10 ޖޫން 2020
ޕެރިސް (ޖޫން 10) - ކޮވިޑް-19 ގެ ސަަބަބުން ކެންސަލްކުރި ފްރެންޗް ލީގުގައި ރެލިގޭޝަން އުސޫލާ ދެކޮޅަށް ފްރާންސްގެ ކޯޓަކުން އަމުރެއް ނެރެފި އެވެ.
ޕެރިސް (ޖޫން 10) - ކޮވިޑް-19 ގެ ސަަބަބުން ކެންސަލްކުރި ފްރެންޗް ލީގުގައި ރެލިގޭޝަން އުސޫލާ ދެކޮޅަށް ފްރާންސްގެ ކޯޓަކުން އަމުރެއް ނެރެފި އެވެ.
ސެޕްޓެމްބަރު މަހުގެ ކުރިން މީހުން އެއްވެ އުޅެ، ކުރިއަށްގެންދާ އެއްވެސް ހަރަކާތެއް ނުބޭއްވޭނެ ކަމަށް ފްރާންސް ސަރުކާރުން ނިންމުމާ އެކު ފްރާންސް ލީގު ކެންސަލްކުރީ މިދިޔަ މަހު އެވެ. ލީގުގެ ބޯޑުގެ ބައްދަލުވުމަށް ފަހު މެޗަކަށް އެވްރެޖްކޮށް ޖެހޭ ޕޮއިންޓަށް ބަލައިގެން ލީގުގެ އެއް ވަނައިގައި އޮތް ޕީއެސްޖީ އަށް ތަށި ދިންއިރު، ފުލުގައި އޮތް ދެ ޓީމު ކަމަށްވާ ޓުލޫސާއި އެމިއެންސް ރެލިގޭޓްވި ކަމަށް ވަނީ ކަނޑައަޅައިފަ އެވެ.
ލީގު ކެންސަލްކުރިއިރު ގިނަ ކްލަބްތަށް ނުކުޅެ 10 މެޗު އޮތެވެ. ލީގުގެ އެންމެ ފުލުގައި އޮތް ޓުލޫސަށް 28 މެޗުން ލިބުނީ 13 ޕޮއިންޓެވެ. ނަވާރަ ވަނައިގައި އޮތް އެމިއެންސް އަށް 28 މެޗުން ލިބިފައިވަނީ 23 ޕޮއިންޓެވެ.
ރެލިގޭޝަން އުސޫލު އޮތީ އިންސާފުވެރިކޮށް ނޫން ކަމަށް ބުނެ، އެމިއެންސް އާއި ޓުލޫސް އިން ވަނީ މައްސަލަ ވަގުތުން ކޯޓަށް ހުށަހަޅައިފަ އެވެ. ފްރާންސްގެ އެންމެ މަތީ އެޑްމިނިސްޓްރޭޓިވް ކޯޓުން އިއްޔެ އަމުރުކުރީ ރެލިގޭޝަން އުސޫލަށް އަމަލުކުރުމުގައި ދެވަނަ ވިސްނުމަކަށް ދިއުމަށެވެ. އެ ގޮތުން ފްރާންސްގެ ފުރަތަމަ ޑިވިޝަނުގައި ރެލިގޭޝަނަށް އަމަލުނުކުރަން ވަނީ ކޯޓުން ވަނީ އަންގައިފަ އެވެ.
ކޯޓުގެ މި އެންގުމާ އެކު އަންނަ ސީޒަނުގައި ފްރެންޗް ލީގުން 22 ޓީމު ފެނުމުގެ ފުރުސަތު ބޮޑެވެ. އެއީ މި ސީޒަނުގައި ފްރެންޗް ދެ ވަނަ ޑިވިޝަނުގައި އެންމެ ކުރީގައި އޮތް ލޮރިއެންޓާއި ލެންސް ހިމަނައިގެންނެވެ.
އެމިއެންސްގެ ރައީސް ބާނާޑް ޖޮއާނިން ވިދާޅުވީ ކޯޓުގެ މި ނިންމުން ފްރާންސްގެ ފުޓްބޯޅަ ފެޑެރޭޝަނުނާއި ލީގު ބޯޑުން ބަލައިގަންނަން ޖެހޭ ކަމަށާއި އުއްމީދުކުރަނީ ހުރިހާ ފަރާތެއްގެ މަޝްވަރާތަކުގެ މަތިން ރަނގަޅު ހައްލެއް އަންނާނެ ކަމަށެވެ.
ފްރެންޗް ލީގު ކެންސަލްކުރަން ނިންމި ނިންމުން ބަދަލުކޮށް އަލުން ލީގު ފަށަން ހުއްދަދިނުމަށް އެދި ލިޔޯނުން ދާދި ފަހުން ވަނީ ފްރާންސްގެ ސަރުކާރުގައި އެދިފަ އެވެ. އެ ހުށަހެޅުމަށް ސަރުކާރުގެ މާ ބޮޑު ތާއީދެެއް ނުލިބުނެވެ.
ލިޔޯނުން ވަނީ އަވަހަށް ލީގު ނިންމާލުމުން އެ ޓީމަށް ޔޫރަޕްގެ ޖާގައެއް އަންނަ ސީޒަނުގައި ހޯދުމަށް ކުރަމުން އައި މަސައްކަތް ކާމިޔާބުނުވުމުގެ ބަދަލު ހޯދަން ކޯޓަށް ވެސް ހުށަހަޅައިފަ އެވެ. ލިޔޯނުން ހުށަހެޅި މައްސަލަ އަކީ ވަކި ކްލަބެއްގެ މަސްލަހަތު ބޮޑު ކަމެއް ކަމަށްވާތީ ލީގުގެ މަގާމަކަށް ވަކި ބަދަލެއް އަންނަން ހުށަހަޅާ މައްސަލައެއް ނުބަލާނެކަން ކޯޓުން ވަނީ އަންގައިފަ އެވެ.
ކެންސަލްކުރި ފްރެންޗް ލީގު ފަށަން ސަރުކާރުގައި އެދިއްޖެ
ފްރާންސް ލީގު ކެންސަލް، މަގާމުތަކާމެދު ގޮތެއް ނިންމަނީ
މޮނާކޯ ފޯވާޑްގެ ބޫޓު ގޮސް އެރީ ޑޮނަރުއްމާގެ މޫނަށް
ފްރާންސްގެ އާއިލާ ފޮނުވާލަނީ އެ މީހުން އެދިގެން
ވިސާނެތި ރާއްޖޭގައި އުޅޭ ފްރާންސްގެ އާއިލާ ފުރުވާލަނީ
ވިސާ ނެތި ފްރާންސްގެ އާއިލާއެއް ރާއްޖޭގައި 12 އަހަރު
ފްރާންސްގެ ސަރުކާރު ވެއްޓި ދާނެކަމުގެ ބިރު
ދައުވާ އުފުލުމަށްފަހު ޓެލެގްރާމްގެ ސީއީއޯ މިނިވަންކޮށްފި
ޓެލެގްރާމްގެ ސީއީއޯ ފްރާންސުން ހައްޔަރުކޮށްފި
އޮލިމްޕިކްސްގެ ފައިނަލަށް ފްރާންސާއި ސްޕެއިން