Roadha Mihaaru
މާސްކް އަޅައިގެން އައިފޯނު ހުޅުވަން ފަސޭހަކޮށްދީފި

މާސްކް އަޅައިގެން އައިފޯނު ހުޅުވަން ފަސޭހަކޮށްދީފި

22 މެއި 2020

ފޭސް އައިޑީ ފީޗާ ހުންނަ އައިފޯނު ގެންގުޅޭ މީހުން ފޭސް މާސްކް އަޅައިގެން ހުންނަ އިރު ފޯނު ހުޅުވަން ތަންކޮޅެއް އުނދަގުލެވެ. މާސްކް އަަޅައިގެން ހުންނާތީ މޫނުގެ އެއްބައި ނިވާވެފައި ހުންނާތީ ފޯނުން އަންގަނީ މޫނު ނުފެންނަ ކަމަށެވެ. ދެން ޖެހޭނީ ވަކިން ޕާސްކޯޑް ޖަހަން ނުވަތަ މާސްކް ތިރިކޮށްލާފައި މޫނު ދައްކާށެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ފޭސް އައިޑީ ފީޗާ ހުންނަ އައިފޯނު ގެންގުޅޭ މީހުން ފޭސް މާސްކް އަޅައިގެން ހުންނަ އިރު ފޯނު ހުޅުވަން ތަންކޮޅެއް އުނދަގުލެވެ. މާސްކް އަަޅައިގެން ހުންނާތީ މޫނުގެ އެއްބައި ނިވާވެފައި ހުންނާތީ ފޯނުން އަންގަނީ މޫނު ނުފެންނަ ކަމަށެވެ. ދެން ޖެހޭނީ ވަކިން ޕާސްކޯޑް ޖަހަން ނުވަތަ މާސްކް ތިރިކޮށްލާފައި މޫނު ދައްކާށެވެ.

މިކަމަށް ނަގާ ވަގުތާ މެދު ކަސްޓަމަރުން ޝަކުވާކުރާތީ އެޕަލް އިން މިހާރު ވަނީ ލުއި ގޮތެއް ހޯދައިދީފަ އެވެ.

އައިފޯނުންގެ އަހުލުވެރިންނަށް އައިއޯއެސް 13.5 އަޕްޑޭޓާ އެކު ގެނެސްދިން އާ އަޕްޑޭޓުން މިހާރު މާސްކް އަޅައިގެން ހުއްޓަސް ފޯނު ހުޅުލޭލެއް ލަސްވެގެން އުޅޭކަށް ނުޖެހޭނެ އެވެ. މާސްކް އަޅައިގެން ހުރި ނަމަ މިހާރު ވަގުތުން ފޯނުގެ ސްކްރީނުގެ ތިރިން ސްވައިޕްކޮށްލުމާ އެކު ޕާސްކޯޑް ޖަހަން ނުވަތަ ފޭސްއައިޑީ އަށް އިހުތިޔާރުދޭނެ އެވެ.

މި ބަދަލާ އެކު އެޕަލް އިން ވަނީ އިތުރު އެހެން އަޕްޑޭޓެއް ވެސް ގެނެސްދީފަ އެވެ. އެއީ އެޕްލިކޭޝަން ޕްރޮގްރާމިން އިންޓަފޭސް (އޭޕީއައި) މެދުވެރިކޮށް، ފޯނަށް ޑައުންލޯޑްކޮށްފައިވާ ކޮވިޑް-19 ގެ ހާއްސަ އެޕެއް މެދުވެރިކޮށް، ކޮވިޑް-19 ޖެހިފައިވާ މީހަކާ ކޮންޓެކްޓްވެފައިވާ ނަމަ އެކަން ނޮޓިފިކޭޝަނަކުން އަންގައިދިނުމެވެ.

މިކަމަކީ ދާދި ފަހުން އެޕަލް އާއި ގޫގުލް ގުޅިގެން ކޮންޓްރެކްޓް ޓްރޭސިން އަށް ފެށި މަސައްކަތުގެ ބައެކެވެ.

މީގެ އެންމެ މުހިއްމު ކޮވިޑް-19 ގެ މީހަކާ ކޮންޓެކްޓްވެފައިކަން ބަޔަކީ ފޯނުގެ ބުލޫޓޫތު މެދުވެރިކޮށް ދެނެގަތުމެވެ. މި ޓެކްނޮލޮޖީގެ މަސައްކަތް ގޫގުލް އާއި އެޕަލް އިން އަންނަނީ ކުރަމުންނެވެ.