23 ޖޫން 2020
ބޮލޯނިއާ (ޖޫން 23) – އިޓާލިއަން ލީގުގައި ރޭ ބޮލޯނިއާ އަތުން 2-0 އިން މޮޅުވެ ތާވަލުގެ ކުރީގައި ހަތަރު ޕޮއިންޓުގެ ލީޑެއް ނަގައި ޔުވެންޓަސް އިން، އިޓާލިއަން ކަޕުގެ ފައިނަލުން މިދިޔަ ހަފުތާގައި ބަލިވި ބަލިވުމުގެ މާޔޫސްކަން ފިލުވާލައިފި އެވެ.
ބޮލޯނިއާ (ޖޫން 23) – އިޓާލިއަން ލީގުގައި ރޭ ބޮލޯނިއާ އަތުން 2-0 އިން މޮޅުވެ ތާވަލުގެ ކުރީގައި ހަތަރު ޕޮއިންޓުގެ ލީޑެއް ނަގައި ޔުވެންޓަސް އިން، އިޓާލިއަން ކަޕުގެ ފައިނަލުން މިދިޔަ ހަފުތާގައި ބަލިވި ބަލިވުމުގެ މާޔޫސްކަން ފިލުވާލައިފި އެވެ.
ކޮވިޑް-19 ގެ މެދުކެނޑުމަށް ފަހު ލީގު އަލުން ފަށައިގެން ޔުވެންޓަސް ކުޅުނު ފުރަތަމަ މެޗުން ހޯދި މޮޅާ އެކު އެ ޓީމު އެއް ވަނައިގައި އޮތީ 27 މެޗުން 66 ޕޮއިންޓް ހޯދައިގެންނެވެ. ތާވަލުގެ ދެ ވަނައިގައި 26 މެޗުން 62 ޕޮއިންޓް ޕޮއިންޓް ހޯދައިގެން އޮތީ ލާޒިއޯ އެވެ. އަދި ތިން ވަނައިގައި 26 މެޗުން 57 ޕޮއިންޓް ހޯދައިގެން އޮތީ އިންޓަ މިލާނެވެ.
ބޮލޯނިއާގެ ދަނޑުގައި ރޭ ކުޅުނު މެޗުގައި ޔުވެންޓަސްގެ ފުރަތަމަ ގޯލް 23 ވަނަ މިނެޓުގައި ޕެނަލްޓީއަކުން ކާމިޔާބުކުރީ ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. އިޓާލިއަން ކަޕުގެ ސެމީ ފައިނަލް ދެ ވަނަ ލެގުގައި އޭސީ މިލާންާ 0-0 އިން އެއްވަރުވި މެޗުގައި އޭނާ އަތުން ޕެނަލްޓީއެއް ބޭކާރުވިއިރު ފައިނަލުގައި ނަޕޯލީ އަތުން ޕެނަލްޓީ ޖަހައިގެން ބަލިވި މެޗުގައި އޭނާގެ ޕެނަލްޓީ ޖަހަން ނުދަނީސް ބަލިވީ އެވެ.
ޔުވެންޓަސްގެ ދެ ވަނަ ގޯލް 36 ވަނަ މިނެޓުގައި ކާމިޔާބުކުރީ ޕައޮލޯ ޑީބަލާ އެވެ. މި މެޗުގެ 90 ވަނަ މިނެޓުގައި ޔުވެންޓަސްގެ ފުބްލެކް ޑަނީލޯ އަށް ވަނީ ދެ ވަނަ ރީނދޫ ކާޑާއެކު ރަތްކާޑެއް ދައްކައިފަ އެވެ.
ރޭ މިލާން ވަނީ ރަށުން ބޭރުގައި ލެއްޗޭ އަތުން 4-1 އިން މޮޅުވެފަ އެވެ. އެ ޓީމު އޮތީ 39 ޕޮއިންޓާ އެކު ހަތް ވަނައިގަ އެވެ. ލެއްޗޭ އޮތީ ރެލިގޭޝަން ޒޯނުގައި، ފުލުން ތިން ވަނައިގައި 25 ޕޮއިންޓާ އެކު އެވެ. ރޭ މިލާނަށް ސަމޫ ކަސްޓިލޭހޯ ލީޑު ނަގައިދީފައިވަނިކޮށް ޕެނަލްޓީއަކުން ލެއްޗޭގެ މާކޯ މަންކޯސޫ އެއްވަރުކުރި އެވެ. މިލާން މޮޅުވީ އޭގެ ފަހުން ޖިއަކޯމޯ ބޮނަވެންޗޫރާ އާއި އަންޓެ ރެބިޗް އަދި ރަފައެލް ލީއޯ ޖެހި ގޯލްތަކުންނެވެ.
މިލާން އަތުން ފިއޮރެންޓީނާ މޮޅުކޮށްދިނީ ޑެހެއާ
ޔުވެންޓަސް، އިންޓަ އަދި މިލާން އެއްވަރު
އެކަކު މަދުކޮށް ކުޅެ ޔުވެންޓަސް އަށް ޕޮއިންޓެއް
ބުފޮން އަށް ރެކޯޑެއް، ޔުވެންޓަސް އަށް ބޮޑު ލީޑެއް
ރޮނާލްޑޯ އަށް ހެޓްރިކެއް، އިންޓަ ލީގުގެ ކުރީގައި
ޔުވެންޓަސް ލީގާ ތިން ޕޮއިންޓް ގާތަށް
ޔުވެންޓަސް ބަލިވިއިރު، މިލާނުގެ މައްޗަށް އިންޓަ ކުރި ހޯދައިފި
ފައިނަލުގައި ޔުވެންޓަސް އާއި މިލާނުގެ ކުރިމަތިލުމެއް
ޔުވެންޓަސް އާއި އިންޓަ އެއްވަރުމުން ހުރިހާ އުފަލެއް ނަޕޯލީ އަށް
ބޭނުންވަނީ ޔުވެންޓަސްގައި ދެމި ހުންނަން: ޕޮގްބާ