19 އޮކްޓޯބަރ 2016
މޯލްޑިވްސް އިސްލާމިކް ބޭންކު (އެމްއައިބީ) އާއި އިސްލާމިކް ޔުނިވަސިޓީ ގުޅިގެން އިސްލާމިކް ފައިނޭންސްގެ ދާއިރާ ކުރިއެރުވުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.
މޯލްޑިވްސް އިސްލާމިކް ބޭންކު (އެމްއައިބީ) އާއި އިސްލާމިކް ޔުނިވަސިޓީ ގުޅިގެން އިސްލާމިކް ފައިނޭންސްގެ ދާއިރާ ކުރިއެރުވުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.
މި އެއްބަސްވުމުގައި ސޮއިކުރެއްވީ އިސްލާމިކް ޔުނިވަސިޓީގެ ޗާންސެލަރު މުހައްމަދު ޝަހީމް އަލީ ސައީދާއި އެމްއައިބީގެ މެނޭޖިން ޑިރެކްޓަރު ހާރިސް ހާރޫނެވެ.
އިސްލާމިކް ފައިިނޭންސް ކުރިއަރުވަން މަސައްކަތްކުރުމުގެ އެއްބަސްވުމުގައި އިސްލާމިކް ޔުނިވަސިޓީގެ ޗާންސެލަރު ޝަހީމް (ވ) އަދި އެމްއައިބީގެ މެނޭޖިން ޑިރެކްޓަރު ހާރޫން ސޮއިކުރެއްވުމަށް ފަހު ވާހަކަދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
އެއްބަސްވުމުގެ ދަށުން އިސްލާމިކް ޔުނިވަސިޓީގައި އިސްލާމިކް ފައިނޭންސަށް ހާއްސަ ކުއްލިއްޔާއެއް ގާއިމްކުރުމަށް އެމްއައިބީން މާލީ އެހީތެރިކަން ފޯރުކޮށްދޭނެ އެވެ. އަދި އިސްލާމިކް ފައިނޭންސްގެ ދާއިރާ އިން ނުވަތަ ބޭންކުން ކަނޑައަޅާ ދާއިރާތަކުން ތައުލީމް ހާސިލްކުރުމަށް އެމްއައިބީގެ ފަރާތުން ސްކޮލަޝިޕް ވެސް ދޭނެ އެވެ.
އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު ވާހަކަދައްކަވަމުން ޝަހީމް ވިދާޅުވީ އިސްލާމިކް ފައިނޭންސަށްް އާއްމުން ހޭލުންތެރިކުރުވަން ނެރޭ ފޮތްތަކަށް އިސްލާމިކް ބޭންކުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށާއި އެ ބޭންކުގެ އިންޓާންޝިޕް ޕްރޮގްރާާމުގައި ބައިވެރިވުމަށް އިސްލާމިކް ޔުނިވަސިޓީގެ ދަރިވަރުންނަށް ފުރުސަތު ދޭނެ ކަމަށެވެ. އޭގެ ސަަބަބުން އެ ޔުނިވަސިޓީގެ ދަރިވަރުންނާއި ޔުނިވަސިޓީގެ ތަރައްގީ އަށް ކުރިއެރުންތަކެއް ލިބިގެންދާނެކަން ޝަހީމް ފާހަގަކުރެއްވި އެވެ.
އިސްލާމިކް ފައިިނޭންސް ކުރިއަރުވަން މަސައްކަތްކުރުމުގެ އެއްބަސްވުމުގައި އިސްލާމިކް ޔުނިވަސިޓީ އާއި އެމްއައިބީއާ އެކު ސޮއިކުރަން ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވަޑައިގެންނެވި ބައެއް ބޭފުޅުން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
އޭނާ ވިދާޅުވީ ރާއްޖޭގައި އިސްލާމިކް ފައިނޭންސްގެ ދާއިރާ އިން ހާއްސަވެފައި ތިބި މީހުންގެ އަދަދު ވަރަށް މަދުކަމަށާއި އެއީ ކުރިއަރުވަން ޖެހޭ ދާއިރާއެއް ކަމަށެވެ. އަންނަ ޖެނުއަރީ މަހު އެ ޔުނިވަސިޓީގައި އިސްލާމިކް ފައިނޭންސްގެ ދާއިރާ އިން ކިޔަވައިދޭން ފަށާނެކަން ވެސް ޝަހީމް ފާހަގަކުރެއްވި އެވެ.
ޝަހީމް ވިދާޅުވީ އެމްއައިބީން ދޭން ހަމަޖައްސާފައިވާ ސްކޮލަޝިޕަށް ވަރަށް އަވަހަށް ކުރިމަތިލާން ހުޅުވާލާނެ ކަމަށެވެ.
މި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ހާރޫން ވިދާޅުވީ ރާއްޖޭގައި އިސްލާމިކް ފައިނޭންސް ކުރިއަރުވަން ގިނަ މުއައްސަސާތަކާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ތައުލީމީ ގޮތުން ސިންގަޕޫރު ފަދަ ގައުމުތަކާ ވާދަކުރެވޭނެ
އިގްތިސާދާ ބެހޭ އިލްމު ޔުނިވާސިޓީން ކިޔަވައިދޭން ފަށަނީ
ޓީޗިން ކިޔަވާ 135 ދަރިވަރުންނަށް ސްކޮލާޝިޕް ދީފި
ނޯޓިލަސް ފައުންޑޭޝަނުން 4 ސްކޮލަޝިޕްގެ ފުރުސަތު
ޑިޖިޓަލް ޓްރާންސްފޮމޭޝަން އެވޯޑް އެމްއައިބީއަށް
ޗިވަނިންގެ ދަރިވަރުންނާ ސަފީރު ބައްދަލު ކުރައްވައިފި
ޣިޔާސުއްދީންގެ ކުދިން މާލީ ގޮތުން ހޭލުންތެރި ކުރަނީ
ސައުދީން ދިވެހިންނަށް 350 ސްކޮލަޝިޕް
ތިން މާއްދާއިން އޭ ސްޓާ ހޯދައިގެން ސްކޮލަޝިޕެއް
ޔޫކޭގެ ޔުނިވާސިޓީއެއްގެ ސްކޮލާޝިޕަށް ހުޅުވާލައިފި