އަންދުރަ ޕްރަދޭޝް (އެޕްރީލް 27) - އިންޑިއާގެ ދެކުނުގެ އަންދުރަ ޕްރަދޭޝް ސްޓޭޓަށް މިދިޔަ އަންގާރަ ދުވަހު 13 ގަޑިއިރު ތެރޭ 36،749 ފަހަރު ހޮނުއަޅާފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.
27 އެޕްރީލް 2018
އަންދުރަ ޕްރަދޭޝް (އެޕްރީލް 27) - އިންޑިއާގެ ދެކުނުގެ އަންދުރަ ޕްރަދޭޝް ސްޓޭޓަށް މިދިޔަ އަންގާރަ ދުވަހު 13 ގަޑިއިރު ތެރޭ 36،749 ފަހަރު ހޮނުއަޅާފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.
ސްޓޭޓުގެ ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން ބުނީ މިއީ ނިސްބަތުން ބަލާއިރު ގިނަ އަދަދެއް ކަމަށާއި އެއީ މޫސަމަށް އާދަޔާޚިލާފު ބަދަލުތައް އަންނަކަމުގެ ނިޝާނެއް ކަމަށެވެ.
ހޮނުއެޅުމުގެ ސަބަބުން އަންދުރަ ޕްރަދޭޝް ސްޓޭޓުން ވަނީ ނުވަ މީހުން މަރުވެފަ އެވެ. އޭގެ ތެރޭގައި ނުވަ އަހަރުގެ ކުޑަ އަންހެން ކުއްޖަކު ވެސް ހިމެނެ އެވެ.
ހުޅަނގު މޫސުގެ ދުވަސްވަރު ހޮނުއެޅުމަކީ އިންޑިއާގައި އާއްމު ކަމެކެވެ. ހުޅަނގު މޫސުން ދެމިގެން ދަނީ އާއްމުކޮށް ޖޫން އިން ސެޕްޓެމްބަރު މަހުގެ ނިޔަލަށެވެ.
މިދިޔަ އަހަރުގެ މޫސުމާ ބެހޭ ތަފާސް ހިސާބުތައް ދައްކާ ގޮތުން އަންދުރަ ޕްރަދޭޝް އަށް މެއި މަހު ހޮނުއަޅާފައި ވަނީ 30،000 ފަހަރު އެވެ.
ސައެންސްވެރިން ލަފާކުރާ ގޮތުގައި މޫސުމަށް ބަދަލު އައިސް ދުނިޔެ ހޫނުވަމުން ދިއުމުން ހޮނުއަޅާ މިންވަރު އިތުރުވަމުންދާނެ އެވެ.
ނޭޝަނަލް ކްރައިމް ރެކޯޑްސް ބިއުރޯގެ ހިސާބުތައް ދައްކާ ގޮތުން 2005 ވަނަ އަހަރުން ފެށިގެން އިންޑިއާގައި ހޮނުއަޅައިގެން އަހަރަކު އެވްރެޖްކޮށް 2،000 މީހުން މަރުވެ އެވެ. ބިހާރު، ޖަރްކަންދު، އުއްތަރަ ޕްރަދޭޝް އަދި މަދިޔަ ޕްރަދޭޝް އަށް ހޮނުއަޅައިގެން ޖޫން 2016 ގައި ވަނީ 93 މީހުން މަރުވެފަ އެވެ.
ހޮނުއަޅައިގެން އިންޑިއާ އާއި ނޭޕާލުން 69 މީހުން މަރު
ހޮނުއަޅައިގެން އިންޑިއާ އިން 107 މީހުން މަރުވެއްޖެ
ހޮނު އަޅައިގެން އިންޑިއާ އިން 50 މީހުން މަރުވެއްޖެ
ހޮނުއަޅައިގެން އިންޑިއާ އިން 79 މީހުން މަރުވެއްޖެ
500 މީހުންނާއެކު މިއަހަރުގެ ޔޯގާ ދުވަސް ފާހަގަކޮށްފި
އެއާ އިންޑިއާގެ އިތުރު ބޯޓްތަކަކަށްވެސް މައްސަލަތަކެއް
އެއާ އިންޑިއާގެ ބޯޓަކަށް މައްސަލައެއް ކުރިމަތިވެއްޖެ
އެއާ އިންޑިއާގެ ބޯޓު ވެއްޓި މަރުވި އަދަދު 279 އަށް
ރިޒާވް އިތުރުވުމުން އިންޑިއާއަށް ހިތްހަމަޖެހުން!
ވެއްޓުނު އެއާ އިންޑިއާގެ ބޯޓުން އެކަކު ސަލާމަތްވި