13 ފެބުރުއަރީ 2021
މާފަންނުކޮޅުގައި ހުންނަ ޖޭޒް ރެސްޓޯރެންޓާ ޖެހިގެން އިރަށް، 10 ބުރިއަށް ހަދާފައި ހުރި، މެރީ ގޯލްޑަކީ، ކުރީގެ ހޯމް އަދި ކުޅިވަރާ ބެހޭ މިނިސްޓަރު އުމަރު ޒާހިރުގެ ގެކޮޅެވެ. އެކަމަކު މީގެ 50 އަހަރު ކުރިއަށް ޖެހިލާ އިރު އެއީ ހުސް ބިމެކެވެ. އެ ބިމުގެ ބޭނުން ހިއްޕެވީ އުމަރު ޒާހިރުގެ ބޭބޭފުޅު އަދި ރާއްޖޭގެ ކުޅިވަރުގެ ބާނީއެއްގެ ގޮތުގައި މަޝްހޫރުވި މުހައްމަދު ޒާހިރު ނަސީރެވެ. ގަވާއިދުން ކުޅޭ ކުޅިވަރެއްގެ ގޮތުގައި ބާސްކެޓްބޯޅަ ކުޅެން ފެށީ އެ ގޭތެރޭގަ އެވެ.
މާފަންނުކޮޅުގައި ހުންނަ ޖޭޒް ރެސްޓޯރެންޓާ ޖެހިގެން އިރަށް، 10 ބުރިއަށް ހަދާފައި ހުރި، މެރީ ގޯލްޑަކީ، ކުރީގެ ހޯމް އަދި ކުޅިވަރާ ބެހޭ މިނިސްޓަރު އުމަރު ޒާހިރުގެ ގެކޮޅެވެ. އެކަމަކު މީގެ 50 އަހަރު ކުރިއަށް ޖެހިލާ އިރު އެއީ ހުސް ބިމެކެވެ. އެ ބިމުގެ ބޭނުން ހިއްޕެވީ އުމަރު ޒާހިރުގެ ބޭބޭފުޅު އަދި ރާއްޖޭގެ ކުޅިވަރުގެ ބާނީއެއްގެ ގޮތުގައި މަޝްހޫރުވި މުހައްމަދު ޒާހިރު ނަސީރެވެ. ގަވާއިދުން ކުޅޭ ކުޅިވަރެއްގެ ގޮތުގައި ބާސްކެޓްބޯޅަ ކުޅެން ފެށީ އެ ގޭތެރޭގަ އެވެ.
އެ ފެށުމަށް އިއްޔެ، ފެބްރުއަރީ 12، 2021 އަށް، 50 އަހަރު ވީ އެވެ.
ތާރީހީ ލިއުންތަކުން އެނގޭ ގޮތުގައި ރާއްޖެއަށް ބާސްކެޓް ތައާރަފުވީ މުހައްމަދު އަމީންގެ ރަން ދުވަސްވަރު، 1952ގައި، އޭރު ރާއްޖެއަށް ސްރީ ލަންކާއިން ގެނައި ކުޅިވަރުގެ ޝަހުސިއްޔަތެއް ކަމަށް ވާ މައިކަލް ޑިސިލްވާގެ ފަރާތުންނެވެ. އޮކްޓޯބަރު 18، 1952 ގައި އޮތް ފުރަތަމަ ބާސްކެޓްބޯޅަ މެޗަށް ފަހު ކޮންމެވެސް ވަރަކަށް ކުޅުން ކުރިއަށް ގެންދިޔަ އެވެ. އެކަމަކު ދެން އައީ 18 އަހަރުގެ މެދުކެނޑުމެކެވެ. އެ ހުސްކަން ފިލުވާލެއްވީ ޒާހިރު ނަސީރެވެ.
ބާސްކެޓްބޯޅައިގެ ކަންކަން ދަސްކޮށްދެއްވަން އޭނާ ހިންގެވީ "ބާސްކެޓްބޯލް ކްލާހެކެ"ވެ. އެ ކްލާހުގެ ފަރާތުން ފުރަތަމަ މެޗު ފެބްރުއަރީ 12، 1971ގައި ބޭއްވީ، އޭރުގެ އެއް ލިއުމެއްގައި ސިފަކުރި ގޮތުން ނަމަ، "މ. މެރީ ގޯލްޑްގައި އެޅުއްވި މިން ހަމަނުވާ ބާސްކެޓްބޯޅަ ކޯޓެއްގަ" އެވެ.
