09 ޖޫން 2020
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރުސީ)ގެ 1.3 ބިލިއަން ރުފިޔާގެ ޚިޔާނާތުގެ ބައިވެރިން ކަމަށް ތުހުމަތު ކުރެވޭ ފުލުހުންތަކެއް މަގާމުތަކުގައި އެބަ ތިބި ކަމަށާއި އެ މައްސަލަ ރަނގަޅަށް ތަހުގީގު ކުރެވޭނީ އެ ފުލުހުން ސަސްޕެންޑް ކޮށްގެން ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރުސީ)ގެ 1.3 ބިލިއަން ރުފިޔާގެ ޚިޔާނާތުގެ ބައިވެރިން ކަމަށް ތުހުމަތު ކުރެވޭ ފުލުހުންތަކެއް މަގާމުތަކުގައި އެބަ ތިބި ކަމަށާއި އެ މައްސަލަ ރަނގަޅަށް ތަހުގީގު ކުރެވޭނީ އެ ފުލުހުން ސަސްޕެންޑް ކޮށްގެން ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ސަރުކާރުގެ ފަރާތުން ހެންވޭރު ހުޅަނގު ދާއިރާގެ އެމްޑީޕީގެ މެމްބަރު ހަސަން ލަތީފް، ހުށަހަޅުއްވައިފައިވާ ދިވެހި ފުލުހުންގެ ހިދުމަތުގެ ބިލަށް ބަހުސް ކުރައްވަމުން އެމްޑީޕީގެ ގިނަ މެމްބަރުން ވަނީ ފުލުހުންނަށް ފާޑު ވިދާޅުވެފަ އެވެ.
މެމްބަރުންގެ ބަހުސްގެ ތެރެއިން އެކަމާ ގުޅޭގޮތުން، ނަޝީދު ވިދާޅުވީ އެ ބިލަށް މެމްބަރުން ބަހުސް ކުރައްވައި، ފުލުހުންގެ ވެރިން ކަނޑައަޅާ ގޮތާއި ޕްރޮމޯޝަންތައް ލިބޭ ގޮތާއި އެތެރޭގެ އިންތިޒާމުތައް ހުރި ގޮތް ބަލައި އެކަންކަމަށް ބަދަލު ގެނައުމާ ގުޅޭގޮތުން ވާހަކަ ދައްކަން ޖެހޭ ކަމަށެވެ. މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން ގެންދަނީ ފުލުހުންގެ ބައެއް ތަހުގީގު ބަލަމުން ކަމަށާއި އެއިން ފާހަގިވި އެއްކަމަކީ އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ ފުލުހުންތަކެއް އަދިވެސް މަގާމުގައި ތިބުން ކަމަށް ނަޝީދު ވިދާޅުވި އެވެ.
"ދިމާވާ އެއްކަމެއް ކަމަށް މިވަނީ ފުލުސް އޮފީހުގައި އެބަތިބި މި ދެންނެވި ވައްކަމުގެ ތުހުމަތު ކުރެވޭ ކުދިން. އެ އޮފީހުގައި އެ ކުދިން ތިބެމެ، ދެން ވަރަށް އުނދަގޫވާނެ އެ ބޭފުޅުން މެދުވެރި ކޮށްގެން ތަހުގީގެއް ކޮށް ކަންތައްތައް ނިންމަން،" ނަޝީދު ވިދާޅުވި އެވެ.
"ވަރަށް ބޭނުންތެރި ފުލުސް އޮފީހުގައި ވައްކަމަށް ތުހުމަތު ކުރެވިފައި ތިއްބެވި ކުދިން މިހާރުން މިހާރަށް ވެސް ސަސްޕެންޑް ކުރުން. [ސަސްޕެންޑް] ކޮށްފައި ނޫނިއްޔާ ވަރަށް އުނދަގޫވާނެ ފުލުހުންގެ ތެރޭގައި ތަހުގީގެއް ރަނގަޅަށް ކުރިއަށް ގެންދިއުން."
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތަހުގީގު ލަސްވެގެން ނަޝީދުގެ އިތުރުން އެމްޑީޕީގެ އެހެން މަޖިލިސް މެމްބަރުން ވެސް ގެންދަވަނީ ފާޑު ވިދާޅުވަމުންނެވެ. އެ މައްސަލައިގައި 260 އެއްހާ މީހުންނަށް ތުހުމަތު ކުރެވޭއިރު ކޮވިޑް-19 އަށް ލުޔެއް ލިބުމާއެކު އެ މީހުންގެ މައްޗަށް ދައުވާ އުފުލާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވަރަށް ފަހުން ވަނީ ވިދާޅުވެފަ އެވެ.
ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހުންނާއި ފުލުހުންގެ ގުޅުންތައް މެމްބަރުން ބެއްލެވުން ވަރަށް މުހިންމު ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ. ރަޔަޓް ފުލުހުންނާއި ގޭންގުތަކާ ދެމެދު އޮންނަ ގުޅުން ދެނެގަތުން ވެސް މުހިންމު ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ، ފުލުހުންގެ ތެރޭގައި "އަޑީ ދައުލަތެއް" އޮތް ކަމަށް ފާހަގަ ކުރެއްވޭ ކަމަށެވެ. އޭގެ ތެރެއިން، ތަހުގީގުތައް އެ މީހުން އަނބުރާލާ ކަމަށް ވެސް ތުހުމަތު ކުރެއްވި އެވެ.
