އޮސްޓްރޭލިއާގައި ވެރިން އެ މީހުންގެ މުވައްޒަފުންނަށް ނުރަސްމީ ވަގުތުތަކުގައި ކުރާ، ކޮންމެހެން ކުރަންނުޖެހޭ ކޯލްތަކަށް ޖަވާބު ނުދިނުމުގެ ހައްގު ލިބޭ ގޮތަށް ގާނޫނަށް ގެނައި ބަދަލަށް މިއަދު އަމަލުކުރަން ފަށައިފި އެވެ.
އޮސްޓްރޭލިއާގައި ވެރިން އެ މީހުންގެ މުވައްޒަފުންނަށް ނުރަސްމީ ވަގުތުތަކުގައި ކުރާ، ކޮންމެހެން ކުރަންނުޖެހޭ ކޯލްތަކަށް ޖަވާބު ނުދިނުމުގެ ހައްގު ލިބޭ ގޮތަށް ގާނޫނަށް ގެނައި ބަދަލަށް މިއަދު އަމަލުކުރަން ފަށައިފި އެވެ.
އިންޑަސްޓްރިއަލް ރިލޭޝަންސް ގާނޫނުގައި "ރައިޓް ޓު ޑިސްކަނެކްޓް" ހިމެނީ މުވައްޒަފުންނަށް އެ މީހުންގެ މަސައްކަތާއި އަމިއްލަ ދިރިއުޅުމުގެ ކަންކަން ބެލެންސް ކުރުމަށް ފުރުސަތު ދިނުމުގެ މަގުސަދުގަ އެވެ.
މަސައްކަތުގެ ވަގުތު ނިމުމުން މުއާސަލާތީ ޑިވައިސްތައް ނިއްވާލައިގެން އުޅުމުގެ ހައްގު ފްރާންސް، ސްޕެއިން އަދި ޔޫރަޕިއަން ޔުނިއަންގެ ބައެއް ގައުމުތަކުގައި މިހާރުވެސް ލިބެ އެވެ.
އޮސްޓްރޭލިއާގައި ގެނައި މި ބަދަލަށް މަސައްކަތްތެރިންގެ ޔުނިއަންތަކުން ވަނީ މަރުހަބާ ކިޔައިފަ އެވެ.
"މިއީ ވަޒީފާ އަދާކުރާ މީހުންނަށް ތާރީހީ ދުވަހެއް،" އޮސްޓްރޭލިއަން ކައުންސިލް އޮފް ޓްރޭޑް ޔުނިއަންގެ ރައީސް މައިކަލް އޯނީލް ވިދާޅުވި އެވެ.
މިއީ އޭނާ ވިދާޅުވި ގޮތުގައި، މަސައްކަތަށް ފަހު އާއިލާއާ އެކު ހޭދަކުރާ ވަގުތު މަސައްކަތާ ގުޅުން ހުރި ފޯންކޯލްތަކާއި މެސެޖުތަކާއި އީމެއިލްތަކަށް ޖަވާބުދިނުމަށް އެތައް ވަގުތެއް ހޭދަވުމުގެ މައްސަލަ ހައްލުވެ އާއިލާއާ އެކު ކޮލިޓީ ވަގުތުތަކެއް ހޭދަކުރުމުގެ ވަގުތު ލިބޭނެ ބަދަލެކެވެ.
ބޮޑުވަޒީރު އެންތަނީ އަލްބަނީޒް ވެސް އޭނާގެ ސަރުކާރުން އިސްނަގައިގެން ގެނައި މި ބަދަލާ ގުޅޭ ގޮތުން ވަނީ ވާހަކަ ދައްކަވައިފަ އެވެ.
"ކަށަވަރުކުރަން ބޭނުންވާ ކަމަކީ، މީހުންނަށް މުސާރަ ދެނީ 24 ގަޑިއިރުގެ މަސައްކަތަށް ނޫން ކަމަށް ވާއިރު 24 ގަޑިއިރު މަސައްކަތް ނުކުރުވުން،" ގައުމީ ބްރޯޑްކާސްޓާ އޭބީސީ މެދުވެރިކޮށް ބޮޑުވަޒީރު ދެއްވި ބަޔާނުގައި ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މަސައްކަތުން ބޭރު ވަގުތު ވެސް އަބަދު މަސައްކަތުގެ ކަންކަމަށް ޖަވާބުދާރީވާން ޖެހުމަކީ މީހުންނާ ގުޅުން ކެނޑި ނަފްސާނީ މައްސަލަތަކަށް ވެސް ހުށަހެޅޭ ކަމެކެވެ. -- އޭއެފްޕީ
މުވައްޒަފުންގެ އަގު ވަޒަންކުރަން ހިއްސާ ހިލޭ ދެނީ
އޮސްޓްރޭލިއާއިން ގާޑިއަން ކްލާސް ޕެޓްރޯލް ބޯޓެއް ދެނީ
549 މީހަކު އިމިގްރޭޝަންގެ އިމްތިހާނު ހަދައިފި
ވޯކް-އިން އިންޓަވިއު ފާހަގަވީ އާންމުންގެ އުދާސްތައް!
މަޝްރޫއު ނުނިމި މުވައްޒަފުންނަށް އިތުރު 247 މިލިއަން
އިމިގްރޭޝަނަށް 50 އޮފިސަރުން ހޯދަން އިއުލާނުކޮށްފި
ދިރާގުން މުވައްޒަފުންގެ އަގު ވަޒަންކޮށްފި
އެމްއެންޔޫ އާއި ދެ ޔުނިވާސިޓީއަކާ އެކު އެއްބަސްވުމެއް
2.4 މިލިއަން ކުދިން ސަލާމަތްކޮށްދިން މީހާ މަރުވެއްޖެ
އިތުރުގަޑި ފައިސާ ނުދީ މަސައްކަތް ނުކުރުވަން ގޮވާލައިފި