Roadha Mihaaru
މިސްކިތެއްގައި ބިދޭސީން ދިރިއުޅެން ބައިތިއްބާފައި!

މިސްކިތެއްގައި ގިނަ އަދަދެއްގެ ބިދޭސީން ދިރިއުޅެން ބައިތިއްބާފައިވާ ވީޑިއޯއެއް

18 ޖޫން 2022

ރާއްޖޭގެ ރަށެއްގެ މިސްކިތެއްގައި ބިދޭސީންތަކެއް ދިރިއުޅެން ބައިތިއްބާފައި ތިބޭ ވީޑިއޯއެއް އާންމުވެއްޖެ އެވެ.

ރާއްޖޭގެ ރަށެއްގެ މިސްކިތެއްގައި ބިދޭސީންތަކެއް ދިރިއުޅެން ބައިތިއްބާފައި ތިބޭ ވީޑިއޯއެއް އާންމުވެއްޖެ އެވެ.

މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ޓުވީޓް ކުރެއްވި އެ ވީޑިއޯ އިން އެއީ ކޮން ރަށެއްގެ މިސްކިތެއް ކަމެއް އަދި އެ ތަން ބޭނުންކުރުން ހުއްޓާލި ސަބަބެއް ނޭނގެ އެވެ. އެކަމާ ގުޅޭގޮތުން ފުލުހުންގެ ބަހެއް ވެސް އަދި ނުލިބެ އެވެ.

ވީޑިއޯއިން ފެންނަ ގޮތުން މިސްކިތުގެ ނަމާދު ކުރާ ބައިގައި ބިދޭސީން ގޮދަޑި އަޅައިގެން ނިދާފައި ތިބޭއިރު، މިސްކިތުގެ ފެންޑާ ތެރެ އާއި ގޯތި ތެރޭގައި ރޯނު ދަމައިގެން އަންނައުނު ހިއްކަން އަޅާފައި ހުއްޓެވެ. އަދި ތުވާލި އަނދެގެން ބައެއް ބިދޭސީން އުޅޭ މަންޒަރު ވެސް ފެނެ އެވެ.

ސޯޝަލް މީޑިއާގައި އާންމުވި ވީޑިއޯ

އެ ވީޑިއޯގައި ވާހަކަ ދެއްކި ދިވެހި މީހާ ބުނިގޮތުގައި 200 ވަރަކަށް އިންޑިއާގެ ބިދޭސީން އެ ތަނުގައި ތިއްބެވެ. އެއީ އެ ރަށުގައި ނަރުދަމާގެ މަޝްރޫއުގެ މަސައްކަތަށް ގެނެސްފައި ތިބި ބައެއް ކަމަށް އެ މީހާ ބުންޏެވެ.