18 ޖޫން 2020
މި އަހަރުގެ ފުރަތަމަ ފަސް މަސްދުވަހު ރާއްޖެ އަށް އެތެރެކުރި ކޮވިޑް-19އާ ގުޅޭ މުދަލުން 16.2 މިލިއަން ރުފިޔާގެ ޑިއުޓީ މާފުކޮށްފައިވާ ކަމަށް ކަސްޓަމްސް އިން ބުނެފި އެވެ.
މި އަހަރުގެ ފުރަތަމަ ފަސް މަސްދުވަހު ރާއްޖެ އަށް އެތެރެކުރި ކޮވިޑް-19އާ ގުޅޭ މުދަލުން 16.2 މިލިއަން ރުފިޔާގެ ޑިއުޓީ މާފުކޮށްފައިވާ ކަމަށް ކަސްޓަމްސް އިން ބުނެފި އެވެ.
ރާއްޖޭގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ބޭނުންވާ ސިއްހީ ސާމާނުން ނަގާ ޑިއުޓީ މާފު ކޮށްދެއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފަ އެވެ. އެހެންކަމުން މި ވަގުތު އިއުލާން ކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ނިމެންދެން އެކަހަލަ މުދަލުން ނަގާ ޑިއުޓީ މާފު ކުރާނެ އެވެ.
ރައީސް ޑިއުޓީ މަޢާފްކުރެއްވި ތަކެތީގެ ތެރޭގައި ސިއްހީ ދާއިރާ އަށް ބޭނުންވާ ގޮގަލްސް އާއި ޕީޕީއީ ކިޓު އަދި ހެޒްމެޓް ސޫޓުތަކާއި ސޫޓު ހިމެނެ އެވެ. މީގެއިތުރުން އަންގި އާއި މާސްކާއި ފޭސް ޝީލްޑް، އަދި އަތްދޮންނަން ބޭނުންކުރާ ތަކެއްޗާއި ސެނިޓައިޒާ އިން ވެސް ވަނީ ޑިއުޓީ ކަނޑާލައިފަ އެވެ.
ކޮވިޑް-19އާ ގުޅޭ މުދަލުގެ ތެރެއިން ޑިއުޓީ މާފުކޮށްދިން މުދަލުގެ ތެރޭގައި ސަރުކާރުން ގެންނަ ތަކެތީގެ އިތުރުން އަމިއްލަ ފަރާތްތަކުން ގެންނަ މުދާ ވެސް ހިމެނެ އެވެ. މި ލުޔާ އެކު ގިނަ ރިސޯޓުތަކުންނާއި ކުންފުނިތަކުން ވަނީ މި ދުވަސްވަރު ރާއްޖެ އަށް އެހީތެރިވުމުގެ ގޮތުން ގިނަ އަދަދެއްގެ ސިއްހީ ސާމާނު ގެނެސްފަ އެވެ.
ސިއްހީ ދާއިރާގެ ބައެއް ތަކެތީގެ ޑިއުޓީ މާފުކޮށްފި
ދުންފަތުގެ ބާވަތްތައް ބޮންޑު ނުކުރެވޭ ގޮތް ހަދައިފި
ފަސް އަހަރުން 106 މިލިއަންގެ ވޭޕް އެތެރެކުރި
ކޮޅުވެއްޓީގެ މައްސަލާގައި 1.1 މިލިއަން ދޭންޖެހިއްޖެ
ދުންފަތާ ގުޅޭ ލުއިތައް އަންނަ ނޮވެމްބަރު މަހާ ހަމައަށް
ޑިއުޓީ މާފުވާ މިންވަރު 10،000ރ. އަށް މަތިކޮށްފި
ވަގަށް އެތެރެކުރި ގިނަ އަދަދެއްގެ ސިގިރެޓް ހޯދައިފި
އިމްޕޯޓް/އެކްސްޕޯޓުން ލިބުނު އާމްދަނީ 357 މިލިއަނަށް
ޔޫކޭއާ އެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ހަދަނީ
ބައެއް ފްލެޓްތައް ކަސްޓަމްސްގެ މުވައްޒަފުންނަށް ދެނީ