01 މާޗް 2018
ރޯމް (މާޗް 1) – އިޓާލިއަން ކަޕުގެ ޗެމްޕިއަންކަން މިދިޔަ ތިން އަހަރު ހޯދި ޔުވެންޓަސް އާއި އޭސީ މިލާން މި ފަހަރުގެ ފައިނަލުގައި ބައްދަލުކުރަން ޖެހިއްޖެ އެވެ.
ރޯމް (މާޗް 1) – އިޓާލިއަން ކަޕުގެ ޗެމްޕިއަންކަން މިދިޔަ ތިން އަހަރު ހޯދި ޔުވެންޓަސް އާއި އޭސީ މިލާން މި ފަހަރުގެ ފައިނަލުގައި ބައްދަލުކުރަން ޖެހިއްޖެ އެވެ.
އަންނަ މޭ 9 ވަނަ ދުވަހު ރޯމްގެ ސްޓޭޑިއޯ އޮލިމްޕިކޯގައި ކުޅޭ ފައިނަލުން ޔުވެންޓަސް ޖާގަ ހޯދީ ސެމީ ފައިނަލުގައި ދެ ވަނަ ލެގުގައި ރޭ އެޓަލާންޓާ އަތުން 1-0 އިން މޮޅުވެ ދެ ލެގުގެ އެގްރިގޭޓުން 2-0 އިން ކުރި ހޯދައިގެންނެވެ. ފުރަތަމަ ލެގުން ޔުވެންޓަސް މޮޅުވީ ވެސް 1-0 އިންނެވެ. އަމިއްލަ ދަނޑުގައި ރޭ ކުޅުނު މެޗުގައި ޔުވެންޓަސްގެ ހަމައެކަނި ގޯލް 75 ވަނަ މިނެޓުގައި ޕެނަލްޓީއަކުން ޖެހީ މިރެލަމް ޕިޔަނިޗެވެ. މި މެޗުގައި ގޯލް ޖަހަން އެޓަލާންޓާގެ އަލެހަންދްރޯ ގޯމޭޒަށް ރަނުގެ ދެ ފުރުސަތު ލިބި ބޭކާރުވި އެވެ.
މިލާން ފައިނަލުން ޖާގަ ހޯދީ ދެ ވަނަ ލެގުގައި ރޭ ލާޒިއޯ އަތުން ޕެނަލްޓީ ޖަހައިގެން 5-4 އިން މޮޅުވެގެންނެވެ. މިލާނުގައި ކުޅުނު ފުރަތަމަ ލެގު 0-0 އިން އެއްވަރުވިއިރު ރޭ ލާޒިއޯގެ ދަނޑުގައި ކުޅުނު މެޗުގެ ފުރިހަމަ ވަގުތާއި އިތުރު ވަގުތު ހަމަވިއިރު ވެސް ނަތީޖާ އޮތީ 0-0 ގަ އެވެ. ޕެނަލްޓީގައި މިލާނުގެ ގޯލްކީޕަރު ޖިއަންލުއިޖީ ޑޮންނަރުއްމާ އާއި ލާޒިއޯގެ ގޯލްކީޕަރު ތޯމަސް ސްޓްރަކޯޝާ ދެ ޕެނަލްޓީ މަތަކުރި އެވެ. މިލާން މޮޅުވީ ލާޒިއޯގެ ހަތް ވަނަ ޕެނަލްޓީ ލުއިޒް ފެލިއްޕޭ އަތުން ބޭކާރުވެ އަދި މިލާނުގެ ހަތް ވަނަ ޕެނަލްޓީ އަލެސިއޯ ރޮމަނޮލީ ކާމިޔާބުކުރުމުންނެވެ.
ބޮޑު ހަރަދެއްކޮށް އާ ސީޒަނާ ކުރިމަތިލީ މިލާނުގެ ނަތީޖާތައް ދަށްވެފައިވަނިކޮށް ކުރީގެ ކުޅުންތެރިޔާ ޖެނާރޫ ގަޓޫސޯ ހަވާލުވެ އަންނަނީ ރަނގަޅު ނަތީޖާތަކެއް ނެރެމުންނެވެ. ރޭގެ މެޗަކީ އެ ޓީމު ބަލިނުވެ ހަމަކުރި 13 ވަނަ މެޗެވެ.
މިލާން އަތުން ފިއޮރެންޓީނާ މޮޅުކޮށްދިނީ ޑެހެއާ
ޔުވެންޓަސް، އިންޓަ އަދި މިލާން އެއްވަރު
އެކަކު މަދުކޮށް ކުޅެ ޔުވެންޓަސް އަށް ޕޮއިންޓެއް
ބުފޮން އަށް ރެކޯޑެއް، ޔުވެންޓަސް އަށް ބޮޑު ލީޑެއް
ޔުވެންޓަސް އަށް ހަތަރު ޕޮއިންޓުގެ ލީޑެއް
ރޮނާލްޑޯ އަށް ހެޓްރިކެއް، އިންޓަ ލީގުގެ ކުރީގައި
ޔުވެންޓަސް ލީގާ ތިން ޕޮއިންޓް ގާތަށް
ޔުވެންޓަސް ބަލިވިއިރު، މިލާނުގެ މައްޗަށް އިންޓަ ކުރި ހޯދައިފި
ޔުވެންޓަސް އާއި އިންޓަ އެއްވަރުމުން ހުރިހާ އުފަލެއް ނަޕޯލީ އަށް
ބޭނުންވަނީ ޔުވެންޓަސްގައި ދެމި ހުންނަން: ޕޮގްބާ