ލަންޑަން (މެއި 30) - އިނގިރޭސި ޕްރިމިއާ ލީގު އަލުން ފަަށަން އަންނަ މަހަށް ތާވަލުކޮށްފައިވާއިރު، ސަލާމަތީ ކަންތައްތަކަށް ބެލުމަށް ފަހު ފަސް މެޗެއް ނިއުޓްރަލް ދަނޑެއްގައި ކުޅެން އިނގިރޭސި ފުލުހުން ޕްރިމިއާ ލީގުގެ ބޯޑަށް ލަފާދީފި އެވެ.
ލަންޑަން (މެއި 30) - އިނގިރޭސި ޕްރިމިއާ ލީގު އަލުން ފަަށަން އަންނަ މަހަށް ތާވަލުކޮށްފައިވާއިރު، ސަލާމަތީ ކަންތައްތަކަށް ބެލުމަށް ފަހު ފަސް މެޗެއް ނިއުޓްރަލް ދަނޑެއްގައި ކުޅެން އިނގިރޭސި ފުލުހުން ޕްރިމިއާ ލީގުގެ ބޯޑަށް ލަފާދީފި އެވެ.
ކޮވިޑް-19ގެ މެދުކެނޑުމަށް ފަހު އަލުން ޕްރިމިއާ ލީގު ފަށަން ނިންމާފައިވަނީ އަންނަ މަހު 17 ގަ އެވެ. ގިނަ މަޝްވަރާތަކެއް ކުރެވެމުން އަންނައިރު، ޕްރިމިއާ ލީގުގެ ބޯޑާ އެކު ފުލުހުން ވެސް އަންނަނީ ބައިވެރިވަމުންނެވެ. އެ ގޮތުން ސަޕޯޓަރުން ދަނޑަށް ނުވައްދައި ކުޅުނު ނަމަވެސް ދަނޑު ބޭރުގައި ސަޕޯޓަރުން އެއްވެ، ސޯޝަލް ޑިސްޓެންސިން އުސޫލުތަކާ ހިލާފުވާ ގިނަ ކަންތައްތަކެއް ހިނގައިފާނެ ކަމަށް ފުލުހުންނަށް ފެންނަ ފަސް މެޗެއް ނިއުޓްރަލް ދަނޑެއްގައި ކުޅެން ވަނީ ލަފާދީފަ އެވެ.
އެ ފަސް މެޗަކީ އެވަޓަން އާއި ލިވަޕޫލް ކުޅޭ މެޗާއި މެންޗެސްޓާ ސިޓީ އާއި ލިވަޕޫލް ކުޅޭ މެޗާއި މެންޗެސްޓާ ސިޓީ އާއި ނިއުކާސަލް ކުޅޭ މެޗާއި މެންޗެސްޓާ ޔުނައިޓެޑާއި ޝެފީލްޑް ޔުނައިޓެޑް ކުޅޭ މެޗުގެ އިތުރުން ނިއުކާސަލް އާއި ލިވަޕޫލް ބައްދަލުކުރާ މެޗެވެ.
ލީގުގެ އެއް ވަނައިގައި ލިވަޕޫލް 25 ޕޮއިންޓުގެ ލީޑަކާ އެކު އޮތްއިރު، 30 އަހަރަށް ފަހު ފުރަތަމަ ފަހަރަށް ލީގުގެ ތަށި އުފުލާލަން އެ ޓީމަށް ބޭނުންވަނީ ދެ މޮޅެވެ. އެކަމަކު ލީގު ފުރަތަމަ ފަށާއިރު ސިޓީ އަތުން އާސެނަލް މޮޅުވެ، ލިވަޕޫލް ކުޅޭ މެޗުން އެ ޓީމު އެވަޓަން ބަލިކޮށްފިނަމަ ލީގު ޗެމްޕިއަން ޔަގީންވާނެ އެވެ.
ފުލުހުންގެ މި ހުށަހެޅުމާ އެއްގޮތަށް އަމަލުކުރާނެތޯ ކަނޑައަޅާނީ ކުރިއަށް އޮތް ހަފްތާތެރޭގައި ލީގުގެ ބޯޑުން ކްލަބްތަކާ އެކު ބާއްވާ ބައްދަލުވުމުގަ އެވެ. ގިނަ ކްލަބްތަކުން އަންނަނީ މިހާރު ވެސް ނުރަސްމީ ގޮތަކަށް މި ހުށަހެޅުމަށް ތާއީދުނުކުރާނެ ކަމަށް ބުނަމުންނެވެ.
