Roadha Mihaaru
ބާސްކެޓް ޓީމުގެ ފައިނަލް ސްކޮޑުން އައިކް ޖާގަ ހޯދައިފި

ގައުމީ ބާސްކެޓް ޓީމުގެ ފައިނަލް ސްކޮޑުން ޒުވާން އައިކް ޖާގަ ހޯދައިފި

10 ނޮވެމްބަރ 2021

ދެކުނު އޭޝިއާގެ ބާސްކެޓްބޯލް މުބާރާތް، ސާބާ ޗެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ ގައުމީ ޓީމުން، ޒުވާން ކުޅުންތެރިޔާ އައިކް ނީޝާމް ނަސީރު ޖާގަ ހޯދައިފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ދެކުނު އޭޝިއާގެ ބާސްކެޓްބޯލް މުބާރާތް، ސާބާ ޗެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ ގައުމީ ޓީމުން، ޒުވާން ކުޅުންތެރިޔާ އައިކް ނީޝާމް ނަސީރު ޖާގަ ހޯދައިފި އެވެ.

ބަންގްލަދޭޝްގައި ބާއްވާ މުބާރާތަށް ތައްޔާރުވުމަށް ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ދުބާއީގައި ކުރިއަށް ގެންދިޔަ ޓްރޭނިން ކޭމްޕަށް ފަހު، 18 ކުޅުންތެރިން ހިމެނޭ ސްކޮޑުން ބާކީ ކުރި ފަސް ކުޅުންތެރިންގެ ތެރޭގައި އައިކް، 19، ވެސް ހިމެނުނެވެ. ނަމަވެސް އޭނާ އަށް ފައިނަލް ސްކޮޑުން ފުރުސަތު ދިނީ ޓީމުގެ ވައިސް ކެޕްޓަން އަހްމަދު ފިރާޝް އަށް އަނިޔާވުމުން، އެ ޖާގަ އަށެވެ.

ގައުމީ ސްކޮޑުން މުޅިން އަލަށް ޖާގަ ދިން އަނެއް ކުޅުންތެރިޔަކީ ރެޕްޓާސް ބާސްކެޓްބޯލް ކްލަބުގެ މީކާއީލް މުހައްމަދު އަލީ، 16، އެވެ. ފައިނަލް ސްކޮޑުން އޭނާ އަށް ޖާގައެއް ނުލިބުނެވެ. ދެން ސްކޮޑުން ބާކީ ކުރީ ޓީރެކްސް ބާސްކެޓްބޯލް ކްލަބުގެ އިސްމާއީލް ފަރުހާން، ކިންގްސްގެ އަހްމަދު އިފްޝާހް އަދި ރެޑް ވިންގްސް ބާސްކެޓްބޯލް ކްލަބުގެ މުހައްމަދު އަޝްމަލް އަހްމަދެވެ.

"ފިރާޝް ކުޅޭ ޕޮޒިޝަންގެ ގޮތުން އެންމެ ރަނގަޅު ރިޕްލޭސްމެންޓަކަށް ބަލާފައި ބާކީ ކުރި ފަސް ކުޅުންތެރިންގެ ތެރެއިން އައިކް ޓީމަށް ނެގީ،" މިދިޔަ 12 އަހަރު ޓީރެކްސްގައި މަސައްކަތް ކުރި މިހާރުގެ ގައުމީ ކޯޗު އިލްޔާސް އިބްރާހިމް ބުންޏެވެ.

"ފިރާޝް މި ކުޅެނީ ސެންޓަ އަދި ޕަވާ ފޯވާޑަށް. ފުރަތަމަ ބާކީ ކުރި ފަސް ކުޅުންތެރިންގެ ތެރެއިން އެ ދެ މަގާމަށް ކުޅެން މިތިބީ އައިކް އާއި ފަރުހާން. ދެން އޭގެ ތެރެއިން އައިކް މި ނެގީ."

Kaafa aai Bappa ge legacy dhamahattan nukuthee Aik

Kaafa aai Bappa ge legacy dhamahattan nukuthee Aik

The most trusted news source in the Maldives

Mihaaru

ކާފަ އާއި ބައްޕަގެ ލެގެސީ ދަމަހައްޓަން ނުކުތީ އައިކް

ގައުމީ ބާސްކެޓްބޯލް ޓީމުގެ ފައިނަލް ސްކޮޑް

ޓީރެކްސް:

އިސްމާއީލް ވިލްދާން ، އިބްރާހިމް ރަޝްވާން، އަހްމަދު ޒަބީރު، ހުސައިން ހަލީމް އަދި އަހްމަދު އައުޝަން،

ކިންގްސް:

އަބްދުﷲ އަމްޒަރު މުހައްމަދު، މުހައްމަދު ހުވައިލިދު އަލީ، ، އިބްރާހިމް އަންފާލް ޝަރީފް އަދި މުހައްމަދު އައިކް ނީޝާމް

ސްޓިންގާސް:

އިބްރާހިމް ނަސީމް، މުހައްމަދު ސަބީހް ތައުފީގް،

ރެޕްޓާސް:

މަފާޒު މުހައްމަދު

ސާބާ ޗެމްޕިއަންޝިޕް އޮންނާނީ އަންނަ ހޯމަ ދުވަހުން ފެށިގެން މިމަހު 20 ގެ ނިޔަލަށެވެ. ބަންގްލަދޭޝް އަށް ޓީމު ފުރާނީ ހުކުރު ދުވަހު އެވެ. އިއްލަގެ އެސިސްޓެންޓުންގެ ގޮތުގައި މަސައްކަތް ކުރާނީ ކުރިން އޭނާއާ އެކު ކުޅުނު މިހާރުގެ ކިންގްސްގެ ބާސްކެޓްބޯޅަ ކްލަބުގެ ކޯޗް މުހައްމަދު ޒިލާލް (ޒިލާ)، ޓީރެކްސްގެ މިހާރުގެ ކޯޗު އަލީ ފަޒްލީ (އޮލިމްޕިކް) އަދި ސްޓްރިންގާސްގެ ކޯޗު މުހައްމަދު ނަސީރު (މޮއްޑެ) އެވެ.