22 މެއި 2020
އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔަ އުމުރުން އެންމެ ދެ މަހުގެ ކުއްޖަކަށް އެ ހޮސްޕިޓަލުން ފަރުވާއެއް ނުލިބި މަރުވި ކަމަށް ފަތުރާ ވާހަކަތައް އެ ހޮސްޕިޓަލުން މިއަދު ދޮގުކޮށްފި އެވެ.
އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔަ އުމުރުން އެންމެ ދެ މަހުގެ ކުއްޖަކަށް އެ ހޮސްޕިޓަލުން ފަރުވާއެއް ނުލިބި މަރުވި ކަމަށް ފަތުރާ ވާހަކަތައް އެ ހޮސްޕިޓަލުން މިއަދު ދޮގުކޮށްފި އެވެ.
އާއިލާއާ ހަވާލާދީ ބައެެއް މީޑިއާތަކުން މިއަދު ބުނެފައި ވަނީ އެ ކުއްޖާ މަރުވީ އެ ކުއްޖާ ގޮވައިގެން ހޮސޕިޓަލަށް ގޮސް ހުރި ހުރި މަންމަގެ ކޮނޑުމަތީގައި އޮއްވަ އެވެ.
އެކަމަކު، ފަހުން އޭޑީކޭ އިން ނެރުނު ބަޔާނެއްގައި ބުނީ އެ ކުއްޖާ އިމަޖެންސީ ބަޔަށް ގެންދިއުމުން، އެ ތަނުގައި ތިބޭ ޑޮކްޓަރުންނާއި ސްޕެޝަލިސްޓުންގެ ލަފައާ އެކު ފަރުވާ ދީފައިވާ ކަމަށެވެ. ކުއްޖާގެ ބަލި ދެނެގަންނަން އަލްޓްރާސައުންޑާއި ސީޓީ ސްކޭނެއް ހެދި ކަމަށް ވެސް އޭޑީކޭ އިން ބުނެ އެވެ.
"...އަދި އެ ކުއްޖާގެ ހާލަތު ބަދަލުވުމާ ގުޅިގެން، ފުރާނަ ސަލާމަތްކުރުމަށްޓަކައި އިމަޖެންސީ ފިޒީޝަނަކާއި ކުޑަކުދިންގެ ހާއްސަ ޑޮކްޓަރުންނާއި އޮޕަރޭޝަަން ޑޮކްޓަރުންނާއި އަދި ހޭނައްތާ ޑޮކްޓަރުންގެ ޓީމަކުން ފަރުވާ ދެއްވި އެވެެ. އެހެން ނަމަވެސް ފުރާނަ ސަލާމަތް ކުރެވޭ ގޮތް ވަނީ ނުވެފަ އެވެ،" އޭޑީގެ ބަޔާނުގައި ވެ އެވެ.
އެ ކަން ހިނގި ގޮތުގެ ތަފްސީލް މައުލޫމާތު ކުއްޖާގެ އާއިލާ އަށް ދީފައި ވާނެ ކަމަށް ރާއްޖޭގެ ފުރަތަމަ އަމިއްލަ ހޮސްޕިޓަލްގެ ބަޔާނުގައި ބުންޏެވެ. އެ ކަހަލަ ކަންތައްތައް ބަލަން އޮންނަ އުސޫލުތަކުގެ ތެރެއިން އެކަން ބަލަން ފަށާފައިވާ ކަމަށް ވެސް އޭޑީކޭ އިން ބުންޏެވެ.
"..އަދި މި ދެންނެވި ރިވިއު ނިމުމުން އެ މައުލޫމާތު އާއިލާއާ ހިއްސާ ކުރާނެ ވާހަކަ ވެސް ދަންނަވަމެވެ،" ބަޔާނުގައި ވެ އެވެ.
ތިން ކުއްޖަކު މަރުވި މައްސަލަ މަޖިލީހަށް ހުށަހަޅައިފި
ފަރުވާ ލަސްވި ކަމަށް ފަހުން އެއްބަސްވި: އާއިލާ
އަލަތު ދަރިފުޅު އޭޑީކޭގައި މަރުވި މައްސަލަ ބަލަނީ
8 މަހުގެ ކުއްޖެއްގެ ހާލު ގޯސްވި މައްސަލަ ބަލަނީ
ސަދާގެ މަރު: "އިންޖެކްޝަން ޖެހުމާ އެކު ޚަބަރު ހުސް"
މިޝްކާގެ ވަކިވުން: ގެއްލުނީ ޖަވާހިރެއް!
އެމްބިއުލާންސްގެ އިންތިޒާރުގައި ތިއްބާ ހޭނެތި، މަރު!
ސަލްމާގެ މަރުގެ ބަދަލު ހޯދަން ދައުވާ ކުރަނީ
ސަލްމާގެ މަރު: ލޭ ހުރެ ލޭ ނާޅައި 1 ގަޑިއިރު ހޭދަވި
ކުޑަކުދިންނަށް ބޭރަށް ނުކުމެވޭނީ ޖޫން 10 ގެ ފަހުން