ސޯޝަލް ސެންޓަރުގައި އަންހެނުންގެ މުބާރާތެއް ކުރިއަށް ދަނީ: ރާއްޖޭގައި ބާސްކެޓް ރަސްމީކޮށް ކުޅެން ފެށީ ކުރީގެ މިނިސްޓަރު އުމަރު ޒާހިރުގެ ގެކޮޅުގައި
ބާސްކެޓްގެ ދެ ވަނަ ފެށުން ކުރިއަށް ދިޔައީ ވަރަށް ރަނގަޅަށް، ޒާހިރު ނަސީރުގެ ލޯތްބާ އެކުގަ އެވެ. މޭ 1973 އާ ޖެހެންދެން މެރީ ގޯލްޑްގައި އޮތް ބާސްކެޓްބޯޅަ ކޯޓުގައި މެޗުތަކާއި ޕްރެކްޓިސްތައް ބޭއްވި އެވެ. އެކަމަކު އެ ކޯޓު ބަންދުކޮށް، ހަމަ އެ މަހު ލޮނުޒިޔާރަތްކޮޅުގައި (މިހާރުގެ ލޮނުޒިޔާރަތް ޕާކް) ގައި، މިން ހަމަވާ ބާސްކެޓްބޯޅަ ކޯޓެއް ފުރަތަމަ ފަހަރަށް އެޅި އެވެ.
ތާރީހުން އެނގޭ ގޮތުގައި ރާއްޖޭގެ ގައުމީ ފުރަތަމަ ބާސްކެޓްބޯޅަ މުބާރާތް ބޭއްވީ ޑިސެމްބަރު 1973ގަ އެވެ. އެ މުބާރާތާ ހަމައަށް ދިއުމުގެ ކުރިން ޒާހިރު ނަސީރުގެ އެންއެސްއޭ އިން ގެނައި ޕާކިސްތާނުގެ ކޯޗު ނައުފަރު މައުރޫފްގެ ބެލުމުގެ ދަށުން ކުޅުންތެރިންނަށް ހާއްސަ ތަމްރީންތަކެއް ދިނެވެ.
ރާއްޖޭގެ ބޭސްކެޓްބޯޅައަށް މިހާރު ވަނީ ވަރަށް ބޮޑު ތަރައްގީއެއް އައިސްފަ އެވެ. އެކަމަކު މިދިއަ 50 އަހަރުގެ ތެރޭގައި މާލޭގެ އެކި ސަރަހައްދުތަކަށް ބާސްކެޓްބޯޅަ ކޯޓު ބަދަލުވަމުން ދިޔަ އެވެ. ލޮނުޒިޔާރަތްކޮޅުން، މިހާރު ބިލަބޮންގް ސްކޫލާއި ގައުމީ ޔުނިވަސިޓީގެ އިދާރީ އޮފީސް ހުރި ހިސާބަށެވެ. އެ ސަރަހައްދު ދޫކޮށް ދެން ބާސްކެޓްބޯޅަ ކޯޓު ސަރުކާރުން އެޅީ މާފަންނު މަދަރުސާގެ ކުރިމަތިން، މިހާރުގެ ސޯޝަލް ސެންޓަރު ހުރި ބިމުގަ އެވެ. ސޯޝަލް ސެންޓަރު ހުޅުވުމުން ގައުމީ ފެންވަރުގެ މުބާރާތްތައް ބާއްވަމުން އަންނަނީ އެތަނުގަ އެވެ.
ބާސްކެޓަކީ ބޮޑަށް އިސްކޮޅަށް ބިނާވެފައި އޮތް ކުޅިވަރެއް ކަމުން، ބައިނަލްއަގުވާމީ މަތީ ފެންވަރުގެ ގައުމުތަކާ ކުޅެވޭ ހިސާބަކަށް ރާއްޖެ އަދި ނުދެ އެވެ. އެކަމަކު ސަރަހައްދީ މުބާރާތްތަކާއި އެއަށް ވުރެ ބޮޑެތި މުބާރާތްތަކުގައި ވެސް ރާއްޖޭގެ ދެ ޖިންސުގެ ގައުމީ ޓީމު ވާދަކުރެ އެވެ.
