20 އޮކްޓޯބަރ 2016
މެންޗެސްޓާ (އޮކްޓޯބަރު 20) - މެންޗެސްޓާ ޔުނައިޓެޑް ކުޅޭ ކޮންމެ މެޗެއް ވެސް ހާއްސަ ކަމަށާއި އެ އުސޫލުން ބަލާއިރު ޔުރޮޕާ ލީގުގައި މިރޭ އަމިއްލަ ދަނޑުގައި ފެނަބާޗޭއާ ދެކޮޅަށް ނުކުންނަނީ ވެސް މުހިއްމު މެޗަކަށް ކަމަށް އެ ޓީމުގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.
މެންޗެސްޓާ (އޮކްޓޯބަރު 20) - މެންޗެސްޓާ ޔުނައިޓެޑް ކުޅޭ ކޮންމެ މެޗެއް ވެސް ހާއްސަ ކަމަށާއި އެ އުސޫލުން ބަލާއިރު ޔުރޮޕާ ލީގުގައި މިރޭ އަމިއްލަ ދަނޑުގައި ފެނަބާޗޭއާ ދެކޮޅަށް ނުކުންނަނީ ވެސް މުހިއްމު މެޗަކަށް ކަމަށް އެ ޓީމުގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.
މިރޭ ފެނަބާޗޭއާ ދެކޮޅަށް ނުކުންނައިރު އަންނަ ހަފްތާގައި ޔުނައިޓެޑުން ވާދަވެރި ޗެލްސީ އާއި މެންޗެސްޓާ ސިޓީއާ ދެކޮޅަށް ކުޅެން ޖެހެ އެވެ. މޮރީނިއޯ ބުނީ މިރޭ ފެނަބާޗޭއާ ދެކޮޅަށް ވެސް ނެރޭނީ އެންމެ ވަރުގަދަ ފުރަތަމަ އެގާރަ ކަމަށެވެ.
"ޔުނައިޓެޑްގެ ކޮންމެ މެޗެއް ވެސް ހާއްސަ. އެއީ ސަޕޯޓަރަކު ބޭނުމެއް ނުވާނެ އޭނާ ސަޕޯޓް ކުރާ ޓީމެއް އެންމެ މެޗަކުން ވެސް ބަލިވާން. މިއީ އަހަރެމެންނަށް ވަރަށް އުނދަގޫ ހަފްތާއެއް. ލިވަޕޫލާ ދެކޮޅަށް ކުޅެފައި މިއައީ. މިހާރު ފެނަބާޗޭއާ މި ކުޅެން ޖެހެނީ. ދެން އޮތީ ޗެލްސީ އާއި ސިޓީ މެޗު. އެކަމަކު ކޮންމެ މެޗަކުން ވެސް މޮޅުވާން ބޭނުންވަނީ،" މޮރީނިއޯ ބުންޏެވެ.
މިރޭގެ މެޗަށް ނެރޭ ފުރަތަމަ އެގާރައިގައި ވެސް ކެޕްޓަން ވޭން ރޫނީ ހިމެނުމާ މެދު ވަކިގޮތެއް ނުނިންމާ ކަމަށް މޮރީނިއޯ ބުންޏެވެ.
"ކޮންމެ ކުޅުންތެރިއަކު ވެސް ފޯމު ގެއްލިދާނެ. ރޫނީ ވަރަށް މަސައްކަތް އެބަކުރޭ. ޓީމުގެ ފުރަތަމަ އެގާރައިގައި ހިމަނާނެ ވަކި ކުޅުންތެރިއަކު އަދި ކަނޑައެއްނާޅަން. މިރޭގެ މެޗުގައި ޔަގީނުން ވެސް ފުރުސަތުދޭނެ ކުޅުންތެރިއަކީ ލޫކް ޝޯ،" މޮރީނިއޯ ބުންޏެވެ.
މި ސީޒަނުގައި ޔުނައިޓެޑާ ގުޅުނު ޒަލަޓާން އިބްރަހިމޮވިޗްގެ ފަރާތުން ފެންނަ ކުޅުމާ މެދު ހިތްހަމަ ޖެހޭ ކަމަށާއި ކުރިއަށް ހުރި މެޗުތަކަކީ އިބްރަހިމޮވިޗް އޭނާގެ ފެންވަރު ސާބިތުކޮށްދޭން ރަނގަޅު މެޗެއް ކަމަށް މޮރީނިއޯ ބުންޏެވެ.
ޔޫރޮޕާ ލީގުގައި ޔުނައިޓެޑާއި ފެނަބާޗޭ ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 00:05 ގަ އެވެ.
އަޔަކްސް: ޔުރޮޕާ ލީގުގައި އޮންނަން ޖެހޭ ޓީމެއް ނޫން
"ޔުރޮޕާ ލީގަށް އިސްކަންދިނީ ހާލަތަށް ވިސްނާފައި"
"ޗެމްޕިއަންސް ލީގަށް ނުދެވިއްޖެއްޔާ ހިތްނުފުރޭނެ"
ޔުރޮޕާ ލީގުގެ މުހިއްމުކަން ޔުނައިޓެޑުން ދައްކުވައިދީފި
"ބޭބެއާ ދެކޮޅަށް ކުޅެން ޖެހޭތީ ޕޮގްބާ ހުރީ އުފަލުން"
ޝެޑިއުލް އުނދަގޫވުމުން މޮރީނިއޯ ޝަކުވާކޮށްފި
ޔުރޮޕާ ލީގު ނަގަނީ ސީރިއަސްކޮށް: މޮރީނިއޯ
ޔުނައިޓެޑަށް އޮތީ ޒަހަރުލާފައިވާ ހަދިޔާއެއް: މޮރީނިއޯ
ޔުރޮޕާ ލީގަކީ މޮރީނިއޯ އަށް ބޮލުގެ ރިހުމެއް
ޓެން ހާގް ސަޕޯޓަރުންނަށް: މަސައްކަތަށް އިތުބާރުކުރޭ