21 ޖޫން 2020
ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް މާލެ ސަރަހައްދުގައި ދަމަހައްޓާފައި އޮތް ދެ މަސް ދުވަހުގެ ލޮކްޑައުން އަށް، ސަރުކާރުން ދޭ ލުއިތަކާ އެކު، ކެފޭ/ރެސްޓޯރަންޓުތައް އަންނަ މަހު އަލުން ހުޅުވި ނަމަވެސް، އެ ތަންތަނުގައި ދުންފަތުގެ އިސްތިއުމާލުކުރުން އެޗްޕީއޭ އިން މަނާކޮށްފި އެވެ.
ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް މާލެ ސަރަހައްދުގައި ދަމަހައްޓާފައި އޮތް ދެ މަސް ދުވަހުގެ ލޮކްޑައުން އަށް، ސަރުކާރުން ދޭ ލުއިތަކާ އެކު، ކެފޭ/ރެސްޓޯރަންޓުތައް އަންނަ މަހު އަލުން ހުޅުވި ނަމަވެސް، އެ ތަންތަނުގައި ދުންފަތުގެ އިސްތިއުމާލުކުރުން އެޗްޕީއޭ އިން މަނާކޮށްފި އެވެ.
މިދިޔަ އޭޕްރީލް 15 ން ފެށިގެން މާލެ އާއި ވިލިމާލެ އާއި ހުޅުމާލޭގައި އިއުލާން ކޮށްފައިވާ ލޮކްޑައުން އަށް މި މަހުގެ 15 ން ފެށިގެން އެޗްޕީއޭ އިން ވަނީ ބޮޑު ލުޔެއް ދީފަ އެވެ. އެކި މަރުހަލާތަކަށް ބަހާލައިގެން ދެމުން އަންނަ މި ލުއިތަކުގެ ދަށުން ކެފޭ/ރެސްޓޯރަންޓުތަކުގައި ތިބެގެން ޚިދުމަތް ހޯދުން ހުޅުވައިލާނީ އަންނަ މަހު އެވެ.
ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުން "ނިއު ނޯމަލް" ގައި އަމަލުކުރަން ޖެހޭ އުސޫލު އެޗްޕީއޭއިން މިއަދު ވަނީ އާންމުކޮށްފަ އެވެ. ކާބޯތަކެތި އުފައްދާ ތަންތަނާއި ކެފޭ/ރެސްޓޯރެންޓުތަކުގެ އިތުރުން ކާބޯތަކެތި ރީޓެއިލްކުރާ ތަންތަނާއި މާރުކޭޓުތަކުގައި ވެސް އަމަލުކުރަން ޖެހޭނީ މި އުސޫލަށެވެ.
ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުގައި ޝީޝާ ވޭޕާއި އީ-ސިނގިރެޓު ވެސް ހިމެނޭ ގޮތަށް، ދުންފަތުގެ އިސްތިއުމާލުކުރުން "ނިއު ނޯމަލް"ގެ ދުވަސްވަރު މަނާކަމަށް އުސޫލުގައި ވެ އެވެ. އެފަދަ ތަންތަނުގައި ޑަބްލިއުއެޗްއޯ ގެ '5 ކީސް ޓު ސޭފާ ފުޑް' ގައި ވާ ގޮތަށް ކާބޯތަކެތީގެ ރައްކާތެރިކަން ދެމެހެއްޓުމަށް ވެސް އެޗްޕީއޭ އިން އަންގާފައި ވެ އެވެ.
އުސޫލުުގައިވާ ގޮތުން، ކެފޭ/ރެސްޓޯރަންޓު ފަދަ ތަންތަނުގައި މަސައްކަތް ކުރާ މުވައްޒަފުން އެކަކު އަނެކަކާ މުއާމަލާތު ކުރާ ވަރު މަދުކުރުމަށްޓަކައި ވީހާ ވެސް މަދު މުވައްޒަފުން އެކި ގަޑިތަކަށް ބަހައިލަން ޖެހެ އެވެ. މަސައްކަތުގެ ވަގުތުގައި މުވައްޒަފުން ތިން ފޫޓު ދުރުގައި ތިބުން ވެސް ވަނީ މި އުސޫލުގައި ވަނީ ލާޒިމުކޮށްފަ އެވެ.
