18 ޖޫން 2020
ކަންކަމަށް ސަމާލުކަން ދިނުމުގައި ނުކުޅެދުންތެރިކަން ހުންނަ ނުވަތަ އެޓެންޝަން ޑެފިސިޓް ހައިޕައެކްޓަވިޓީ ޑިސްއޯޑާ (އޭޑީއެޗްޑީ) ހުންނަ ކުދިންގެ ހާލަތު ރަނގަޅުކުރުމަށް ބޭނުންކުރެވިދާނެ ވީޑީއޯ ގޭމަކަށް އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަނުން ހުއްދަ ދީފި އެވެ.
ކަންކަމަށް ސަމާލުކަން ދިނުމުގައި ނުކުޅެދުންތެރިކަން ހުންނަ ނުވަތަ އެޓެންޝަން ޑެފިސިޓް ހައިޕައެކްޓަވިޓީ ޑިސްއޯޑާ (އޭޑީއެޗްޑީ) ހުންނަ ކުދިންގެ ހާލަތު ރަނގަޅުކުރުމަށް ބޭނުންކުރެވިދާނެ ވީޑީއޯ ގޭމަކަށް އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަނުން ހުއްދަ ދީފި އެވެ.
އެތަނުން ބުނި ގޮތުގައި ނަފްސާނީ ބައްޔެއްގެ ގޮތުގައި ބަލާ އޭޑީއެޗްޑީ އަށް ފަރުވާއެއްގެ ގޮތުގައި "އެންޑީވާއާރްއެކްސް" ނަމަކަށް ކިޔާ ވީޑިއޯ ގޭމް ބޭނުންކުރެވޭނެ އެވެ. އަދި މި ގޭމަކީ އޭޑީއެޗްޑީ ހުންނަ އުމުރުން 8-12 އަހަރާ ދެމެދުގެ ކުދިންނަށް ހާއްސަ އެއްޗެކެވެ.
"އެންޑީވާ" އަކީ މިހާތަނަށް އެފްޑީއޭ އިން ވީޑިއޯ ގޭމެއް، ބައްޔެއްގެ ފަރުވާއެއްގެ ގޮތުގައި ބޭނުންކުރަން ހުއްދަ ދިން ފުރަތަމަ ފަހަރެވެ. އެފްޑީއޭ އިން ބުނި ގޮތުގައި އޭޑީއެޗްޑީ އަށް އާންމުކޮށް ނަގާ ތެރަޕީ އާއި މެޑިކޭޝަނާއި އެޑިއުކޭޝަނަލް ޕްރޮގްރާމްތަކާ އެކު "އެންޑީވާ" ކުޅުވުމަކީ ކުދިންގެ ހާލަތަށް ކުރިއެރުން އަންނާނެ ކަމެކެވެ.
#BreakingNews: EndeavorRx for children with #ADHD is officially the first FDA-cleared treatment delivered through a video game https://t.co/glwyciZJzf
— Akili Interactive (@AkiliLabs) June 15, 2020
އެފްޑީއޭގެ ސެންޓަ ފޮ ޑިވައިސެސް އެންޑް ރޭޑިއޮލޮޖިކަލް ހެލްތުގެ ޑިރެކްޓަރު ޑރ. ޖެފްރީ ޝޯރެން ވިދާޅުވި ގޮތުގައި "އެންޑީވާ" އަކީ އޭޑީއެޗްޑީ އަށް ބޭހުގެ ބަދަލުގައި ބޭނުންކުރެވިދާނެ ވަރަށް ރަނގަޅު ފަރުވާއެކެވެ.
"މިފަދަ އުފެއްދުމެއް އައުމަކީ ވެސް ބޮޑު ކުރިއެރުމެއް. މިއީ ހަގީގަތުގައި ޑިޖިޓަލް ތެރަޕީ އާއި ޑިޖިޓަލް ތެރަޕިއުޓަކަށް ލިބުނު ކުރިއެރުމެއް. އަދި އެ ދާއިރާގެ ބޭނުންތެރިކަމާއި މުހިއްމުކަން ވެސް އަންގައިދޭ ކަމެއް،" އޭނާ ވިދާޅުވި އެވެ.