ފުލުހުން މެޗުތައް ނިއުޓްރަލް ދަނޑަކަށް ބަދަލުކުރަން ހުށަހެޅިއިރު އެންމެ ގިނައީ ލިވަޕޫލްގެ މެޗުތަކެވެ. ދާދި ފަހުން ބީން ސްޕޯޓްސް އަށް ދިން އިންޓަވިއުއެއްގައި ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ވަނީ ލިވަޕޫލް ސަޕޯޓަރުންނާ ބެހޭގޮތުން ވާހަކަ ދައްކައިފަ އެވެ.
"މީގެ ދުވަސްކޮޅެއް ކުރިން އަހަންނަށް އަޑު އިވުނު ވަރަށް ރަނގަޅު ވާހަކައެއް އެއީ ލިވަޕޫލްގެ ސަޕޯޓަރުން ގޭގައި ތިބީ ވެސް ވަރަށް ބަސް އަހައިގެނޭ. އަހަރެން ބޭނުންވަނީ އަދިވެސް އެ ގޮތުގައި ތިބެ މި ޓީމަށް ސަޕޯޓްކުރަން،" ކްލޮޕް ބުންޏެވެ.
ސަޕޯޓަރުން ނެތި ހުސް ދަނޑެއްގައި ތަށި އުފުލާލަން ޖެހުނު ނަމަވެސް އެއީ މި ހާލަތުގައި އޭނާ އަށް މާ ބޮޑު މާޔޫސްކަމަކަށް ނުވާނެކަމަށް ކްލޮޕް ބުންޏެވެ. ސަބަބަކީ އެ ކާމިޔާބީ ހޯދަން ކުރެވުނު ބުރަ މަސައްކަތާއި ކުޅުންތެރިން ދެއްކި އާދަޔާހިލާފު ހިތްވަރު ފެނުމުންކަން ކްލޮޕް ފާހަގަކުރި އެވެ.
ކޮވިޑް-19ގެ ވެކްސިނެއް ނުލިބެނިސް ސަޕޯޓަރުން ދަނޑަށް ވައްދައިގެން ކުޅެވެން ނެތް ކަމަށް ގިނަ ގައުމުތަކުގެ ފުޓްބޯޅަ އެސޯސިއޭޝަނުން ވަނީ ބުނެފަ އެވެ. ޕްރިމިއާ ލީގުގެ ޗީފް އެގްޒެކްޓިވް ރިޗަޑް މާސްޓާސް ވިދާޅުވީ އަންނަ ސީޒަނުގައި ފިޔަވަހި ތަކަކަށް ބަހާލައިގެން ނަމަވެސް ސަޕޯޓަރުން ވެއްދޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށެވެ.
ޓްރެންޓުގެ ހާއްސަ ގޯލުން ލިވަޕޫލް ތައްޓާ ކައިރިއަށް
ވެން ޑައިކް ލިވަޕޫލް މޮޅުކޮށްދީފި
ލިވަޕޫލުން ހެދި ގޯސްތަކާ މެދު ސްލޮޓް ހިތްހަމަނުޖެހިފައި
ލިވަޕޫލަށް 16 ޕޮއިންޓުގެ ލީޑެއް
ލިވަޕޫލުގެ ފޭނުން ކިޔާ ލަވަ ސްލޮޓަށް ގަބޫލެއް ނުކުރެވޭ
ލިވަޕޫލަށް ތިން ޕޮއިންޓް، އާސެނަލަށް މާޔޫސްކަން
މެޑްރިޑާ ގުޅޭ ވާހަކަތަކުން ޓްރެންޓަށް އަސަރެއް ނުކުރޭ
ލިވަޕޫލް އަތުން ޕޮއިންޓެއް ލިބުނަސް އަމޯރިމް ދެރަވެފައި
ޔުނައިޓެޑް ކުޅުންތެރިން ނަފްސާނީ އުނދަގޫ ކުރިމަތިވެފައި
ސިޓީއަށް ލިބުނީ ލުޔެއް، އެކަމަކު ލިވަޕޫލް ދޫނުދިން