Roadha Mihaaru
ހުޅުމާލެ ފެސިލިޓީ ރަނގަޅު ކުރަން މަޖިލީހަށް

ހުޅުމާލެ ކޮވިޑް ފެސިލިޓީގައި މަރުވާ މީހުން ގިނަވާ މައްސަލަ މަޖިލީހަށް

26 މެއި 2021

ކޮވިޑް-19 ޖެހިގެން ފަހަކަށް އައިސް އެންމެ ގިނަ މީހުން މަރުވީ ހުޅުމާލޭ ކޮވިޑް މެނޭޖްމަންޓް ފެސިލިޓީގައި ކަމަށް ވާތީ، އެ ތަނުގައި ހުރީ ކޮންކޮން މައްސަލަތަކެއްތޯ ބަލައި އެ ކަންތައްތައް ހައްލުކުރަން ސަރުކާރަށް ގޮވާލައި، ރައްހޔިތުންގެ މަޖިލީހަށް މިއަދު މައްސަަލަައެއް ހުށަހަޅަައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ކޮވިޑް-19 ޖެހިގެން ފަހަކަށް އައިސް އެންމެ ގިނަ މީހުން މަރުވީ ހުޅުމާލޭ ކޮވިޑް މެނޭޖްމަންޓް ފެސިލިޓީގައި ކަމަށް ވާތީ، އެ ތަނުގައި ހުރީ ކޮންކޮން މައްސަލަތަކެއްތޯ ބަލައި އެ ކަންތައްތައް ހައްލުކުރަން ސަރުކާރަށް ގޮވާލައި، ރައްހޔިތުންގެ މަޖިލީހަށް މިއަދު މައްސަަލަައެއް ހުށަހަޅަައިފި އެވެ.

ނައިފަރު ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ޝިޔާމް ހުށަހެޅުއްވި އެ މައްސަލައިގައި އެދިވަޑައިގަތީ ހުޅުމާލެ ފެސިލީޓީގައި ހުރި މައްސަލަތައް ދެނެގެނެ ހައްލުކުރުމަށް ސަރުކާރަށް ގޮވައިލުމުގެ އިތުރުން މަޖިލީހުގެ ކަމާ ބެހޭ ކޮމިޓީން އެކަން ބެލުމަށެވެ.

މަޖިލީހަށް މިދިޔަ ހޯމަ ދުވަހު ހުށަހެޅުއްވި މައްސަލައިގައި، މިއަދުގެ ޖަލްސާގައި ޝިޔާމް ވިދާޅުވީ، މި މަސް ފެށުނު ފަހުން އެ ދުވަހާ ހަމައަށް ކޮވިޑްގައި މަރުވި 41 މީހުންގެ ތެރެއިން 27 މީހަކު މަރުވީ ހުޅުމާލޭ ފެސިލިޓީގައި ކަމަށެވެ. ނަމަވެސް އެ ފެސިލިޓީގައި މަަސައްކަތް ކުރާ ފްރޮންޓްލައިން މަސައްކަތްތެރިންގެ މަސަައްކަތް ޝުކުރުވެރިކަމާ އެކު ބަލައިގަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެ މައްސަލަ މަޖިލީހަށް ބަލައިގަތުމަށް ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 40 މެމްބަރުންގެ ތެރެއިން 35 މެމްބަރުންގެ ވޯޓުންނެވެ.

މައްސަލައިގެ ބަހުސްގައި ޝިޔާމް ވިދާޅުވިގޮތުގައި، ކޮވިޑަށް ފަރުވާ ދޭ ފެސިލިޓީތަކުގައި ވަސީލަތްތަކުގެ ދަތިކަން ކުރިމަތިވެފައި އޮތް އިރު، މި ބަލިމަޑުކަމުގެ ކަންކަމަށް ހަރަދުކުރަން ސަރުކާރަށް 700 މިލިއަން ޑޮލަރަށް ވުރެ ގިނަ ފައިސާ، ހިލޭ އެހީގެ ގޮތުގައި ވެސް ލިބިފައިވެ އެވެ. އޭނާ ހަވާލާދެއްވީ ރައީސް އޮފީހުގައި ރޭ ބޭއްވި މީޑިއާ ބްރީފިންގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އާއްމުކުރެއްވި ތަފާސްހިސާބުތަކަށެވެެ.

"ގާތްގަނޑަކަށް 400 މިލިއަނެއްހާ ޑޮލަރު މި ވަނީ ލޯނު އެހީގެ ގޮތުގައި އަދި މި ދެންނެވިހެން 772 މިލިޔަން ޑޮލަރު މިވަނީ ހިލޭ އެހީގެ ގޮތުގައި ލިބިފައި. މިއީ ގާތްގަނޑަކަށް 18 ބިލިޔަނެއްހާ ދިވެހި ރުފިޔާ. އޭގެ އިތުރުން މިދިޔަ އަހަރުގެ އާމްދަނީގެ ގޮތުގައި ވެސް އެބައޮތް 14 ބިލިޔަން ރުފިޔާ. އާއްމު ގޮތެއްގައި ދައުލަތަށް އާމްދަނީ ނުވައްދާ ވަރަށް 2020 ވަނަ އަހަރު މިއޮތީ އާމްދަނީ ވަދެފައި. ގާތްގަނޑކަަށް 32 ބިލިޔަން ރުފިޔާ، [ވަނީ ލިބިފައި،]،" ޝިޔާމް ވިދާޅުވި އެވެ.

އޭނާ ވިދާާޅުވީ އެ އަދަދަށް ފައިސާ ލިބުނު އިރު، ކޮވިޑް ފެސިލިޓީތަކުގައި ވަސީލަތްތައް ނެތިގެން، އެކަށީގެންވާ ފަރުވާ ނުދެވި ބަޔަކު ވަަކިވެވި ދިއުމަކީ ރައްޔިތުން އެކަމާ ސުވާލުކާ ކަމެއް ކަމަށެވެ. އެ ތަންތަނަށް ވަސީލަތް ފުރިހަމަ ކޮށްނުދެވެންވީ ކީއްވެތޯ ވެސް ރައްޔިތުން ސުވާލުކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.،

ކޮވިޑްގެ ބަލިމަޑުކަމުގެ ކަންތަކުގައި އޮތީ ހުރި ވަސީލަތްތައް މެނޭޖް ނުކުރެވުމުގެ މައްސަލަ ކަމަށް ވިދާޅުވެ އެކަން ހައްލުކުރަން މަސައްކަތްކުރަން ޝިޔާމް ގޮވައިލެއްވި އެވެ.

ރާއްޖޭގައި ކޮވިޑް ފެތުރުން ކޮންމެވެސް ވަރަކަށް މަޑުޖެހުމަށް ފަހު މިހާރު އަނެއްކާވެސް އެބަލި ފެތުރެމުން ދަނީ ވަރަށް ބާރަށެވެ. އެ ބަލީގެ އެކްޓިވް ކޭސްތަކުގެ އަދަދު މިހާރު ވަނީ 24،042 އަށް އަރައިފަ އެވެ. މަރުވި މީހުންގެ އަދަދަކީ 144 އެވެ. މިއީ ކޮވިޑް ބަލީގައި އެއް މަހެއްގައި އެންމެ ގިނަ މީހުން މަރުވި މަހެވެ. މި މަހުގެ މިހާތަނަށް އެކަނިވެސް ކޮވިޑް ބަލީގައި 70 މީހަކު މަރުވެއްޖެ އެވެ.