"އެންޑީވާ" ޑައުންލޯޑްކޮށްގެން ސްމާޓް ޑިވައިސްތަކުގައި ކުޅެވޭ ގޮތަށް ފަރުމާކޮށްފައިވާ ގޭމެކެވެ. މި ގޭމް ރަސްމީކޮށް އެފްޑީއޭ އިން އޭޑީއެޗްޑީގެ ފަރުވާއެއްގެ ގޮތުގައި އެޕްރޫވްކުރީ ގޭމް ކުޅުނު 600 އަށް ވުރެ ގިނަ ކުދިންނާ ބެހޭ ކްލިނިކަލް ރިވިއުއެއް ދިރާސާކުރުމަށް ފަހު އެވެ.
ގޭމް އެޕް ސްޓޯރުން މިހާރު ޑައުންލޯޑްކުރެވޭނެ އެވެ.
ރިވިއުގައި ފާހަގަކޮށްފައިވާ ގޮތުގައި "އެންޑީވާއާރްއެކްސް" ގޭމްގެ ތެރެއަށް ކުދިން ވަނުމުން އާންމުކޮށް އޭޑީއެޗްޑީ ހުންނަ ކުދިންނަށް ދިމާވާ ބޮލުގެ ރިހުމާއި ހާސްކަމާއި ހަރުކަށިކަމާއި ބޯއެނބުރުން ފަދަ މައްސަލަތައް ވަރަށް ބޮޑަށް ކުޑަކޮށްދޭކަން ފާހަގަކުރެވިފައިވެ އެވެ.
"އެންޑީވާ" އުފެއްދި ކުންފުނި އަކިލީ އިންޓަރެކްޓިވުން ބުނި ގޮތުގައި އެ ގޭމަކީ ހަފުތާ އަކު ފަސް ދުވަހު، ދުވާލަކު ބައި ގަޑިއިރު ކުޅޭ ގޮތަށް ފަރުމާކޮށްފައިވާ ގޭމެކެވެ. އަދި ގޭމްގެ ގައިޑްލައިންތަކާ އެއްގޮތަށް އެ ބޭނުންކުރާ ނަމަ މަހެއްހާ ދުވަހުގެ ތެރޭގައި ކުދިންގެ ފަރާތުން ހެޔޮ ބަދަލުތަކެއް ފެންނަން ފަށާނެ ކަމަށް ބުންޏެވެ.
"އަހަރެމެން ވަރަށް އުފާކުރަން ގޭމަށް އެފްޑީއޭގެ އެޕްރޫވަލް ލިބުނު ކަމަށްޓަކައި. މިއީ ވަރަށް ތާރީހީ ކަމެއް ވެސް މެ،" އަކިލީގެ ސީއީއޯ އެޑީ މާޓުޝީ ވިދާޅުވި އެވެ.
ކާން އުނދަގޫވާ ގޮތަށް ދަތުގައި ހަރުކުރާ ޑިވައިސްއެއް
ހަމުގެ ހާލަތު ދެނެގަނެވޭ ޓޫލެއް ގޫގުލް އަށް
ކޭއެފްސީ ގޭމިން ކޮންސޯލް އަކީ ޖޯކެއް ނޫން
ވީޑިއޯގޭމް ކުޅޭ މީހުންނަށް މި ފަހަރު ގޮނޑިއެއް
ރިމޯޓުން ކޮންޓްރޯލްކުރެވޭ ވެންޓިލޭޓަރެއް
"ގޭބަންދު"ގައި މައިންގެ ފިކުރާއި ބޮލުގެ ރިހުންތައް
މަސް ކާ ހިތްވާ މީހުންނަށް "މީޓް" ޕެޗެއް
ވީޑިއޯ ގޭމް ކުޅޭ މީހުންނަށް ޕޫމާގެ ބޫޓެއް
އިނގިރޭސި ހޮސްޕިޓަލެއްގައި ޑިސްޕޯސަބަލް ބުރުގާ
ކުދިންގެ ގައިގައި ނުޖަހާތި، ނަތީޖާ ވަރަށް ގޯސް