24 މެއި 2020
ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ސިއްހީ ދާއިރާ އަށް ބޭނުންވާ ތަކެތި ތައިލެންޑުގެ އެކި ފަރާތްތަކުގެ އެހީތެރިކަމާ އެކު ހޯދުމަށް ބުރަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި އިތުރު ވެންޓިލޭޓަރުތަކެއް ވެސް ވަރަށް އަވަހަށް ލިބޭނެ ކަމަށް އެ ގައުމުގައި ހުންނަ ރާއްޖޭގެ އެމްބަސީން މިއަދު ބުނެފި އެވެ.
ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ސިއްހީ ދާއިރާ އަށް ބޭނުންވާ ތަކެތި ތައިލެންޑުގެ އެކި ފަރާތްތަކުގެ އެހީތެރިކަމާ އެކު ހޯދުމަށް ބުރަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި އިތުރު ވެންޓިލޭޓަރުތަކެއް ވެސް ވަރަށް އަވަހަށް ލިބޭނެ ކަމަށް އެ ގައުމުގައި ހުންނަ ރާއްޖޭގެ އެމްބަސީން މިއަދު ބުނެފި އެވެ.
ތައިލެންޑުގައި ހުންނަވާ ރާއްޖޭގެ ސަފީރު މުހައްމަދު ޖިނާހް، "މިހާރު" އަށް ވިދާޅުވީ ސިއްހީ ދާއިރާ އަށް ބޭނުންވާ ތަކެތީގެ ލިސްޓެއް ސަރުކާރުން ފޮނުވާފައިވާތީ، ތައިލެންޑުގެ އެކި ފަރާތްތަކުގެ ދީލަތި އެހީތެރިކަމާ އެކު، އެ ތަކެތި ހޯދުމުގެ ކަންކަން ވަރަށް ބާރަށް ކުރިއަށް ގެންދަވާ ކަމަށެވެ. އެގޮތުން، ތައިލެންޑުގެ ފޮރިން މިނިސްޓްރީ މެދުވެރިކޮށް، ލައިން މިނިސްޓްރީތަކާ ގުޅިގެން ކުރަމުން އަންނަ މަސައްކަތްތަކުގެ ނަތީޖާ މިހާރު ފެންނަން ފަށާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ފާހަގަކުރެއްވި އެއް އެހީއަކީ ރާއްޖޭގައި ވިޔަފާރިކުރާ ތައިލެންޑުގެ މައިނަ ކުންފުނިން، ކޮވިޑް-19 އަށް ޓެސްޓްކުރަން ބޭނުންކުރާ ޕީސީއާރު މެޝިނަކާއި ގިނަ އަދަދެއްގެ ހޭންޑް ސެނިޓައިޒާ ދިނުމެވެ. ޕީސީއާރު މެޝިން މިދިޔަ ހަފުތާގައި ރާއްޖެ ގެނެސްފައިވާއިރު، ހޭންޑް ސެނިޓައިޒާތައް އަންނަ މަހުގެ 24 ގައި ރާއްޖެ އަށް ފޯރާނެ ކަމަށް ސަފީރު ވިދާޅުވި އެވެ. ހޭންޑް ސެނިޓައިޒާތައް ރާއްޖެ ގެންނަނީ ކަނޑުމަގުންނެވެ.
އެ ތަކެތީގެ ފްރައިޓް ޑިއުޓީ ވެސް ރާއްޖޭގެ މަޝްހޫރު ކާގޯ ކުންފުނި ގޯލްޑް ކޮއިން އިން ކަނޑައިދީފައިވާ ކަމަށް ޖިނާހް ވިދާޅުވި އެވެ.
ޕީސީއާރު މެޝިނަކާއި ހޭންޑް ސެނިޓައިޒާތައް ރާއްޖެ އަށް ދިން މައިނާ ކުންފުނިން އަނަންތަރާ ބްރޭންޑްގެ ދަށުން ހަ ރިސޯޓާއި އެކި ރެސްޓޯރަންޓްތައް ރާއްޖޭގައި ހިންގަ އެވެ. އެ ކުންފުނިން ރާއްޖޭގައި ވިޔަފާރި ކުރާތާ 15 ވަރަކަށް އަހަރު ވެދާނެ އެވެ.
ޖިނާހް ވިދާޅުވި ގޮތުގައި، މައިނާ ކުންފުނީގެ އެހީތެރިކަން ރާއްޖެ އަށް ލިބުމަކީ ވެސް އެމްބަސީން އިސްވެ ކުރި މަސައްކަތުގެ ނަތީޖާ އެވެ.
"ރާއްޖެ އަކީ އެ ކުންފުނީގެ ޕާޓްނާއެއް ކަމަށް ބަލައިގެން އެ ކުންފުނި އަބަދުވެސް މަސައްކަތް ކުރަނީ. މި ދަނޑިވަޅުގައި ރާއްޖެ އިން ކުރަމުން އަންނަ މަސައްކަތަށް އެއްބާރުލާން ދެއްވި އެހީއެއް އެއީ،" އޭނާ ވިދާޅުވި އެވެ.
