02 ޖޫން 2020
ކ. ގުޅީފަޅު ހިއްކުމުގައި ވިލިމާލޭ ފަރަށް ގެއްލުންވާ މައްސަލާގައި އެންވަޔަރްމެންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އާއި އެންވަޔަރްމަންޓް މިނިސްޓްރީ އާއި ޕްލޭނިން މިނިސްޓްރީގެ އިސްވެރިން މަޖިލީހުގެ ތިމާވެށްޓާ ބެހޭ ކޮމެޓީ އަށް ހާޒިރުކުރަން ނިންމައިފި އެވެ.
ކ. ގުޅީފަޅު ހިއްކުމުގައި ވިލިމާލޭ ފަރަށް ގެއްލުންވާ މައްސަލާގައި އެންވަޔަރްމެންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އާއި އެންވަޔަރްމަންޓް މިނިސްޓްރީ އާއި ޕްލޭނިން މިނިސްޓްރީގެ އިސްވެރިން މަޖިލީހުގެ ތިމާވެށްޓާ ބެހޭ ކޮމެޓީ އަށް ހާޒިރުކުރަން ނިންމައިފި އެވެ.
މާލޭގެ ވިޔަފާރި ބަނދަރު ގުޅީފަޅަށް ބަދަލު ކުރުމަށްޓަކައި ގުޅީފަޅު ހިއްކުމުގެ މަޝްރޫއު ކުރިއަށް ގެންދާ ގޮތުން ވިލިމާލޭ ފަރަށް ކިސަޑު ފެތުރި ފަރުތައް މަރުވެދާނެ ކަމުގެ ކަންބޮޑުވުން ތިމާވެށްޓާބެހޭ ފަރާތްތަކުން ދަނީ ފާޅު ކުރަމުންނެވެ. އެހެންވެ، މަޖިލީހުގެ ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް އޮތީ މަޖިލީހަށް އެ މައްސަލަ ހުށަހަޅުއްވައިފަ އެވެ.
މަޖިލީހުގެ އިދާރާ އިން ނެރުނު ބަޔާނެއްގައި ވަނީ މަޖިލީހުގެ އެންވަޔަރްމެންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމެޓީން އެ މައްސަލަ ބަލަން ނިންމީ އެ ކޮމެޓީގެ އިސް ނެގުމުގެ މަތިން ކަމަށާއި އެ މައްސަލައިގައި އިއްޔެ ބޭއްވި ކޮމެޓީގެ ބައްދަލުވުމުގައި ކަމާބެހޭ ފަރާތްތައް އެ ކޮމެޓީއަށް ހާޒިރުކުރަން ނިންމާފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ. އެގޮތުން އީޕީއޭ އާއި އެންވަޔަރްމަންޓް މިނިސްޓްރީ އާއި ޕްލޭނިިން މިނިސްޓްރީގެ އިސްވެރިންގެ އިތުރުން އެ މަޝްރޫއުގެ އެންވަޔަރްމެންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ކޮންސަލްޓެންޓް އަންނަ ހޮނިހިރު ދުވަހު އެ ކޮމެޓީއަށް ހާޒިރު ކުރަން ނިންމާފައިވާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
އެ މައްސަލައިގައި ކަމާބެހޭ ފަރާތްތައް މަޖިލީހުގެ ކޮމެޓީއަށް ހާޒިރު ކުރާއިރު، އީޕީއޭ އިން ކުރިން ބުނެފައިވަނީ އެ މަޝްރޫއުގެ ސަބަބުން ވިލިމާލޭ ފަރަށް މިހާތަނަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށެވެ. އަދި އެކަންކަން ބަލައި، މޮނީޓާ ކުރަމުންދާ ކަމަށް ވެސް އީޕީއޭ އިން ކުރިން ބުނެފައިވެ އެވެ.
ކަނޑަށް ކުނި އެޅުން ކުއްލިއަކަށް ނުހުއްޓޭނެ: މަޓީ
މަޑަވެލި-ހޯޑެއްދޫ ކޯޒްވޭގެ ބަަދަލު ހޯދަން އެދެވިދާނެ
ގުޅިފަޅުން 6،000 ފްލެޓަށް ބިން ޚާއްސަކުރަން އެދެފި
ގުޅިފަޅު ހިއްކުން ހުއްޓުވަން ޖެހޭ ވަރެއް ނޫން: އީޕީއޭ
"ނައީމަށް އިންޒާރު ދިނީ ޕީއެސް، ނުފޫޒެއް ނުފޯރުވަން"
ހިއްކުމުން ގުޅީފަޅާއި ދިރުންތަކަށް ގެއްލުންތަކެއް ލިބޭނެ
ރަށްގިރުމާ ބަނދަރުތައް ހުރި ގޮތާ ގުޅުމެއްވޭ: އަސްލަމް
ޖޫރިމަނާގެ ފައިސާ ނުދައްކާ ބޯޓުތައް ފުރައިގެންދަނީ
އީޕީއޭއަށް އޮތީ މުޅިން ވެސް ހަނގުރާމަ" ކުރުން!
"ޖޫރިމަނާއެއް ނުލިބޭ، އީޕީއޭ އިންތިހާއަށް ފަރުވާކުޑަ"