ކޯވިޑް-19 އާއި ގުޅިގެން ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުގައި ޢަމަލުކުރަންވީ ގޮތުގެ އުސޫލު
— Health Protection Agency (@HPA_MV) June 21, 2020
(20 ޖޫން 2020)
އިތުރު މަޢުލޫމާތު:https://t.co/YLshcBcD9Y
އެޗްޕީއޭގެ ޓުވީޓް
މަސައްކަތަށް ނެރޭ އިރު އެއްވެސް މުވައްޒަފެއްގެ ބަލީގެ އަލާމާތެއް ހުރިތޯ ކޮންމެ ދުވަހަކު ބަލައި ޗެކް ކުރަން ޖެހެ އެވެ. ޑެލިވަރީ އަށް ޚާއްސަ ކެފޭ/ރެސްޓޯރަންޓުތަކުގައި، ޑެލިވަރީގައި ހަރަކާތްތެރިވާ މުވައްޒަފުން، ކާބޯތަކެތި ތައްޔާރުކުރުމާއި އެހެނިހެން ކަންކަމުގައި އުޅޭ މުވައްޒަފުންނާ ދިމާނުވާނެހެން މަސައްކަތް ރޭވުމަށް ވެސް އެޗްޕީއޭ އިން އަންގާފައި ވެ އެވެ.
އެފަދަ ކޮންމެ ތަނެއްގައި ސަލާމަތީ ގޮތުންނާއި ސާފުތާހިރުކަމުގެ ގޮތުން މުވައްޒަފުންނާއި އެ ތަނަށް ދާ ކަސްޓަމަރުން އަމަލުކުރަން ޖެހޭ ގޮތް ވެސް ފެންނާނެހެން ހަރުކޮށްފައި ހުންނަން ޖެހެ އެވެ.
ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުގައި ޝީޝާ ވޭޕާއި އީ-ސިނގިރެޓު ވެސް ހިމެނޭ ގޮތަށް، ދުންފަތުގެ އިސްތިއުމާލުކުރުން "ނިއު ނޯމަލް"ގެ ދުވަސްވަރު މަނާކަމަށް އުސޫލުގައި ވެ އެވެ. އެފަދަ ތަންތަނުގައި ޑަބްލިއުއެޗްއޯ ގެ '5 ކީސް ޓު ސޭފާ ފުޑް' ގައި ވާ ގޮތަށް ކާބޯތަކެތީގެ ރައްކާތެރިކަން ދެމެހެއްޓުމަށް ވެސް އެޗްޕީއޭ އިން އަންގާފައި ވެ އެވެ.
ބުފޭގެ ޚިދުމަތް ދޭ ތަންތަނުގައި ކަސްޓަމަރުން އަމިއްލައަށް ކާ އެއްޗެހި އެޅުމުގެ ބަދަލުގައި ސާވް ކުރުމަށް ވަކި މުވައްޒަފަކު ނުވަތަ މުވައްޒަފުން ކަނޑައަޅާފައި ބޭތިއްބުން ލާޒިމެވެ. އެ މުވައްޒަފުން ތިބެން ޖެހޭނީ އަންގި ލައްވައި މާސްކު އަޅައިގެންނެވެ. ރަނގަޅަށް އަތް ދޮވެވޭނެ އިންތިޒާމު ހަމަޖައްސައި، އަތް ދޮވުމަށް ސައިބޯނި ފަދަ ތަކެތި މެދުނުކެނޑި ލިބެން ހުންނަން ޖެހޭނެ އެވެ.
ބޭކަރީގެ އުފެއްދުންތައް ބަންދުކޮށްފައި ނުހުންނަ ޝެލްފެއްގައި ބަހައްޓާއިރު، ހުންނަން ވަނީ ކްލިން ފިލްމު ފަދަ އެއްޗަކުން ނުވަތަ ފުޑް ގްރޭޑް ރެޕަކުން ބަންދުކޮށްފައި ކަމަށް ވެސް އުސޫލުގައި ބުނެފައި ވެ އެވެ. ބަންދު ނުކުރާ ނަމަ ބަހައްޓަން ވާނީ ބަންދުކޮށްފައި ހުންނަ ބިއްލޫރި ޝެލްފެއްގަ އެވެ.