"ކުރިއަށް އޮތް ތަނުގައި ތައިލެންޑުގެ އެކި ފަރާތްތަކުގެ އިތުރު އެހީތައް ވެސް އިރާދަކުރެއްވިއްޔާ ލިބޭނެ. އެމްބަސީން މިދަނީ ތައިލެންޑުގެ ފޮރިން މިނިސްޓްރީ މެދުވެރިކޮށް، ޑޮނޭޝަން ހޯދުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރަމުން،" ސަފީރު
މައިނާ ކުންފުނީގެ އިތުރުން ތައިލެންޑުގެ ވިޔަފާރިވެރިއަކާއި ރާއްޖޭގެ ވިޔަފާރިވެރިއަކު ގުޅިގެން، ސިއްހީ އެހީތެރިންނަށް ބޭނުންވާ ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓްސް (ޕީޕީއީ) ވެސް މީގެ ކުރިން ވަނީ ރާއްޖެ އަށް ހަދިޔާކޮށްފަ އެވެ.
ސަފީރު ވިދާޅުވީ، އިތުރު ވެންޓިލޭޓަރުތަކެއް ވެސް ތައިލެންޑުގެ ހެޔޮއެދޭ ފަރާތްތަކުގެ އެހީތެރިކަމާ އެކު ހޯދުމަށް މަސައްކަތް ކުރައްވާ ކަމަަށެވެ. އެގޮތުން އިތުރު 10 ވަރަކަށް ވެންޓިލޭޓަރު އެ ގައުމުގެ އިންސްޓިޓިއުޝަނަކުން ރާއްޖެ އަށް ވަރަށް އަވަހަށް ހަދިޔާކުރާނެ ކަމުގެ ޔަގީންކަން މިހާރު ލިބިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެއީ ސަފީރު ވިދާޅުވި ގޮތުގައި، އައިސީޔޫގައި ބޭނުންކުރާ ޕޯޓެބްލް ވެންޓިލޭޓަރުތަކެކެވެ.
"މިއީ ތައިލެންޑުގެ ފޮރިން މިނިސްޓްރީ މެދުވެރިވެގެން، ތައިލެންޑުގެ އިންސްޓިޓިއުޝަނަކުން ރާއްޖެ އަށް ޑޮނޭޓް ކުރާ ވެންޓިލޭޓަރުތަކެއް. އިރާދަކުރެއްވިއްޔާ މި ވެންޓިލޭޓަރުތައް ވެސް ލިބޭނެ ކަމުގެ ޔަގީންކަން އަޅުގަނޑުމެންނަށް ވަނީ ލިބިފައި،" ޖިނާހް ވިދާޅުވި އެވެ
"ކުރިއަށް އޮތް ތަނުގައި ތައިލެންޑުގެ އެކި ފަރާތްތަކުގެ އިތުރު އެހީތައް ވެސް އިރާދަކުރެއްވިއްޔާ ލިބޭނެ. އެމްބަސީން މިދަނީ ތައިލެންޑުގެ ފޮރިން މިނިސްޓްރީ މެދުވެރިކޮށް، ޑޮނޭޝަން ހޯދުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރަމުން."
ތައިލެންޑަކީ ވިޔަފާރީގެ ގޮތުން ރާއްޖެއާ ވަރަށް ބޮޑަށް ގުޅިފައިވާ ގައުމެކެވެ. އެންމެ ކުރިއްސުރެ ފެށިގެން ރާއްޖެ އަށް އެންމެ ގިނައިން މުދާ އެތެރެކުރާ އެއް ގައުމަކީ ތައިލެންޑެެވެ. އެހެންވެ، އެއީ ރާއްޖޭގެ ގިނަ ވިޔަފާރިވެރިންތަކެއް އަބަދުވެސް ދަތުރުކުރާ ގައުމެކެވެ.
ތައިލެންޑުގެ މައިނަ ކުންފުނިން ޕީސީއާރް މެޝިނެއް ދީފި
ޔޫއޭއީ އާއި ތައިލެންޑުން އާސަންދަ ލިބުމާ ގާތަށް!
ތައިލެންޑާއި ޔޫއޭއީ އަށް ބޭހަށް ފޮނުވަން ތައްޔާރުވަނީ
ޔޫއޭއީ، ތައިލެންޑަށް އާސަންދަ ފުޅާކުރަން ތައްޔާރުވަނީ
ތައިލެންޑާ ހަމައަށް ވިޔަސް ޑޭޝް8 ގައި ގެންދާނެ:ރައީސް
އެމްއެފްޑީއޭއިން ޖީން ސީކުއެންސް ޓެސްޓު ހަދަން ފަށައިފި
ވެންޓިލޭޓަރުގައި އޮތް ކުއްޖާ ހާލު އަދިވެސް ސީރިއަސް
ހުޅުމާލެ ފެސިލިޓީ ރަނގަޅު ކުރަން މަޖިލީހަށް
ސިއްހީ ހިދުމަތްތެރިން ދޫދިނުމެއް ނެތް: މަބްރޫކް
ކޮވިޑް މަރު: ވަސިއްޔަތް އަހައި ޝަހާދަތްލައިދޭ ނަރުހުން