29 ޖޫން 2024
ރާއްޖެއަށް މުދާ އެތެރެ ކުރުމުގައި އޮންނަ އިޖްރައާތު ފުރިހަމަ ނުކޮށް، ސިއްރުން ރާއްޖެއަށް އެތެރެކުރި 1.6 މިލިއަން ރުފިޔާގެ ސިގިރޭޓް ކޭސްތަކެއް ކަސްޓަމްސް އިން ހޯދައިފި އެވެ.
ރާއްޖެއަށް މުދާ އެތެރެ ކުރުމުގައި އޮންނަ އިޖްރައާތު ފުރިހަމަ ނުކޮށް، ސިއްރުން ރާއްޖެއަށް އެތެރެކުރި 1.6 މިލިއަން ރުފިޔާގެ ސިގިރޭޓް ކޭސްތަކެއް ކަސްޓަމްސް އިން ހޯދައިފި އެވެ.
ކަސްޓަމްސް އިން މިއަދު ބުނީ ސިއްރުން ސިގިރޭޓު އެތެރެކުރި ކަމުގެ ތުހުމަތު ކުރެވިގެން މި ތަކެތި ހޯދާފައިވަނީ ކޯޓު އަމުރެއްގެ ދަށުން ބަލާ ފާސްކުރެވުނު ހުޅުމާލޭގެ ހަތަރު ތަނަކުން ކަމަށެވެ.
މިގޮތުން ހަތަރު ތަނަކުން 173 ކޭސް ސިގިރޭޓު އަތުލައިގެންފައިވާ ކަމަށް ކަސްޓަމްސް އިން ބުންޏެވެ.
މި ތަކެތީގެ އަގު 1.6 މިލިއަން ރުފިޔާއަށް އަރާއިރު، އިމްޕޯޓު ޑިއުޓީޣެ ގޮތުގައި 5.6 މިލިއަން ދިވެހި ރުފިޔާ ދައްކަން ޖެހޭ ކަމަށް ކަސްޓަމްސް އިން ބުންޏެވެ.
ކަސްޓަމްސް އިން އިތުރަށް ބުނީ ކަސްޓަމްސްގެ މަސައްކަތްތައް ބައްޓަންވެފައިވަނީ ދުރާލާ ލިބޭ އިންޓެލިޖެންސް މައުލޫމާތާއި ޓްރޭޑާ ޕްރޮފައިލްއަށް ބިނާކޮށް މުދަލުގެ ލިޔެކިޔުންތަކާއި މުދާ ބަލައި ފާސްކުރާ ގޮތަށް ކަމަށެވެ.
މިގޮތުން ލިބޭ މައުލޫމާތުތަކަށް ބިނާކޮށް، ގަވައިދާ ހިލާފް މުދާ ކަމަށް ޝައްކު ކުރެވޭ ހާލަތުގައި މުދާ ކްލިއާ ކުރުމަށް ފުރުސަތު ދިން ނަމަވެސް އެ ތަކެތި ގެންދާ ތަނެއް ހޯދުމަށް ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަންތައް ކުރިއަށް ގެންދާ ކަމަށް ކަސްޓަމުން ބުންޏެވެ.
"މިގޮތަށް ހިންގޭ އޮޕަރޭޝަންތަކުގެ ތެރެއިން މިފަދަ މުދާ ގެންގޮސް ވައްދާ ތަންތަން ބަލައިފާސްކޮށް އެތަކެތި ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެނެވެ އެވެ." ކަސްޓަމްސްއިން ބުންޏެވެ.
މި ގޮތަށް އެތެރެކޮށް މުދާ ބޭރުކުރާ މީހުންގެ މައްސަލަތައް ތަހުގީގުކޮށް ކުރިއަށް އޮތް ތަނުގައި ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށް ވެސް ކަސްޓަމްސް އިން ބުނެފައިވެ އެވެ.
ދުންފަތުގެ ބާވަތްތައް ބޮންޑު ނުކުރެވޭ ގޮތް ހަދައިފި
ޓޫރިސްޓުން ގެންނަ ދުންފަތުގެ ބާވަތުން ޑިއުޓީ ނުނަގާނެ
ޑިއުޓީ ބޮޑުކުރިއަސް ސިނގިރޭޓް އެތެރެކުރުން އިތުރުވަނީ
"ވޭޕް ފްލޭވާ"ގެ ކެނަބިސް ޝިޕްމަންޓެއް އަތުލައިގެންފި
ފަސް އަހަރުން 106 މިލިއަންގެ ވޭޕް އެތެރެކުރި
ކޮޅުވެއްޓީގެ މައްސަލާގައި 1.1 މިލިއަން ދޭންޖެހިއްޖެ
ދުންފަތާ ގުޅޭ ލުއިތައް އަންނަ ނޮވެމްބަރު މަހާ ހަމައަށް
ޑިއުޓީ މާފުވާ މިންވަރު 10،000ރ. އަށް މަތިކޮށްފި
އިމްޕޯޓް/އެކްސްޕޯޓުން ލިބުނު އާމްދަނީ 357 މިލިއަނަށް
މިދިޔަ މަހު 4.7 ބިލިއަން ރުފިޔާގެ މުދާ އެތެރެކުރި