ކޮވިޑް-19 އިން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށްޓަކައި އިއުލާން ކޮށްފައިވާ ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތުގެ މުއްދަތުގެ ތެރޭގައި ރާއްޖެ އެތެރެކުރާ ސިއްހީ ދާއިރާގެ ބައެއް ތަކެތީ ޑިއުޓީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ މާފުކޮށްދެއްވައިފި އެވެ.
ކޮވިޑް-19 އިން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށްޓަކައި އިއުލާން ކޮށްފައިވާ ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތުގެ މުއްދަތުގެ ތެރޭގައި ރާއްޖެ އެތެރެކުރާ ސިއްހީ ދާއިރާގެ ބައެއް ތަކެތީ ޑިއުޓީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ މާފުކޮށްދެއްވައިފި އެވެ.
މިދިޔަ މާޗް މަހުގެ 12 ގައި އިއުލާންކުރި ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތު ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ދެވަނަ ފަހަރަށް އިތުރު ކުރައްވާފައިވާއިރު، އެ މުއްދަތު ހަމަވާނީ މި މަހުގެ 30 ގެ ނިޔަލަށެވެ. އެކަމަކު، ކޮވިޑް-19 ފެތުރޭ މިންވަރު އިތުރުވެފައިވާތީ، ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށްޓަކައި ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތު އަދިވެސް އިތުރުކުރާނެ ކަމަށް ބެލެވެ އެވެ.
ކަސްޓަމްސް އިން ބުނީ، ސިއްހީ ދާއިރާގެ ބޭނުމަށް އެތެރެކުރާ ގޮގުލްސް އާއި ޕްރޮޓެކްޓިވް ގައުންސް އާއި ހަޒްމަޓް ސޫޓްސް އާއި ސާޖަން ކެޕްސް އާއި ޝޫ ކަވަރު ފަދަ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ބޭނުންވާ ތަކެތީގެ އިމްޕޯޓް ޑިއުޓީ އިއްޔެ އިން ފެށިގެން ރައީސް މާފުކޮށްދެއްވާފައިވާ ކަމަށެވެ. ރައީސް އެ ނިންމުން ނިންމެވީ މުދާ އެކްސްޕޯޓް ކުރުމާއި އިމްޕޯޓް ކުރުމާއި ރީ-އެކްސްޕޯޓް ކުރުމުގެ ގަވައިދުގެ ހަތްވަނަ މާއްދާގެ ދަށުންނެވެ.
ޞިއްޙީ ދާއިރާގެ ބޭނުމަށް އެތެރެކުރާ އިތުރު ބައެއް ތަކެތީގެ އިމްޕޯޓު ޑިއުޓީ ރައީސުލްޖުމްހޫރިއްޔާ މަޢާފުކޮށްދެއްވައިފި! pic.twitter.com/BkWa0IjHek
— Maldives Customs (@CustomsMv) April 27, 2020
ކަސްޓަމްސްގެ ޓުވީޓް
ރާއްޖެ އެތެރެކުރާ ބާވަތްތަކުގެ ޑިއުޓީ މާފުކުރުމަކީ ގާނޫނީ ގޮތުން ރައީސަށް ލިބިވަޑައިގަންނަވާ ބާރެކެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ، ކޮވިޑް-19 ގެ މި ނުރައްކާތެރި ހާލަތާ ގުޅިގެން، މީގެ ކުރިން ވެސް ބައެއް ތަކެތީގެ ޑިއުޓީ މާފުކޮށްދެއްވައިފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ އަންގި އާއި މާސްކާއި ފޭސް ޝީލްޑާއި އަތްދޮންނަން ބޭނުންކުރާ ތަކެއްޗާއި ސެނިޓައިޒާ އެވެ.
މި މަހުގެ 15 ގައި މާލެ އިން ކޮވިޑް-19 ގެ މީހަކު ފުރަތަމަ ފަހަރަށް ފެނި، އޭގެ ފަހުން 100 އަށް ވުރެ ގިނަ މީހުން މާލެ އިން ވަނީ އެ ބައްޔަށް ޕޮޒިޓިވްވެފަ އެވެ. އެންމެ ފަހުގެ ޖުމްލަ އަށް ބަލާއިރު ރާއްޖެ އިން ވަނީ ކޮވިޑް-19 ގެ 226 މީހަކު ފެނިފަ އެވެ. އޭގެ ތެރެއިން ދިވެހިންގެ އަދަދަކީ 90 އެވެ. އެންމެ ގިނައިން އެ ބަލި ޖެހިފައި ވަނީ ރާއްޖޭގައި މަސައްކަތް ކުރާ ބަންގްލަދޭޝްގެ މީހުންނަށެވެ. އެ ގައުމުގެ 106 މީހަކު ރާއްޖެ އިން ކޮވިޑް-19 އަށް ޕޮޒިޓިވެ ވެފައި ވެ އެވެ.
ފުރަތަމަ ތިން މަހު އެންމެ ގިނައިން އެތެރެކުރީ މާސްކް
ސިއްހީ ހިދުމަތްތެރިންގެ ހިތްވަރު އެބަ ފެނޭ: ރައީސް
އިތުރު ބައެއް ތަކެތިން ވެސް ޑިއުޓީ ކަނޑާލައިފި
ފަސް އަހަރުން 106 މިލިއަންގެ ވޭޕް އެތެރެކުރި
ސިއްހީ ދާއިރާގެ މުސާރައަށް އިތުރު ބަދަލުތަކެއް ގެންނަނީ
ދިއްދޫގައި އަވަސް ފަރުވާ ބޭނުންވެފައި އޮތް ޝަކުވާ!
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހޮސްޕިޓަލެއް އަޅަނީ
ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލައިފި
ކޮވިޑް-19 އަށް މާލެއިން ޕޮޒިޓިވްވި އަދަދު ދަށްވެއްޖެ
ކޮވިޑަަށް އިތުރު 1،594 މީހަކު ޕޮޒިޓިވް