ރާއްޖޭގެ މުބާރާތެއް ކުރިއަށް ދަނީ: މިދިއަ 50 އަހަރުގެ ތެރޭގައި ރާއްޖޭގެ ބާސްކެޓަށް ވެސް ވަރަށް ބޮޑު ކުރިއެރުމެއް ވަނީ އައިސް
ސައުތު އޭޝިއަން ބީޗް ގޭމްސްގެ ތުރީއޮންތުރީ ބައިން ރާއްޖޭގެ އަންހެން ޓީމު ހޯދި ރިހި މެޑެލްއަކީ، ބައިނަލްއަގުވާމީ ކާމިޔާބީއެކެވެ. މިދިޔަ އަހަރުގެ ސައުތު އޭޝިއަން ގޭމްސް އިން އަންހެން ޓީމު ލޯ މެޑަލް ވެސް ހޯދި އެވެ.
ގައުމީ ފިރިހެން ޓީމު ވަނީ 2011ގެ ސައުތު އޭޝިއަން ބީޗް ގޭމްސްގެ ތުރީއޮންތުރީގައި ލޯ މެޑަލް ކާމިޔާބުކޮށްފަ އެވެ. އަދި 2016ގެ ސާބާ ޒޯންގެ ފީބާ އޭޝިއާ ޗެލެންޖްގެ ކޮލިފިކޭޝަންގެ ރި މެޑަލް ވެސް ހޯދި އެވެ.
ރާއްޖޭގެ ބާސްކެޓްބޯލް އެސޯސިއޭޝަން އުފެއްދީ އޮގަސްޓް 12، 1991ގަ އެވެ.
ސަރުކާރުގެ އިދާރާއެއްގެ ގޮތުން އެސޯސިއޭޝަންގެ މަސައްކަތްތައް ކުރިއަށްގެންދާތާ އެތައް އަހަރެއް ފަހުން އިންތިހާބުކޮށްގެން ހިންގާ ތަންތަނަށް ރާއްޖޭގެ ކުޅިވަރު އެސޯސިއޭޝަންތައް ބަދަލުވި އެވެ. އެގޮތުން ބާސްކެޓްބޯލް އެސޯސިއޭޝަންގެ އިންތިހާބީ ރައީސްކަން އެންމެ ފުރަތަމަ ކުރެއްވީ އަހުމަދު ހާފިޒް އެވެ. އޭގެ ފަހުން ނިމިދިޔަ ދައުރުގެ ރައީސަކަށް ހުންނެވީ އަހުމަދު މަމްދޫހު (މަންޑޭ) އެވެ. މިދިޔަ ޑިސެމްބަރު މަހު ބޭއްވި ބާސްކެޓްބޯޅަ އިންތިހާބު ކާމިޔާބުކުރެއްވީ އަހުމަދު އާދަމް (އެޑަމް) އެވެ.
ޗެމްޕިއަނަކީ ޓަލޮންސް، އެންމެ މޮޅީ ރޯޔަލްސްގެ ޖިދާދު
ދެކުނު އޭޝިއާގެ ބާސްކެޓްބޯޅައިގެ ރައީސަކަށް އާދަމް
ބާސްކެޓް ކޯޓުގައި ހުތުރު އިބާރާތް ހުރުމުން ފުލުހަށް
ބާސްކެޓް ޓީމުގެ ފައިނަލް ސްކޮޑުން އައިކް ޖާގަ ހޯދައިފި
އިތުރު ދައުރަކަށް ކުރިމަތިނުލާން މަމްދޫހު ނިންމަވައިފި
އޮފީސް ނުހުޅުވިގެން ބާސްކެޓުގެ ހަރަކާތްތައް ހުއްޓިފައި
ބާސްކެޓްބޯޅަ އިންތިހާބު މާދަމާރޭ
ޒާހިރު: މިޒަމާނުގެ ތައުލީމުގެ އެންމެ ވަރުގަދަ ތަނބު
އަންރޭންކްޑް އިން އެމެރިކާގައި އަމާޒަށް ވާސިލުވެއްޖެ
އެމްބީއޭގެ ނިންމުންތަކަށް ޖީއެސް ނުފޫޒު ފޯރުވާ މައްސަލަ