އެޗްޕީއޭ އިން ކަނޑައަޅާފައިވާ ގޮތުން، ކާބޯތަކެތި ވިއްކާ ފިހާރަތަކަށް ގޭގެއިން ގެންދާ ތަކެތި ތަށިތައްޓަށް އަޅައި ވިއްކަން ބެހެއްޓުމުގެ ބަދަލުގައި، ހުންނަން ޖެހޭނީ ވަކިން ބަންދުކޮށް، ލޭބަލް ކުރުމުގެ ގައުމީ މިންގަޑުތަކާ އެއް ގޮތަށެވެ. އެ ތަކެތި ވަކިވަކިން ބަންދު ނުކުރެވޭ ނަމަ، ކަސްޓަމަރުންނަށް އެ އެއްޗެހި ނަގައިދޭނެ ޚާއްސަ މީހަކު ހުންނަން ޖެހެ އެވެ. އަދި އެ އެއްޗެހި ގެނައި ތަނެއް ކަސްޓަމަރަށް އެނގެން ވެސް ޖެހެ އެވެ.
މަސައްކަތުގެ ވަގުތުގައި މުވައްޒަފުން ތިން ފޫޓު ދުރުގައި ތިބުން ވެސް ވަނީ މި އުސޫލުގައި ލާޒިމުކޮށްފަ އެވެ.
މީގެ އިތުރުން ފިހާރަތަކުގައި މީހުން އާންމުކޮށް އަތްލައި އަދި ބޭނުން ކުރާނެ ތަކެތި ބަރާބަރަށް ސާފުކޮށް، ކިއުގައި ހުންނަން ޖެހޭނެ ދުރުމިން ވަކިން ފާހަގަ ކުރަން ވެސް އެޗްޕީއޭއިން ވަނީ އަންގައިފަ އެވެ.
މާރުކޭޓުތަކުގައި ވެސް އަތްދޮވެވޭނެ އިންތިޒާމުތަކާއި ކޮންމެ ގޮޮޅިއެއްގައި ސެނިޓައިޒާއެއް ބެހެއްޓުމުގެ އިތުރަށް ތޮއްޖެހުން ކުޑަކޮށް، ތިން ފޫޓު ދުރުގައި ތިބެވޭނެ ގޮތަށް ކަންކަން ހަމަޖައްސަން ޖެހެ އެވެ.
ހަމަ ސުވާލެއް: މި ފެންނަނީ މާ ބޮޑު ދޫވުމެއް ނޫންތަ؟
ގިނަ ތަންތަނުން އަމަލުކުރަނީ އުސޫލާ ޚިލާފަށް: އެޗްޕީއޭ
ކެފޭތަކުގަ ސިނގިރޭޓުބުއިން ޑޮކްޓަރުންގެ ކަންބޮޑުވުމަކަށް
މާލެ އަންނަން ހުއްދަ ނަގަންނުޖެހޭ ގޮތަށް ހަމަޖައްސައިފި
ތިން މަހަށް ފަހު ކެފޭ/ރެސްޓޯރަންޓް މާދަމާ ހުޅުވާލަނީ
ފަތިސްނަމާދުން ފެށިގެން ޖަމާއަތުގައި ނަމާދުކުރެވޭނެ
ބޮޑެތި ލުއިތަކެއް ދޭން ސަރުކާރުން ނިންމައިފި
މާލޭގެ ހަރުކަށި ފިޔަވަޅުތަކުގެ މުއްދަތު އިތުރުކޮށްފި
ލޮކްޑައުންއެއް، ފާސް ނެތި ބޭރުގައި އުޅުން މަނާ!
އިތުރު ފިޔަވަޅުތައް ބުދަ ދުވަހު އިއުލާންކުރަނީ