07 ޖޫން 2020
ދ. ކުޑަހުވަދޫގައި ދުވަސްނުފުރާ ވިހެއި ދެ ކުދިންގެ ފަރުވާގެ ކަންކަމަށް ދިޔައީ ވަގުތުން އެހީތެރިކަން ފޯރުކޮށްދެމުން ކަމަށް އާސަންދަ ކުންފުނިން މިއަދު ބުނެފި އެވެ.
ދ. ކުޑަހުވަދޫގައި ދުވަސްނުފުރާ ވިހެއި ދެ ކުދިންގެ ފަރުވާގެ ކަންކަމަށް ދިޔައީ ވަގުތުން އެހީތެރިކަން ފޯރުކޮށްދެމުން ކަމަށް އާސަންދަ ކުންފުނިން މިއަދު ބުނެފި އެވެ.
ބަނޑަށް ފަސް މަހުގައި ސިޒޭރިއަން ހަދައިގެން ނެގި އެއްމާބަނޑު ދެ ކުދިން މިދިޔަ ހުކުރު ދުވަހު މަރުވުމާ ގުޅިގެން، އާސަންދަ އިން ނެރުނު ބަޔާނެއްގައި ވަނީ، އެހީތެރިކަމަށް އެދުނު ވަގުތުން ފެށިގެން އެ ކުދިންގެ ފަރުވާގެ ކަންކަމަށް ހުއްދަ ދިން ކަމަށެވެ. އެހެންވެ، ކުދިން މަރުވީ، ދައުލަތުގެ ޚަރަދުގައި ހިލޭ ބޭސްފަރުވާގެ ކަންކަން ހަމަޖައްސާ ކުންފުނީގެ އިހުމާލުން ކަމަށް ބައެއް މީޑިއާތަކުގައި ރިޕޯޓުކޮށްފައި އޮތުމުން އެކަން އާސަންދަ އިން ދޮގުކުރި އެވެ.
މިކަމާ ގުޅޭ ގޮތުން އާއިލާ އިން މީޑިއާގައި އެއްވެސް ވާހަކައެއް ދައްކާކަށް ބޭނުމެއް ނުވެ އެވެ.
އާސަންދަ އިން ބުނީ އުމުރުން 26 އަހަރުގެ އަންހެނަކު، ދ. މީދޫން އެ އަތޮޅު ހޮސްޕިޓަލަށް ގެންދަން އިމަޖެންސީ އިވެކުއޭޝަން ރިކުއެސްޓް މިދިޔަ ހޯމަ ދުވަހު އެ ރަށު ސިއްހީ މަރުކަޒުން ފޮނުވުމުން ވަގުތުން އެ އަށް އިޖާބަ ދިން ކަަމަށެވެ. އެގޮތުން، ހަމަ އެ ދުވަހު އެ ކަމަށް ހުއްދަ ދީފައިވާ ކަމަށާއި ސީ އެމްބިއުލާންސަށް މަޑުނުކޮށް، އަމިއްލަ މީހެއްގެ ލޯންޗެއްގައި ފޮނުވައިދޭން އެދުމުން ހާލަތަށް ބަލައި އެކަމަށް ވެސް އެ ދުވަހު ފުރުސަތު ދިން ކަމަށް އާސަންދަ އިން ބުންޏެވެ.
އޭގެ ފަހުން، ކުއްލި ގޮތަކަށް މިދިޔަ ހުކުރު ދުވަހު ސިޒޭރިއަން ހަދައިގެން ދެ ކުދިން ކުޑަހުވަދޫގައި ނެގި އެވެ. އެ ކުދިން ނެގިއިރު އެ ކުދިންގެ 540 ގްރާމާއި 530 ގްރާމް ހުއްޓެވެ.
ވާންޖެހޭ ތައްޔާރީތައް ވެ، ކުޑަހުވަދު އަށް ދިއުމަށް ފްލައިޓަށް މާލެ އިން ނައްޓާލެވުނީ މެންދުރު ފަހު 1:30 ގައި ކަމަށާއި ކުޑަހުވަދު އަށް ދެވުނު އިރު 2:15 ވެފައިވާ ކަމަށް އާސަންދައިގެ ބަޔާނުގައި ވެ އެވެ. އޭރު އެއް ކުއްޖަކު މަރުވެފައިވާ ކަމަށާއި އަނެއް ކުއްޖާ މާލެ ގެންނަން ބޭނުންވާ ކަމަށް ހޮސްޕިޓަލުން އެންގި އެވެ.
އެ ދެ ކުދިން މާލެ ގެންނަން ކުޑަހުވަދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލުން ހުކުރު ދުވަހުގެ ހެނދުނު 9:56 ގައި އާސަންދައިގައި އެދުނު ކަމަށް އެ ކުންފުނިން ބުނެ އެވެ. އާސަންދަ އިން ބުނާގޮތުގައި، އެކަމަށް ވެސް ހަ މިނިޓުގެ ތެރޭގައި ހުއްދަ ދިނެވެ. އިތުރު އެހީތެރިން ގެންދިއުމަށް އެ ދުވަހުގެ ހެނދުނު 10:13 ގައި ފޮނުވި ރިކުއެސްޓަށް ވެސް ހަތަރު މިނިޓުގެ ތެރޭގައި ހުއްދަ ދީފައިވާ ކަމަށް ބުންޏެވެ. ވީ އެންމެ އަވަހަކަށް އެ ދެ ކުދިން މާލެ ގެނައުމަށް ސީ އެމްބިއުލާންސަށް ހެނދުނު 10:23 ގައި އެދިފައިވާނެ ކަމަށް އާސަންދަ އިން ބުނެ އެވެ.
