Roadha Mihaaru
ސިޔާސީ މީހުންނާ ވިސްނުމުގެ ތަފާތެއް އެބައުޅޭ

ސިޔާސީ މީހުންނާއި އަޅުގަނޑުމެންގެ ވިސްނުމުގެ ތަފާތެއް އެބައުޅޭ: މަބްރޫކް

19 މެއި 2020

ރާއްޖެ އިން ކޮވިޑް-19 އަށް އިތުރު 37 މީހަކު މިއަދު ޕޮޒިޓިވްވެއްޖެ ކަމަށް އެޗްޕީއޭ އިން ބުނެފި އެވެ.

ރާއްޖެ އިން ކޮވިޑް-19 އަށް އިތުރު 37 މީހަކު މިއަދު ޕޮޒިޓިވްވެއްޖެ ކަމަށް އެޗްޕީއޭ އިން ބުނެފި އެވެ.

މިއަދު ހަވީރު 4:30 އާ ހަމައަށް ޕޮޒިޓިވްވީ އެ އިދާރާ އިން ބުނިގޮތުގައި ބަންގްލަދޭޝްގެ 19 މީހަކާއި 15 ދިވެއްސެއް އަދި އިންޑިއާގެ ތިން މީހެކެވެ. މި 35 މީހުންނާ އެކު، ރާއްޖެ އިން އެ ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 1،143 އަށް އަރައިފަ އެވެ.

މިދިޔަ މާޗް 7 ން ފެށިގެން މިހާތަނަށް ރާއްޖެ އިން އެންމެ ގިނައިން ކޮވިޑް-19 ޖެހުނީ ބަންގްލަދޭޝްގެ މީހުންނަށެވެ. އެ ގައުމުގެ 581 މީހަކު ވަނީ އެ ބައްޔަށް ޕޮޒިޓިވްވެފަ އެވެ. ދިވެހިންގެ ތެރެއިން އެ ބަލި ޖެހުނީ 414 މީހަކަށެވެ. ދެން އެންމެ ގިނައީ އިންޑިއާ މީހުންނެވެ. ރާއްޖޭގައި މަސައްކަތް ކުރާ އެ ގައުމުގެ 108 މީހަކު މިހާތަނަށް ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފަ އެވެ.

ރާއްޖެ އިން އެ ބަލި ޖެހުނު ހާހަކަށް ވުރެ ގިނަ މީހުންގެ ތެރެއިން މިހާތަނަށް ރަނގަޅުވީ 80 މީހެކެވެ. ހަތަރު މީހަކު ވަނީ މަރުވެފަ އެވެ. ފަރުވާ ހޯދަމުން އަންނަނީ 1،059 މީހެކެވެ.