18 އޮކްޓޯބަރ 2016
ދަރިފުޅު ކޮންމެވެސް ކަމަކަށް އެދި ގޮވަނިކޮށް ނުވަތަ ރޮނިކޮށް ފޯނު ރިންގުވެއްޖެ ނަމަ އެންމެ ފުރަތަމަ އިޖާބަ ދޭނީ ކޮން ކަމަކަށް ހެއްޔެވެ؟ ދަރިފުޅަށް ކަމަށް ބުނުމަކީ އެންމެ ފަސޭހައިން ސަލާމަތް ވެވެން އޮތް ޖަވާބަށް ވިޔަސް ގިނަ މީހުން ކަންކުރަނީ އެހެންނެއް ނޫނެވެ.
ދަރިފުޅު ކޮންމެވެސް ކަމަކަށް އެދި ގޮވަނިކޮށް ނުވަތަ ރޮނިކޮށް ފޯނު ރިންގުވެއްޖެ ނަމަ އެންމެ ފުރަތަމަ އިޖާބަ ދޭނީ ކޮން ކަމަކަށް ހެއްޔެވެ؟ ދަރިފުޅަށް ކަމަށް ބުނުމަކީ އެންމެ ފަސޭހައިން ސަލާމަތް ވެވެން އޮތް ޖަވާބަށް ވިޔަސް ގިނަ މީހުން ކަންކުރަނީ އެހެންނެއް ނޫނެވެ.
ސްމާޓްފޯނާއި ޓެބްލެޓް ފަދަ އާލާތްތައް ދިރިއުޅުމުގެ ހުރިހާ ކަމަކަށް ގުޅިގެން ދާއިރު އެކަމުގެ ސަބަބުން އާއިލީ ގުޅުންތަކަށް ކުރާ އަސަރާ ބެހޭ ދިރާސާތައް އެކި ފެންވަރުގައި ކުރަމުން އަންނައިރު މިފަހަރުގެ ދިރާސާގައި ވެސް ފެންނަނީ މޯބައިލް ޑިވައިސްތަކަކީ ދަރިން ބެލުމުގައި އިހުމާލުވުމަށް މަގު ފަހިކުރުވާ އަދި އާއިލީ އެއްވުންތަކުގެ ބޭނުން ކަނޑުވާލާ އެއްޗެއްގެ ގޮތުގަ އެވެ.
ދަރިން އަދި އާއިލާއާ އެކު އުޅޭއިރު ޑިވައިސްތަކަށް އަންނަ ކޯލްތަކާއި އެލާޓްތައް، އާއިލާ އެންމެން އެކުގައި ކާން ތިބޭ ވަގުތު ޚަރާބުކޮށްލާ ކަމަށް ޔުނިވަސިޓީ އޮފް މިޝިގަން މެޑިކަލް ސްކޫލްގެ މި ކުޑަ ދިރާސާއިން ދައްކަ އެވެ. އެ ޔުނިވަސިޓީގެ އެސިސްޓެންޓް ޕްރޮފެސާ އޮފް ޑިވެލޮޕްމެންޓަލް ބިހޭވިއަރަލް ޕީޑިއެޓްރިކްސް ޑރ. ޖެނީ ރެޑެސްކީ ވިދާޅުވެފައި ވަނީ ކުދިން ނިދާ ވަގުތާއި ކުޅެން އުޅޭ ވަގުތު ވެސް ބެލެނިވެރިންގެ ފަރާތުން ލިބެންޖެހޭ ސަމާލުކަން ފޯނުގެ ސަބަބުން ގެއްލޭ ކަމަށެވެ.
"ޓެކްނޮލޮޖީއާ އެކު ދިރިއުޅުމުގެ ކަންކަމަށް އައިސްފައިވާ މި ބަދަލާ އެކު އާއިލީ ގުޅުންތައް ބެލެންސް ކުރުމަކީ މިހާރު ވަރަށް ބޮޑަށް އުނދަގޫވެފައިވާ ކަމެއްގެ ގޮތުގައި މި ދިރާސާގައި ބައިވެރިވި ބެލެނިވެރިން ވަނީ ބުނެފައި،" 36 ބެލެނިވެރިއެއް ބައިވެރިކޮށްގެން ކުރި ދިރާސާއަށް ފަހު ބުނެފައިވެ އެވެ.
ދިރާސާގައި ބުނި ގޮތުގައި ފޯނަށް ޖަވާބު ދިނުމަކީ ވަރަށް ބޮޑަށް ސަމާލުކަން ދީގެން ކުރަންޖެހޭ ކަމަކަށް ވާއިރު ދަރިންގެ ފަރާތުން އެދޭ ކަންކަމަށް ވެސް އެހާ ބޮޑަށް ސަމާލުކަން ދޭންޖެހޭ ކަމަށެވެ. މިހާ ބޮޑަށް ސަމާލުކަން ދޭންޖެހޭ ދެ ކަންތައް އެއްފަހަރާ ކުރަން ޖެހުމުން ސްޓްރެސްއާ ވެސް ކުރިމަތިވާކަން ދިރާސާގައި ފާހަގަކޮށްފައިވެ އެވެ.
މި ދިރާސާގެ ރިޕޯޓް ޖާނަލް އޮފް ޑިވެލޮޕްމެންޓަލް އެންޑް ބިހޭވިއަރަލް ޕީޑިއޭޓްރިކްސްގެ މި މަހުގެ 12 ވަނަ ދުވަހުގެ އަދަދުގައި ވަނީ ޝާއިއުކޮށްފަ އެވެ.
ކުޑަކުދިން ރުއްސަން ސްމާޓް ފޯނު ކުޅެން ނުދީ
ބެލެނިވެރިން ފޯނަށް މޮޔަވެ ދަރިން ނުރައްކަލަށް ހުށަހެޅިއްޖެ
ވާވޭގެ އާ ފޯނު ދައްކާލައިފި، އަގަކީ 2،800 ޑޮލަރު
ސެމްސަންގުގެ އާ ފޯނުގައި ކޯލްތައް ތަރުޖަމާކުރަން އޭއައި
ޗައިނާގެ އާ ސްމާޓް ފޯނުގެ ހަގީގަތް އެމެރިކާ ހޯދަނީ
ނެދަލޭންޑްގެ ސްކޫލްތަކުގައި މޮބައިލް ފޯނު މަނާކުރަނީ
ސެމްސަންގް އެސް21 ސީރީޒްގެ އާ ފޯނެއް
ބްލެކްބެރީ ފޯނު މި މަހު "މަރުވާނެ"
އޮޕޯގެ ފަތްޖެހޭ ފޯނު ދައްކާލައިފި
އޮޕޯގެ ފޯނެއްގައި ކެމެރާއެއް ތަފާތު ގޮތަކަށް