވަސްވަރު ހޫނުވާ ވަރަށް ވުރެ ގަދަޔަށް ހޫނުވާނެ ކަމުގެ އިންޒާރު އެ ގައުމުގެ މޫސުމާ ބެހޭ އިދާރާއިން ދީފި އެވެ.

އިންޑިއާއަށް އާދަޔާ ހިލާފަށް ހޫނުވާނެ ކަމުގެ އިންޒާރެއް

މި އަހަރުގެ ހޫނު މޫސުމުގައި އިންޑިއާގެ ގިނަ ހިސާބުތަކަށް، އެހެން އަހަރުތަކުގެ އެ ދުވަސްވަރު ހޫނުވާ ވަރަށް ވުރެ ގަދަޔަށް ހޫނުވާނެ ކަމުގެ އިންޒާރު އެ ގައުމުގެ މޫސުމާ ބެހޭ އިދާރާއިން ދީފި އެވެ.

އިންޑިއާގެ މީޓިއޮރޮލޮޖިކަލް ޑިޕާޓްމަންޓްގެ ވެރިޔާ މުރްތިޔުންޖޭ މަހާޕަތުރާ ވިދާޅުވީ މިއަހަރު ބައެއް ސްޓޭޓްތަކަށް އާދަޔާ ހިލާފަށް ހޫނުގަދަ ދުވަސްތައް އިތުރުވާނެ ކަމަށެވެ.

އިންޑިއާގެ ގިނަ ސްޓޭޓްތަކުގައި މިހާރު ވެސް ވަނީ ފެބްރުއަރީ މަހު ފިނިހޫނުމިން އެންމެ ދަށްކޮށް ހުންނަ ހަފްތާގެ އެވްރެޖް 1-3 ސެލްސިއަސް މަތި ކަމަށް ރިޕޯޓްކޮށްފަ އެވެ.

ހޫނުގަދަވުމުގެ ސަބަބުން އިންޑިއާގައި ކޮންމެ އަހަރަކު ވެސް އެތައް ސަތޭކަ ބަޔަކު މަރުވެ އެވެ. އަދި ހޫނު ގަދަވުމާއި ފެން ލިބުން މަދުވުމުން ދަނޑުވެރިކަން ފަދަ ސިނާއަތްތަކަށް ވެސް ގެއްލުން ލިބެ އެވެ.

އިންޑިއާގައި މިދިޔަ އަހަރު އެ ގައުމުގައި މިހާތަނަށް އެންމެ ހޫނުވި ދުވަސް ވަނީ ރެކޯޑް ކުރެވިފަ އެވެ. އެއީ ހުޅަނގު ރާޖަސްތާން ސްޓޭޓްގެ ޗޫރޫ ސިޓީގައި މެއި މަހުގެ 28 ވަނަ ދުވަހު އެވެ. އެ ދުވަހު 50.5 ސެލްސިއަސް އަށް ހޫނުމިން އެރި އެވެ. ހެލްތު މިނިސްސްޓްރީން ވަނީ މިދިޔަ އަހަރުގެ މާޗް 1 އިން ޖޫން 20 އާ ދެމެދު ގަދަ ހޫނުގެ ސަބަބުން 143 މީހުން މަރުވެފައިވާ ބުނެފަ އެވެ.

ނަމަވެސް، ގަދަ ހޫނުގެ ސަބަބުން މަރުވާ މީހުންގެ އަދަދު ބަލާ މިނިވަން ތަޖުރިބާކާރުން ދެކޭ ގޮތުގައި ހޫނުގަދަވުމުގެ ސަބަބުން މަރުވާ ކަމަށް ރިޕޯޓްކުރާ ރަސްމީ އަދަދު މާ މަދެވެ. ހީޓް ވޮޗް 2024 ގެ ރިޕޯޓުގައި ބުނެފައިވަނީ މިދިޔަ އަހަރުގެ މާޗް މަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށް 17 ސްޓޭޓެއްގައި ހީޓްސްޓްރޯކް ޖެހިގެން 733 މީހުން މަރުވެފައިވާ ކަމަށެވެ.