19 އޮކްޓޯބަރ 2016
ދެ ފަހަރެއްގެ މަތިން ބާއްވަން މަސައްކަތްކޮށް ނާކާމިޔާބުވެފައިވާ މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ)ގެ އިންތިހާބު މާދަމާރޭ ބާއްވަން އެންމެ ފަހުގެ ތައްޔާރީތައް ވެއްޖެ އެވެ.
ދެ ފަހަރެއްގެ މަތިން ބާއްވަން މަސައްކަތްކޮށް ނާކާމިޔާބުވެފައިވާ މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ)ގެ އިންތިހާބު މާދަމާރޭ ބާއްވަން އެންމެ ފަހުގެ ތައްޔާރީތައް ވެއްޖެ އެވެ.
މިދިޔަ ދެ ދައުރުގައި ރައީސްކަންކުރެއްވި އަހުމަދު ހާފިޒް މި ފަހަރު ވާދަނުކުރައްވާއިރު ރައީސްގެ މަގާމަށް ކުރިމަތިލައްވާފައިވަނީ ތިން ކެންޑިޑޭޓެކެވެ. އެއީ އެލްޓީ ސްޕޯޓްސް ކްލަބުގެ ފަރާތުން އަހުމަދު މަމްދޫހު (މަންޑޭ) އާއި ސައިކްލޯން ބީސީގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާން އަދި ކްލަބް އީގަލްސްގެ ފަރާތުން އަހުމަދު އާދަމެވެ.
ކުރީގެ މަޝްހޫރު ޑިފެންޑަރު ފަންތޮށި އަހުމަދު ނާޒިމްގެ ކޮއްކޮ މަންޑޭ އަކީ، މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނުގެ ޑެޕިއުޓީ މެނޭޖިން ޑިރަކްޓަރެވެ. އަހުމަދު އާދަމަކީ ކުރިން ބާސްކެޓްބޯޅަ ކުޅެ އަދި ކްލަބްތަކުގަައި މަސައްކަތްކޮށްފައިވާ ފަރާތެކެވެ. ރައީސްގެ މަގާމަށް އެންމެ ބޮޑަށް ވާދަކުރަނީ އަދި އެންމެ ބޮޑަށް ކެމްޕެއިން ކުރަމުން އަންނަނީ ވެސް ސިނާނާއި މަންޑޭ އެވެ.
ނައިބު ރައީސްގެ މަގާމަށް ވާދަކުރައްވަނީ ކުޑަހެންވޭރު ޔުނައިޓެޑްގެ ހުސެއިން އާރިފް ރިޒާ އާއި ޓީރެކްސް ބާސްކެޓްބޯލް ކްލަބްގެ ހަސަން އިސްމާއިލް އެވެ. މީގެ ތެރެއިން އާރިފަކީ ބާސްކެޓްބޯޅަ އެސޯސިއޭޝަނުގެ ޖެނެރަލް ސެކްރެޓަރީ އެވެ. އަދި ހަސަން އަކީ ކުރިން ވިކްޓަރީއަށް ކޯޗުކޮށްދީ އަދި ކުޅިވަރު ހިންގުމާއި މާކެޓިންގެ ދާއިރާގައި ހަރަކާތްތެރިވެފައިވާ ފަރާތެކެވެ.
އެމްބީއޭގެ އިންތިހާބު ބާއްވަން ޖެހޭ މުއްދަތު ފަހަނައަޅައި ގޮސް އަދި އެގްޒެކެޓިވް ކޮމިޓީގެ ދައުރު ހަމަވި އިރު އިންތިހާބެއް ނުބޭއްވި ދިގުލައިގެން ދިޔައީ އެސޯސިއޭޝަނުގެ އެގްޒެކެޓިވް ކޮމިޓީގެ ބައްދަލުވުމެއް ނުބޭއްވިގެންނެވެ. އެކަމަކު ފަހުން ހޯމް މިނިސްޓްރީން ވަނީ، އިތުރު ތިން މަސް ދުވަހަށް ދައުރު އިތުރުކޮށްދީފަ އެވެ. އެ މުއްދަތުގެ ތެރޭގައި ވެސް އިންތިހާބު ބޭއްވުމަކީ ފަސޭހަކަމަކަށް ނުވާނެތީ، އެސޯސިއޭޝަނުން އިންތިހާބު ބާއްވައި ދިނުމަށް އޮލިމްޕިކް ކޮމިޓީގައި އެންމެ ފަހުން އެދުނީ އެވެ. އެމްބީއޭގެ އިންތިހާބު ބާއްވަނީ އެ އިންތިހާބު ބޭއްވުމަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީން ކަނޑައަޅާފައިވާ ހާއްސަ ކޮމިޓީއެއްގެ ބެލުމުގެ ދަށުންނެވެ.
ޗެމްޕިއަނަކީ ޓަލޮންސް، އެންމެ މޮޅީ ރޯޔަލްސްގެ ޖިދާދު
ދެކުނު އޭޝިއާގެ ބާސްކެޓްބޯޅައިގެ ރައީސަކަށް އާދަމް
ބާސްކެޓް ކޯޓުގައި ހުތުރު އިބާރާތް ހުރުމުން ފުލުހަށް
ބާސްކެޓް ޓީމުގެ ފައިނަލް ސްކޮޑުން އައިކް ޖާގަ ހޯދައިފި
ރާއްޖޭގެ ބާސްކެޓަށް 50: ފުރަތަމަ ކޯޓު ގެއެއްގައި
އިތުރު ދައުރަކަށް ކުރިމަތިނުލާން މަމްދޫހު ނިންމަވައިފި
އޮފީސް ނުހުޅުވިގެން ބާސްކެޓުގެ ހަރަކާތްތައް ހުއްޓިފައި
އަންރޭންކްޑް އިން އެމެރިކާގައި އަމާޒަށް ވާސިލުވެއްޖެ
އެމްބީއޭގެ ނިންމުންތަކަށް ޖީއެސް ނުފޫޒު ފޯރުވާ މައްސަލަ
ހާފްކޯޓް ވޯލްޑް ފައިނަލްސްއަށް އަންރޭންކްޑް ނިއުޔޯކުގައި