"އެކިއެކި ތަހުގީގު އެބަ އަނބުރާލެވޭ އަޅުގަނޑުމެންނަށް ވާއެއް ނުވާއެއް އެއްގޮތަކަށް ވެސް ނޭނގި. މިސާލަކަށް [ނޫސްވެރިޔާ އަހުމަދު ރިލްވާން] ރިލްވާން މަރާލި މައްސަލައިގައި ފާރަލީ ފުލުހެއް. ހަމަ އެއާއެކީގައި ޑރ. އަފްރާޝީމް އަލީގެ ގާތިލް ވެސް އަދި އަޅުގަނޑުމެންނަށް ފަހުން އައިސް މި ފެނުނު ގިނަ ބޮޑެތި މައްސަލަތަކުގައި ފުލުހުންގެ މުއައްސަސާ އޭގެ ދެ ފަރާތުގައި ވާ މިންވަރު އަޅުގަނޑަށް ޔަގީން އަޅުގަނޑުމެން އިއްޒަތްތެރި މެމްބަރުން މިކަމަށް ޝައުގު ހުންނާނެ ކަމަށް،" ނަޝީދު ވިދާޅުވި އެވެ.
"ދިމާވާ އެއްކަމެއް ކަމަށް މިވަނީ ފުލުސް އޮފީހުގައި އެބަތިބި މި ދެންނެވި ވައްކަމުގެ ތުހުމަތު ކުރެވޭ ކުދިން. އެ އޮފީހުގައި އެ ކުދިން ތިބެމެ، ދެން ވަރަށް އުނދަގޫވާނެ އެ ބޭފުޅުން މެދުވެރި ކޮށްގެން ތަހުގީގެއް ކޮށް ކަންތައްތައް ނިންމަން،" -- ނަޝީދު
ފުލުހުންނާއި ސިފައިން މުޒާހަރާކޮށް އެ މަނިކުފާންގެ ވެރިކަން 2012 ވަނަ އަހަރުގައި ބަދަލު ކުރި ދުވަހު ކަން ހިނގި ގޮތަށް ވެސް ނަޝީދު މިއަދު ނުސީދާކޮށް ފާޑުވިދާޅުވި އެވެ.
"އިއްޒަތްތެރި މެމްބަރުން އެބަ ފާހަގަ ކުރައްވާ ފުލުހުންގެ ހުވަޔަކީ ބަޣާވާތެއްގެ ޒިންދާބާދަކަށް ވެގެން ނުވާނެ ކަމަށް. އަދި ފުލުހުންގެ ހުވާ ބާރަށް އަޑު ހަރުކޮށް ކިޔައި އެއް ޖަމާއަތަކަށް ތިބެފައި ދެން ނުކުމެ ދުއްވައިގަނެގެން ގޮސް ބަނޑޭރި ގެއަށް ވަދެގެން ނުވާނެ. އެއީ ފުލުހުންގެ ހުވާއަށް ހުރުމަތްތެރިކޮށް ނުހިތުން. މިއީ ހަމަ ގައިމު ވެސް އަޅުގަނޑުގެ ސީދާ ލޮލުން ދުށް މަންޒަރު،" ނަޝީދުގެ ވެރިކަން ބަދަލުވި ދުވަހަށް އިޝާރާތް ކުރައްވައި އެ މަނިކުފާނު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވި ގޮތުގައި، ފުލުހުންގެ މުއައްސަސާގެ ދެ ފަރާތް ވަރަށް ރަނގަޅަށް އެ މަނިކުފާނަށް އެނގިވަޑައިގަންނަވަ އެވެ. ދިވެހިން އެމްޑީޕީއަށް މިވަގުތު ދީފައިވާ ފުރުސަތަކީ އެކަންކަން އިސްލާހު ކުރުން ކަމަށް ވެސް ވިދާޅުވި އެވެ.
ފައިސާ ހޯދަން ބޭރުކުންފުނިން މަސައްކަތްކޮށްދިން: ނަޝީދު
ބޮޑު ހިޔާނާތުގެ ތަހުގީގުގެ ތެރެއަށް އެމްޑީޕީ ވަންނަނީ
ބައެއް މެމްބަރުންގެ ގޮނޑި ވެސް ގެއްލިދާނެ: ނަޝީދު
މެމްބަރުންގެ ބަސް: ހިޔާނާތްތައް ބެލުމުގައި ފެއިލްވެއްޖެ
އަދީބުގެ މެސެޖުތައް އާންމު ކުރާނަން: ނަޝީދު
"އޭސީސީ އަށް ބަލަން އެނގެނީ ކުދިކުދި މައްސަލަތައް"
ރައީސް ދިރިއުޅުއްވާ ތަންތަން ތަހުގީގުކުރަން ހުށަހަޅައިފި
ނަޝީދުގެ މެސެޖް: އެކަނި އުޅެން ޖެހޭތީ ދެރަވޭ
މަގާމުތަކުގައި ތިބި ބައެއްބޭފުޅުން އެމްޑީޕީން ވަކިވެއްޖެ
މަޖިލީހުން ކުރި ރިޝްވަތުގެ ތުހުމަތު ބެލޭނެ ގޮތެއް ނެތް