Roadha Mihaaru
މަޑަވެލި-ހޯޑެއްދޫ ކޯޒްވޭގެ ބަަދަލު ހޯދަން އެދެވިދާނެ

މަޑަވެލި-ހޯޑެއްދޫ ކޯޒްވޭ ޕްރޮޖެކްޓުގެ ގެއްލުމުގެ ބަދަލު ހޯދަން މަސައްކަތް ކުރެވިދާނެ ކަމަށް ފާސްކޮށްފި

21 ޖުލައި 2020

ގދ. މަޑަވެއްޔާއި ހޯޑެއްދޫ ގުޅަައިލުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުުން ހިންގި ޕްރޮޖެކްޓަށް ބޮޑު ޚަރަދެއް ކޮށްފައި ވަނިކޮށް، އެ ދެ ރަށުގެ ތިމާވެއްޓަށް އޭގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ވެ، ކޯޒްވޭ ވެސް ބޭނުން ނުކުރެވޭތީ އެކަމުގައި އިހުމާލުވި ފަރާތްތަކުގެ އަތުން ބަދަލު ހޯދުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ގދ. މަޑަވެއްޔާއި ހޯޑެއްދޫ ގުޅަައިލުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުުން ހިންގި ޕްރޮޖެކްޓަށް ބޮޑު ޚަރަދެއް ކޮށްފައި ވަނިކޮށް، އެ ދެ ރަށުގެ ތިމާވެއްޓަށް އޭގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ވެ، ކޯޒްވޭ ވެސް ބޭނުން ނުކުރެވޭތީ އެކަމުގައި އިހުމާލުވި ފަރާތްތަކުގެ އަތުން ބަދަލު ހޯދުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

މަޑަވެލި-ހޯޑެއްދޫ ކޯޒްވޭ ހަލާކުވެ، އެ ދެ ރަށުގެ ތިމާވެއްޓަށް ބޮޑެތި ގެއްލުންތައް ލިބުނު މައްސަލަ ދިރާސާކޮށް، މަޖިލީހުގެ އެންވަޔަރްމެންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީން އެކުލަވައިލި ރިޕޯޓުގައި ބުނީ، އެ ޕްރޮޖެކްޓް ހިންގި ފަރާތުން ބޮޑެތި އިހުމާލުތައް ވެފައިވާ ކަމަށެވެ. އެހެންވެ، އެ ޕްރޮޖެކްޓްގެ ސަބަބުން ތިމާވެއްޓަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދަން އެންވަޔަރްމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އަށް މަސައްކަތް ކުރެވިދާނެ ކަަމަށް ކަމަށް ރިޕޯޓުގައި ކަނޑައަޅާފައިވެ އެވެ.

އަލުން ޑިޒައިން ކޮށްގެން މަޑަވެލި- ހޯޑެއްދޫ ކޯޒްވޭގެ މަސައްކަތް އަަވަސް ކުރަން ރިޕޯޓްގައި ސަރުކާރަށް ވަނީ ގޮވާލައިފަ އެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ ރިޕޯޓް ފާސްކުރީ 61 މެމްބަރުންގެ ވޯޓުންނެވެ.

ކޮމިޓީގެ ބައެއް ހޯދުންތައް:

- މަޝްރޫއު ކުރިއަށް ގެންގޮސްފައި ވަނީ އީޕީއޭގެ ރިކޮމެންޑޭޝަންތަކާ އެއްގޮަތަކަށް ނޫން.

- މަޝްރޫއުގެ ސަބަބުން ލިބޭ ގެއްލުންތަކާ ހެދި ދެ ރަށުގެ ރައްޔިތުންނަށް ބިރުވެރިކަމެއް ކުރިމަތި ވެފައިވޭ.

- މަޝްރޫއު ކުރިއަށް ގެންދިއުމުގައި ހައުސިން މިނިސްޓްރީން ބޮޑެތި އިހުމާލު ވެފައިވޭ.

ދައުލަތުގެ ބަޖެޓުން 29 މިލިއަން ރުފިޔާ ޚަރަދު ކޮށްގެން، 2016 ގައި ހަދަން ފެށި މި ކޯޒްވޭގެ ދިގުމިނުގައި 440 މީޓަރު، ފުޅާމިނުގައި ހަތް މީޓަރު ހުރެ އެވެ. މަޑަވެއްޔާއި ހޯޑެއްދޫ ގުޅައިލާފައި ވަނީ، އެ ދެމެދުގައި އޮންނަ ހާދޫ ކިޔާ ފަޅުރަށެއް ހިމަނައިގެން، އެ ރަށާ އެކު އެވެ. އެ ކޯޒްވޭގެ ސަބަބުން ދެ ރަށް ގިރާތީ ރައްޔިތުން ނުކުމެ އެއްފަހަރު ކޯޒްވޭ ކަނޑައިވެސް ލި އެވެ. މަޖިލީހުން މިއަދު ފާސްކުރި ރިޕޯޓްގައި ބުނެފައިވާ ގޮތުގައި ކޯޒްވޭ އަށް ފަހުން ކުރަން ޖެހުނު ހަރަދުތަކާ އެކު، އެ ޕްރޮޖެކްޓްގެ އަގު މިހާރު ވަނީ 31 މިލިޔަން ރުފިޔާ އަށް ވުރެ މަތިވެފަ އެވެ.