"އޭރު ދެ ކުދިން މާލެ ގެނައުމަށް ސީ އެމްބިއުލާންސް އޮތީ ދ. ކުޑަހުވަދޫ ފަޅުތެރޭގައި ތައްޔާރީ ހާލަތުގަ އެވެ. ވައިގެ މަގުން އެ ކުދިން ބަލާ މާލެއިން ފުރެން އޮތީ އެންމެ އަވަހަށް ވެސް 1:00 ގަ އެވެ. ދެ ކުދިން ގެންނަން ޖެހެނީ ވެންޓިލޭޓަރު ގުޅައިގެންނެވެ،" އާސަންދަ ކުންފުނީގެ ބަޔާނުގައި ވެ އެވެ.
"ވެންޓިލޭޓަރު ގުޅައިގެން ވައިގެ މަގުން ބަލި މީހުން ގެނައުމުގައި ވާންޖެހޭ ތައްޔާރީތައް ވާން އަބަދު ވެސް ފުރަން އޮންނަ ގަޑިއަށް ވުރެ ލަހުން ފުރޭތީ އެ ރިސްކު ނެގުމަށް ވުރެ ސީ އެމްބިއުލާންސްގައި ވަގުތުން ވަގުތަށް ދެ ކުދިން މާލެ ގެންނަން އާސަންދަ އިން ވާނީ ރެކޮމެންޑުކޮށްފަ އެވެ."
"ސީ ޕްލޭން އެ ރަށު ފަޅުތެރެއަށް ޖެއްސުމާއެކު ހޮސްޕިޓަލަށް ގުޅުމުން ބުނެފައިވަނީ ހޮސްޕިޓަލުން ނެރެވޭ ވަރަށް ވުރެ ވެސް ކުއްޖާގެ ހާލު ދެރަ ކަމަށެވެ. ސީ ޕްލޭން ފަޅު ތެރޭ އޮންނަތާ ގަޑިއިރަކަށް ވުރެ ގިނަ އިރު ވީ ފަހުން ހޮސްޕިޓަލުން ވަނީ ދެ ވަނަ ކުއްޖާ ވެސް ނިޔާވިކަން އާސަންދައަށް އަންގައިފަ އެވެ،" -- އާސަންދަ
ނަމަވެސް ދެ ކުދިން މާލެ ގެންނަން ބޭނުންވަނީ ވައިގެ މަގުން ކަމަށް ހެނދުނު 11:21 ގައި ހޮސްޕިޓަލުން އެންގި ކަމަށާއި އެ ރިކުއެސްޓަށް ވެސް 11:29 ގައި ހުއްދަ ދީފައިވާނެ ކަމަށް އާސަންދަ އިން ބުންޏެވެ.
ވާންޖެހޭ ތައްޔާރީތައް ވެ، ކުޑަހުވަދު އަށް ދިއުމަށް ފްލައިޓަށް މާލެ އިން ނައްޓާލެވުނީ މެންދުރު ފަހު 1:30 ގައި ކަމަށާއި ކުޑަހުވަދު އަށް ދެވުނު އިރު 2:15 ވެފައިވާ ކަމަށް އާސަންދައިގެ ބަޔާނުގައި ވެ އެވެ. އޭރު އެއް ކުއްޖަކު މަރުވެފައިވާ ކަމަށާއި އަނެއް ކުއްޖާ މާލެ ގެންނަން ބޭނުންވާ ކަމަށް ހޮސްޕިޓަލުން އެންގި އެވެ.
"ސީ ޕްލޭން އެ ރަށު ފަޅުތެރެއަށް ޖެއްސުމާއެކު ހޮސްޕިޓަލަށް ގުޅުމުން ބުނެފައިވަނީ ހޮސްޕިޓަލުން ނެރެވޭ ވަރަށް ވުރެ ވެސް ކުއްޖާގެ ހާލު ދެރަ ކަމަށެވެ. ސީ ޕްލޭން ފަޅު ތެރޭ އޮންނަތާ ގަޑިއިރަކަށް ވުރެ ގިނަ އިރު ވީ ފަހުން ހޮސްޕިޓަލުން ވަނީ ދެ ވަނަ ކުއްޖާ ވެސް ނިޔާވިކަން އާސަންދައަށް އަންގައިފަ އެވެ،" ބަޔާނުގައި ބުންޏެވެ.
މަރުވި އަންހެންމީހާގެ މައުލޫމާތު ލިސްޓް ހެދިއިރު ނުލިބޭ
ކުޑަހުވަދޫގައި ދުވަސްނުފުރާ ވިހޭ ދެ ކުދިން މަރުވެއްޖެ
އާސަންދަ ބަޖެޓް ހުސްވެ އިގްތިސާދީ ބުރައަކަށްވޭ: ނާޒިމް
"ފަރުވާއަށް ސަލާން ޖެހުން ނިމުމަކަށް ގެނެވޭނެ"
އާސަންދައިގެ ހޭދައިގެ 90 ޕަސެންޓު އައުޓްޕޭޝަންޓަށް
އެންމެ މުއްސަނދިންގެ އަތުން ވަކި އަދަދެއް އާސަންދައަށް
ހަކުރުބަލި، ލޭމައްޗަށް ދިއުމުގެ ބައްޔަށް ބޮޑު ހޭދައެއް
ފުލުހުން/ސިފައިންނަށް ކުރިއެކޭ އެއްގޮތަށް އާސަންދަލިބޭނެ
އަމިއްލަ އިންޝުއަރެންސުން ފުރަތަމަ ކެނޑުން މިއަހަރު
ބެންގަލޫރުގެ ދެ ހޮސްޕިޓަލަކަށް އާސަންދަ މެދުކަނޑާލައިފި