22 ޖޫން 2020
އަމިއްލަ ޚަރަދުގައި މާވެޔޮ މިސްކިތް ބިނާކުރެއްވީ ބައްޕާފުޅުގެ ހަނދާނުގައި ކަމަށް، އެތަނަށް ހޭދަކުރެއްވި ވިޔަފާރިވެރިޔާ އަދި އިމާރާތް ކުރުމުގެ ދާއިރާގެ ޖަމިއްޔާ، މަސީގެ ރައީސް މުހައްމަދު އަލީ ޖަނާހު މިއަދު ވިދާޅުވެއްޖެ އެވެ.
އަމިއްލަ ޚަރަދުގައި މާވެޔޮ މިސްކިތް ބިނާކުރެއްވީ ބައްޕާފުޅުގެ ހަނދާނުގައި ކަމަށް، އެތަނަށް ހޭދަކުރެއްވި ވިޔަފާރިވެރިޔާ އަދި އިމާރާތް ކުރުމުގެ ދާއިރާގެ ޖަމިއްޔާ، މަސީގެ ރައީސް މުހައްމަދު އަލީ ޖަނާހު މިއަދު ވިދާޅުވެއްޖެ އެވެ.
މި މިސްކިތަށް 50 މިލިއަން ރުފިޔާ ހޭދަވެފައިވާ ކަމަށް ވަނީ އެނގިފަ އެވެ.
މާވެޔޮ މިސްކިތުގެ ހުރިހާ މަސައްކަތެއް ނިންމައި، މިދިޔަ ހޮނިހިރު ދުވަހު ވަނީ ސަރުކާރާ ހަވާލުކޮށްފަ އެވެ. ޑިސެމްބަރުު 2017 ގައި މަސައްކަތް ފެށި އެ މިސްކިތް ހުޅުވުމުގެ ތައްޔާރީތައް މިހާރު އަންނަނީ ވަމުންނެވެ.
Maaveyo miskithuge masakkaiy nimmai, Ministry aa havaalu koffi
The most trusted news source in the Maldives
Mihaaru
މާވެޔޮ މިސްކިތް ސަރުކާރާ ހަވާލު ކުރުން
ޖަނާ، "މިހާރު" އަށް ވިދާޅުވީ 2014 ވަނަ އަހަރު އަވަހާރަވި ބައްޕާފުޅުގެ ނަމަށް ނިސްބަތްކޮށް މިސްކިތަށް ކިޔާނީ "މަސްޖިދު އަލީ ހުސައިން" ކަމަށެވެ.
ޖަނާ އޭނާގެ ބައްޕާފުޅާއެކު: މާވެޔޮ މިސްކިތް ހަދާފައިވަނީ ބައްޕާފުޅުގެ ހަނދާނުގައި-- ފޮޓޯ: ޖަނާ
މާވެޔޮ މިސްކިތް އަލުން ހަދާފައިވަނީ ހަތް ބުރިއަށް، ރާއްޖޭގައި އާންމުކޮށް ނުހުންނަ ޑިޒައިނަކަށެވެ.
ޖަނާ ވިދާޅުވީ އޭނާގެ ބައްޕާފުޅުގެ ހަނދާނުގައި މާވެޔޮ މިސްކިތް ހަދަން ނިންމެވީ އެއީ އޭނާގެ އާއިލާ ގިނަ ބަޔަކު ދިރިއުޅޭ ސަރަހައްދަށް ވުމުން ކަމަށެވެ. އޭނާ އެންމެ ކުޑައިރު ގޮސް އުޅުނު މިސްކިތަކީ އެއީ ކަމަށް ވެސް ޖަނާ ވިދާޅުވި އެވެ. އޭނާގެ ގެ މ. އިތާމުތް ހުންނަނީ މާވެޔޮ މިސްކިތް ކައިރި އެވެ.
"ޑިޒައިން ކުރީ އަމިއްލައަށް. އަޅުގަނޑާ އަޅުގަނޑުގެ ކޮއްކޮއާ. މިސްކިތުގައި ހަތަރު ގުއްބު ހުންނާނެ. އަޅުގަނޑުމެން ބެލީ ރާއްޖޭގައި ނެތް ކަހަލަ މިސްކިތެއް ހަދަން. އެ މިސްކިތް އެންމެ ކުރީގައި ހުރިއިރު އެ ހުރި ގޮތުގެ ފީޗާސްތައް ގެނެވޭތޯ ވަރަށް ބެލިން. އެ އިހުސާސް ގެނެވޭތޯ. ޖަރުމަނުން މާބުލް ގެނެސްގެން އެ ކުލަތައް ގެންނަން މަސައްކަތް ކުރިން،" ޖަނާ ވިދާޅުވި އެވެ.
