ކޮރޯނާވައިރަހާ ހެދި މުވައްޒަފުން ކުރަން ޖެހިފައިވާ ބުރަ މަސައްކަތަކާއި އެ މީހުން ކުންފުންޏަށްޓަކައި ކުރަމުން އަންނަ މަސައްކަތުގެ އަގުވަޒަން ކުރުމުގެ ގޮތުން އޮސްޓްރޭލިއާގެ އެންމެ ބޮޑު ސުޕަމާކެޓް ޗެއިން ވޫލްވޯތުސް ގްރޫޕުން އެތަނުގެ މުވައްޒަފުންނަށް ކުންފުނީގެ ހިއްސާ ހިލޭ ދޭން ނިންމައިފި އެވެ.
03 ޖޫން 2020
ކޮރޯނާވައިރަހާ ހެދި މުވައްޒަފުން ކުރަން ޖެހިފައިވާ ބުރަ މަސައްކަތަކާއި އެ މީހުން ކުންފުންޏަށްޓަކައި ކުރަމުން އަންނަ މަސައްކަތުގެ އަގުވަޒަން ކުރުމުގެ ގޮތުން އޮސްޓްރޭލިއާގެ އެންމެ ބޮޑު ސުޕަމާކެޓް ޗެއިން ވޫލްވޯތުސް ގްރޫޕުން އެތަނުގެ މުވައްޒަފުންނަށް ކުންފުނީގެ ހިއްސާ ހިލޭ ދޭން ނިންމައިފި އެވެ.
މިކަން އަންގާރަ ދުވަހު އިއުލާންކުރަމުން ވޫލްވޯތުސް އިން އިން ބުނީ އެ އެތަނުގައި މަސައްކަތްކުރާ 100،000 މުވައްޒަފުންގެ ތެރެއިން ފުލްޓައިމްކޮށް މަސައްކަތްކުރާ ކޮންމެ މުވައްޒަފަކަށް ކުންފުނީގެ 510 ޑޮލަރުގެ ހިއްސާ ދޭން ނިންމާފައިވާ ކަމަށެވެ. މިގޮތަށް ކުންފުނީގެ ހިއްސާ މުވައްޒަފުންނަށް ދޫކޮށްލަނީ ބޭނުން ނަމަ ހިއްސާ ވިއްކައި ވެސް ލެވޭ ގޮތަށެވެ.
އަދި ޕާޓް-ޓައިމްކޮށް ވަޒީފާ އަދާކުރާ މުވައްފުންނަށް ހިއްސާ ދޭން ނިންމީ ޕްރޯ-ރާޓާ ބޭސިސްގެ ދަށުންނެވެ.
މީގެ އިތުރުން ވަގުތީ ގޮތުން ވަޒީފާއަދާކުރާ މުވައްޒަފުންނަށް ފައިސާގެ ބޯނަސް ނުވަތަ ވިޔަފާރީން ހާއްސަ ޑިސްކައުންޓްތަކެއް ދޭން ވަނީ ނިންމައިފަ އެވެ.
ވޫލްވޯތުސް އިން މިފަދަ ނިންމުންތަކެއް ނިންމާފައި ވަނީ މި ދަނޑިވަޅުގައި އެކަށީގެންވާ މުސާރައެއް ނުދީ މުވައްޒަފުން ލައްވައި ވަރަށް ބުރަކޮށް މަސައްކަތްކުރުވާ ކަމަށް ބުނެ ކުންފުންޏަަށް ފާޑުކިޔުންތަކެއް ވެސް އަމާޒުވެފައި ވަނިކޮށެވެ.
މައިގަނޑު ގޮތެއްގައި އާންމު ދިރިއުޅުމަށް ބޭނުންވާ ސާމާނު ވިއްކާ ވޫލްވޯތުސް އަކީ މީގެ 95 އަހަރު ކުރިން 1924 ގައި ވުޖޫދަށް އައި ވިޔަފާރިއެކެވެ. އެ ކުންފުނީގެ އައުޓްލެޓްތަކުގެ އަދަދު 1024 އަށް އަރާ އިރު، މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި 39.568 ބިލިއަން އޮސްޓްރޭލިއާ ޑޮލަރު ލިބިފައިވެ އެވެ.
ނުރަސްމީ ވަގުތު ޖަވާބު ނުދިނުމުގެ ހައްގު ދީފި
ކައިވެނިކުރެވުނީ ބައްދަލުނުވާތާ 20 މަސް ފަހުން
މައިކްރޮސޮފްޓުގެ މުވައްޒަފުންގެ ބޯނަސް: 1500 ޑޮލަރު
އޭސީޕީ އައްޔަންކުރުން ހުއްޓުވި އަމުރު ބާތިލެއް ނުކުރި
މޫނުބުރުގާ އަޅައިގެން ވަޒީފާއަށް ދެވޭގޮތަށް ބަދަލުކޮށްފި
ހިދުމަތުގެ މުއްދަތާ ގުޅޭ ބަދަލު ބާތިލްކޮށް،މަޝްވަރާއަށް
ސިވިލް ސާވިސްގެ ހިދުމަތުގެ މުއްދަތު ގުނާގޮތަށް ބަދަލެއް
އީސީގެ ވޯކް-އިން އިންޓަވިއުއަށް ގިނަ ބަޔަކު ހިނގައްޖެ
ކައުންސިލް އިންތިހާބަށް 260 މުވައްޒަފުން ހޯދަނީ
ވަޒީފާގެ އެއްބަސްވުމުގައި ނެތަސް، ގާނޫނީ ހަރަދު ލިބޭނެ