Roadha Mihaaru
ބާސްކެޓްބޯޅަ ސްކޮޑް ނަގަން ޓްރައި އައުޓްތަކެއް ބާއްވަނީ

ބާސްކެޓްބޯޅަ ސްކޮޑް ނަގަން ޓްރައި އައުޓްތަކެއް ބާއްވަނީ

16 ޑިސެމްބަރ 2020

ގައުމީ އަންހެން އަދި ފިރިހެން ބާސްކެޓްބޯޅަ ޓީމުގެ ސްކޮޑު ނެގުމުގެ ގޮތުން ޓްރައި އައުޓްތަކެއް ބާއްވާގޮތަށް ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ) އިން ނިންމައިފި އެވެ.

ގައުމީ އަންހެން އަދި ފިރިހެން ބާސްކެޓްބޯޅަ ޓީމުގެ ސްކޮޑު ނެގުމުގެ ގޮތުން ޓްރައި އައުޓްތަކެއް ބާއްވާގޮތަށް ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ) އިން ނިންމައިފި އެވެ.

އެމްބީއޭ އިން ޓްރައި އައުޓްތަކެއް ބާއްވަން ނިންމީ އެއް ސަބަބަކީ ކޮވިޑް-19ގެ ސަަބަބުން ދިގު މުއްދަތަކަށް ގިނަ ކުޅުންތެރިންތަކެއް މެޗުތަކެއް ނުކުޅެ ތިބުމަށް ފަހު އަލުން ގައުމީ ސްކޮޑުތައް އެކުލަވާލާއިރު އާ ކުޅުންތެރިންނަށް ވެސް ފުރުސަތު ލިބޭ ގޮތަށް ރޭވުމުގެ ގޮތުންނެވެ.

ޓްރައި އައުޓްގައި ބަައިވެރިވާން ބޭނުންވާ ކުޅުންތެރިން ފުރިހަމަ ނަމާއި އުފަން ތާރީހާއި ގުޅޭނެ ފޯނު ނަމްބަރު އަދި އައިޑީ ކާޑު ނަމްބަރު އެނގޭނެ ގޮތަށް ޖެހުމަށް ފަހު އަންނަ ހޮނިހިރު ދުވަހު 13:30ގެ ކުރިން އެމްބީއޭ އަށް މެއިލްކުރުމަށް އެ އެސޯސިއޭޝަނުން ވަނީ އަންގައިފަ އެވެ. އެމްބީއޭގެ މެއިލް އަކީ info@mba.org.mv އެވެ.

ޓްރައި އައުޓްތައް ބާއްވަން ހަމަޖެހިފައިވާ ޝެޑިއުލް

20، 22، 24 ޑިސެމްބަރު (އަންހެން) - ޔޫތު ސެންޓަރު އިންޑޯ ކޯޓު

21، 23، 26 ޑިސެމްބަރު (ފިރިހެން) - ޔޫތު ސެންޓަރު އިންޑޯ ކޯޓު

ބާސްކެޓްބޯޅަ ގައުމީ ޓީމުތަކުން މިދިޔަ އަހަރު ވަނީ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އާއި ސައުތު އޭޝިއަަން ގޭމްސްގައި ވާދަކޮށްފަ އެވެ. މިދިޔަ އަހަރު ރާއްޖޭން ބޭރުގައި ބާސްކެޓްބޯޅަ ޓީމުތަކުން ރަނގަޅު ޓްރެއިނިން ކޭމްޕްތަކެއް ފުރިހަމަކުރިއިރު، ގައުމީ އަންހެން ބާސްކެޓް ޓީމުން ވަނީ ސައުތު އޭޝިއަން ގޭމްސްގައި ލޯ މެޑަލް ހޯދައިފަ އެވެ.

މީގެ ކުރިން އެހެން ބައެއް ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކުން ވެސް ވަނީ ގައުމީ ސްކޮޑު އެކުލަވާލުމަށްޓަކައި އާ ހުނަރުވެރި ކުޅުންތެރިން ހޯދުމުގެ ގޮތުން ޓްރައި އައުޓްތަކެއް ބާއްވައިފަ އެވެ. އާންމު ގޮތެއްގައި ޓްރައި އައުޓްތައް ބާއްވާ އެންމެ ބޮޑު އެއް ސަބަބަކީ އެ ވަގުތަކު އޮންނަ ގައުމީ ޓީމުގެ ސްކޮޑަށް އިތުރަށް ވަރުގަދަ ކުރުމުގެ ބޭނުމުގަ އެވެ. ޓްރަައި އައުޓްތަކުގައި ބައިވެރިވެގެން ގައުމީ ޓީމުތަކުގެ ސްކޮޑުން ފުރުސަތު ހޯދި ކުޅުންތެރިން ގިނަ އެވެ.