- އެއް ފަހަރާ 1،800 މީހުންނަށް ނަމާދު ކުރެވޭނެ
- މުޅި މިސްކިތް އޭސީކޮށްފައި
- ދިހަ މީހުންގެ ޖާގައިގެ ލިފްޓެއް ހުރޭ
- 29 މީހުންނަށް އެއްފަހަރާ ވުޟޫ ކުރެވޭނެ
- އަންހެނުންނާއި ފިރިހެނުންނަށް ވަކިން ނަމާދު ކުރެވޭނެ
- ނަމާދުކުރެވޭ ގޮތަށް ޓެރެހެއް ހުރޭ
- މުޅި މިސްކިތުގައި ސީސީޓީވީ ހުރޭ
މާވެޔޮ މިސްކިތް: 50 މިލިއަން ހަރަދު ކޮށްގެން ހަދައިފައިވާ އެ މިސްކިތް ހާއްސަކޮށް ފައިވަނީ ޖަނާގެ ބައްޕާފުޅަށް-- ފޮޓޯ: ޖަނާ
މާވެޔޮ މިސްކިތުގެ މަސައްކަތް ލަސް ވެގެން އެކަން މަޖިލީހަށް ވެސް ހުށަހެޅި އެވެ. އެކަމާ ގުޅޭގޮތުން ޖަނާ ވިދާޅުވީ މިސްކިތް ތަޅާލައި އަލުން އިމާރާތްކުރަން ލިބުނީ ދެ އަހަރު ކަމަށާއި އެ ގޯތިތެރޭގައި ހުރި ޓްރާންސް ފޯމަރެއް ނުނެގުމުން މަސައްކަތަށް ހުރަސް އެޅުނު ކަމަށެވެ. އަދިވެސް އެ ޓްރާންސް ފޯމަރު ނަގާފައި ނުވާ ކަމަށް ޖަނާ ވިދާޅުވި އެވެ.
"މަސައްކަތް ކޮބާތޯ ލަސްވެފައި؟ އަޅުގަނޑުމެންނަށް މަސައްކަތްކުރަން ލިބުނީ ދެ އަހަރު. އެހެންވީމާ މަސައްކަތް ލަހެއް ނޫން. މިއީ އަޅުގަނޑު ﷲއަށް ޓަކައި ކުރި ކަމެއް. މިކަން މި ހާއްސަ ކުރަނީ ބައްޕައަށް،" ޖަނާ ވިދާޅުވި އެވެ.
މާވެޔޮ މިސްކިތް: 50 މިލިއަން ހަރަދު ކޮށްގެން ހަދައިފައިވާ އެ މިސްކިތް ހާއްސަކޮށް ފައިވަނީ ޖަނާގެ ބައްޕާފުޅަށް-- ފޮޓޯ: ޖަނާ
އޭނާ ވިދާޅުވީ އެ މިސްކިތުގެ ހުރިހާ މަސައްކަތަކާއި މިސްކިތް ވަށައިގެން ޕޭވްމަންޓް ވެސް ހެދީ އަމިއްލަ ހަރަދުގައި ކަމަށެވެ. މިސްކިތުގެ ތަޅުމާއި ސިޑިތަކުގައި މާބުލް ޖަހާފައިވާއިރު އެއީ މިޒަމާނުގެ ފުރިހަމަ މިސްކިތެއް ކަމަށް ވެސް ޖަނާ ވިދާޅުވި އެވެ.
ޖަނާގެ ހަރަދުގައި މީގެ ކުރިން ވެސް ވަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިސްކިތްތައް ބިނާކުރައްވައިފައިވެ އެވެ.
ޒަމާނީ ބަދަލުތަކާއެކު ކުރީގެ މާވެޔޮ މިސްކިތް ހުޅުވައިފި
ގަރްޟާވީގެ މައްޗަށް މުޅި ރާއްޖޭގައި ކަށުނަމާދު ކުރަނީ
މިސްކިތެއްގައި ބިދޭސީން ދިރިއުޅެން ބައިތިއްބާފައި!
ވ. ތިނަަދޫގައި މިސްކިތް އަޅަން ބަޔަކު ޝައުގުވެރިވެއްޖެ
ޒިކުރާ ހުރި ބިމުގައި އެޅި ވަގުތީ މިސްކިތް ހުޅުވައިފި
ނަމާދު ޖަމާއަތް ނުހެދުމުގެ ނިންމުން އިތުރު ހަފުތާއަކަށް
މާލޭގެ މިސްކިތްތަކުގައި އަލުން ގުނޫތު ކިޔަން ފަށައިފި
ހުރިހާ މިސްކިތެއްގައި ޖަމާއަތް ހެދުން މެދުކަނޑާލައިފި
ރޯދަމަސް ފެށެނީ، ހުރިހާ އަޅުކަމެއް ގޭގައި ބާ؟
ރާއްޖޭގައި ވެސް ގޭގައި ނަމާދުކުރަން އެދި ބަންގިގޮވައިފި