ސްކޫލް ކުދިންނަށް ނާސްތާ އާއި ފޮތް އަދި ސްޓޭޝަނަރީ ފޯރުކޮށްދޭން ޖެހޭނީ އެކަމަށް އެދޭ ދަރިވަރުންނަށް ކަމަށް، އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ރަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
21 ޖޫން 2020
ސްކޫލް ކުދިންނަށް ނާސްތާ އާއި ފޮތް އަދި ސްޓޭޝަނަރީ ފޯރުކޮށްދޭން ޖެހޭނީ އެކަމަށް އެދޭ ދަރިވަރުންނަށް ކަމަށް، އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ރަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ތައުލީމާ ބެހޭ ބިލާ ގުޅޭ ގޮތުން، އެ ބިލް މަޖިލީހުގައި ދިރާސާކުރާ ކޮމިޓީގެ ބައްދަލުވުމުގައި ރަޝީދު ވިދާޅުވީ، ހުރިހާ ދަރިވަރުންނަށް ފޮތް ފަންސުރު ފޯރުކޮށްދޭކަށް ނުޖެހޭނެ ކަމަށެވެ.
ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީގައި ރަޝީދު ވިދާޅުވީ، އިންކަމް ޓެކްސް ނަގަން ފެށުމުން މީހުންގެ އާމްދަނީގެ މައުލޫމާތުތައް އެނގޭ އިރު، އެހީ ދޭން ޖެހޭނީ ވަކި ވަރެއްގެ އާމްދަނީ ލިބޭ މީހުންގެ ދަރިންނަށް ކަމަށް އޭނާ އަށް ފެނިވަޑައިގަންނަވާ ކަމަށެވެ.
"...ދައުލަތަށް އޮބިނޯންނަ ވަރަށް އަޅުގަނޑުމެން ހުރިހާ ކަމެއް ދައުލަތުން ކޮށްދިނީމާ ދައުލަތް ދަރަނިވެރިވުމާއި ތަރައްގީއަށްޓަކައި ކުރަންޖެހޭ އެހެން ކަންކަމަށް މުއްސަނދިން ކުރަންޖެހޭ ހަރަދުތައް އަޅުގަނޑުމެންގެ އަތުން އެބަދޭ،" ރަޝީދު ވިދާޅުވި އެވެ.
އެޑިއުކޭޝަން މިނިސްޓްރީން މީގެ ކުރިން ބޭއްވި ނިއުސް ކޮންފަރެންސްގައި، އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ރަޝީދު ވާހަކަދައްކަވަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
ސްކޫލްތަކުގެ ކުދިންނަށް ސަރުކާރުން ހިލޭ ފޮތް، ފަންސުރު ދޭން ފެށީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގެ ފަހުކޮޅެވެ. އޭގެ ކުރިން، ދަރިވަރުންނަށް ބޭނުންވާ ހުރިހާ ފޮތްތަކާއި ގަލަމާއި ފަންސުރު ހޯދަން ޖެހޭނީ ބެލެނިވެރިން އަމިއްލަ އަށެވެ. އެހެންވެ ގިނަ ދަރިން ތިބި މީހުންނަށް އޭރު އެކަން ވެގެން ދިޔައީ ބޮޑު ތަކުލީފަކަށެވެ.
އޭރުން ފެށިގެން މިހާތަނަށް ވެސް ދަރިވަރުންނަށް ފޮތާއި ސްޓޭޝަނަރީ ފޯރުކޮށްދެމުން އަންނަނީ ސަރުކާރުންނެވެ. އިންޓަނޭޝަނަލް ސްކޫލުތަކުގައި ކިޔަވާ ދަރިވަރުންނަށް ވެސް ފޮތް ލިސްޓާއެކު ސަރުކާރުން ހިލޭ ސްޓޭޝަނަރީ ދިނެވެ. ނަމަވެސް އެ އެހީ ދިނުން ވެސް 2017 ވަނަ އަހަރުން ފެށިގެން ވަނީ ހުއްޓާލައިފަ އެވެ.
ދަރިވަރުންނަށް ނާސްތާ ފޯރުކޮށްދިނުމަކީ މި ސަރުކާރުގެ އެންމެ މުހިއްމު އެއް ވައުދެވެ. މިދިޔަ އަހަރުން ފެށިގެން، ރާއްޖޭގެ ހުރިހާ ސްކޫލެއްގައި، ހެނދުނުގެ ދަންފަޅީގައި ކިޔަވާ ކުދިންނަށް ނާސްތާ ދެ އެވެ.
ފޮތް ދަބަސް ހަމަ ބަރު، ހައްލެއް ނެތީތަ؟
އޯ ލެވެލްގެ ނަތީޖާއިން ކުރިއެރުންތަކެއް ވަނީ ހޯދާފައި
އޯ ލެވެލް އިމްތިހާނުގެ ނަތީޖާ މިއަދު ދޫކުރަން ފަށަނީ
ގިނަ ކުދިންނަށް އޭލެވެލަށް ކިޔެވޭގޮތަށް އުސޫލު ހަދައިފި
ޗުއްޓީ އަށް ފަހު ދެވަނަ ޓާމުގެ ކިޔެވުން ފަށައިފި
ރިޕޯޓު ފޮތް ދީ، ދަރިވަރުން 16 ދުވަހުގެ ޗުއްޓީއަކަށް
ލަފާކުރަނީ މާލެއަށް 700 ދަރިވަރުން ބަދަލުވާނެ ކަމަށް
ޕްރީ ސްކޫލާއި ގްރޭޑް 1 އަށް ޖާގަ ހުޅުވާލައިފި
ވަށަފަރު ކްލާހެއްގެ ސީލިންގް ވެއްޓި ދެކުއްޖަކަށް އަނިޔާ
"ކޫލް ސްކޫލް":ދަރިވަރުންގެ މާހައުލަށް ހެޔޮ ބަދަލެއް؟