30 މެއި 2020
ރައްޔިތުންގެ މަޖިލީހުން އެދުނު މައުލޫމާތު، ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އިން ނުދިނުމުން، މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮންނަ އެމްޑީޕީގެ މަޖިލިސް މެމްބަރުންނާއި މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އެ ކޮމިޝަނަށް ފާޑުވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުން އެދުނު މައުލޫމާތު، ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އިން ނުދިނުމުން، މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮންނަ އެމްޑީޕީގެ މަޖިލިސް މެމްބަރުންނާއި މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އެ ކޮމިޝަނަށް ފާޑުވިދާޅުވެއްޖެ އެވެ.
ކޮވިޑް-19 ފެތުރެން ފެށި ފަހުން، މިނިވަން މުއައްސަސާތަކުން މަސައްކަތްކޮށްފައިވާ ގޮތުގެ ރިޕޯޓް މަޖިލީހަށް ހުށަހަޅުއްވަމުން މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މުގައްރިރު، އައްޑޫ މީދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވީ އެ ކޮމެޓީން އެދުނު މައުލޫމާތު މިހާތަނަށް ވެސް އެންއައިސީ އިން ނުފޮނުވާ ކަމަށެވެ.
ރޮޒައިނާ އެގޮތަށް ވިދާޅުވުމުން ކަންބޮޑުވުން ފާޅުކުރައްވައި މަޖިލީހުގެ ރައީސް ނަޝީދު ވިދާޅުވީ އެ ކޮމިޝަންގެ އިތުބާރާ މެދު ސުވާލު އުފެދޭ ކަމަށެވެ.
"އެއީ ވަރަށް ދެރަކަމެއް. އެ ކޮމިޝަންގެ އިތުބާރާ ގުޅޭގޮތުން އަޅުގަނޑުމެންނަށް ސުވާލު އުފެދޭ ކަމެއް،" ނަޝީދު ވިދާޅުވި އެވެ.
އެ ރިޕޯޓަށް ބަހުސް ކުރައްވަމުން ހެންވޭރު ހުޅަނގު ދާއިރާގެ އެމްޑީޕީގެ މެމްބަރު ހަސަން ލަތީފް ވިދާޅުވީ އެންއައިސީން މަޖިލީހަށް މައުލޫމާތު ނުދިން ނަމަވެސް އެކި ގޮތްގޮތުން އެ މައުލޫމާތު ހޯއްދަވާފައިވާ ކަމަށެވެ. އެ ކޮމިޝަންގެ މަސްއޫލިއްޔަތުގެ ތެރޭގައި މައްސަލަތައް ތަހުގީގުކޮށް ދައުވާ ކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވުން ހިމެނޭއިރު އެކަންކަން ރަނގަޅަށް ކުރާތަން ނުފެންނަ ކަމަށް ހަސަން ލަތީފް ވިދާޅުވި އެވެ.
ޕޮލިސް އިންޓެގްރިޓީ ކޮމިޝަންގެ ނަމުގައި 2008 ވަނަ އަހަރު އުފެއްދި އެ ކޮމިޝަން 2016 ވަނަ އަހަރު ނެޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ނަމަށް ބަދަލު ކޮށްފައިވާއިރު ތަހުގީގުކޮށް ޕީޖީ އަށް ފޮނުވާފައިވަނީ މަދު މައްސަލަތަކެއް ކަމަށް ހަސަން ލަތީފް ވިދާޅުވި އެވެ.
"މިއީ އެތައް މައްސަލައެއް ބަލަން ގާނޫނީ ގޮތުން ހަވާލުވެފައި އޮންނަ މުއައްސަސާއެއް... އިއްޒަތްތެރި ރައީސް. ހަމަގައިމު ވެސް އަޅުގަނޑުގެ އިތުބާރެއް އެ ކޮމިޝަންގެ މެމްބަރުންނަކަށް ނެތް،" ހަސަން ލަތީފް ވިދާޅުވި އެވެ.
ފުލުހުން ޒިންމާދާރު ކުރުމަށް ކުރާ މަސައްކަތްތަކަށް، މިނިވަން މުއައްސަސާތަކުން ޒިންމާ އަދާ ނުކުރާތީ ހުރަސް އެޅޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އިންޓަގްރިޓީ ކޮމިޝަންގެ އިތުރުން ހިއުމަން ރައިޓްސް ކޮމިޝަނުން ވެސް ޒިންމާ އަދާ ނުކުރާކަމަށް ގިނަ މެމްބަރުންނެއް ވަނީ ވިދާޅުވެފަ އެވެ. އެހެންވެ އެ ކޮމިޝަންތަކުގެ މެމްބަރުން ވަކިކުރަން ޖެހޭ ކަމަށް ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާ އާއި އެމްޑީޕީގެ ބައެއް މެމްބަރުން ވަނީ ވިދާޅުވެފަ އެވެ.
ކޮމެޓީގެ ރިޕޯޓް ހުށަހަޅުއްވަމުން ރޮޒައިނާ ވިދާޅުވީ ގިނަ މުއައްސަސާތަކުން މިހާލަތުގައި ވެސް މަސައްކަތް ކުރައްވަމުން ގެންދަވަނީ ރަނގަޅަށް ކަމަށެވެ. ހާއްސަކޮށް، މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން މަސައްކަތްތައް ވަރަށް ރަނގަޅަށް ތަރުތީބުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެންއައިސީގައި ފަސް މެމްބަރުން ތިއްބަވާއިރު އޭގެ ތެރެއިން ހަތަރު މެމްބަރުން އައްޔަން ކުރައްވާފައި ވަނީ ރައީސް އަބްދުﷲ ޔާމީންގެ ދައުރުގަ އެވެ. އެއީ، ކޮމިޝަންގެ ރައީސް އަހުމަދު ސުލައިމާނާއި ނައިބު ރައީސް ހައްސާން ހަމީދާއި މެމްބަރު ހަދީޖާ އަބްދުﷲ އަދި އަހުމަދު އަމީނެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ އެކޮމިޝަންގެ މެމްބަރު ކަމަށް ކާނަލް ރިޓަޔާޑް އަހުމަދު ޖިހާދު، މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އައްޔަންކުރައްވައިފަ އެވެ.
"ފިލައިގެން އުޅުމަކުން އިތުބާރު އޮތް ކަމަކަށް ނުވާނެ"
ނަޝީދާއި އީވާ މަޖިލިސް ހައިޖެކް ކޮށްފި: ރޮޒެއިނާ
ސޮއި ވެސް ހަމައެއް ނުވާނެ،ހުށަހެއް ވެސް ނޭޅޭނެ:އާޒިމް
ރޮޒެއިނާ ތަޅުމުން ނުނިކުތް، ނަޝީދު ބެލީ ނެތް ކަމަށް!
އިންތިއާ ދެކޮޅަށް ރޮޒައިނާ ޕޮލިހަށް މައްސަލައެއް
ނަޝީދަކީ އެންމެ ހުދުމުހުތާރު ރައީސް: ރޮޒައިނާ
ހިޔާނާތާ ގުޅޭ މީހުންގެ މައުލޫމާތު މަޖިލީހަށް ދީފި
ޕާމަނެންޓް ސެކްރެޓަރީންނާ ގުޅޭ އިސްލާހާ ނަޝީދު ދެކޮޅު
މިނިސްޓަރުގެ ބަހަށް ޕީއެސް ވަކިކުރުމާ މެދު ކަންބޮޑުވުން
މެމްބަރުންގެ ކުދިން ބަލަހައްޓަން ހާއްސަ ކޮޓަރިއެއް