10 މެއި 2020
ރާއްޖެ އިން ކޮވިޑް-19 އަށް އިތުރު 45 މީހަކު މިއަދު ޕޮޒިޓިވްވެ، ޖުމްލަ އަދަދު 835 އަށް އަރައިފި އެވެ.
ރާއްޖެ އިން ކޮވިޑް-19 އަށް އިތުރު 45 މީހަކު މިއަދު ޕޮޒިޓިވްވެ، ޖުމްލަ އަދަދު 835 އަށް އަރައިފި އެވެ.
އެޗްޕީއޭ އިން ދެންމެ ކުރި ޓުވީޓެއްގައި ބުނީ، މިއަދުގެ ހަވީރު 5:00 އާ ހަމައަށް ބަންގްލަދޭޝްގެ 22 މީހަކާއި 20 ދިވެއްސަކާއި ނޭޕާލްގެ ދެ މީހަކާއި އިންޑިއާގެ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އެހެންވެ، މިދިޔަ މާޗް 7 ން ފެށިގެން މިހާތަނަށް ރާއްޖެ އިން އެ ބައްޔަކަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މިއަދު މިވަނީ 800 ހުރަސްކޮށްފަ އެވެ.
ރާއްޖެ އިން މިހާތަނަށް މި ބަލިން ރަނގަޅުވީ 28 މީހެކެވެ. ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ތިން މީހަކު ވަނީ މަރުވެފަ އެވެ. އެއީ ދެ ދިވެއްސަކާއި ބަންގްލަދޭޝްގެ މީހެކެވެ.
އެޗްޕީއޭގެ ހިސާބުތަކަށް ބަލާއިރު ރާއްޖެ އިން އެންމެ ގިނައިން ކޮވިޑް-19 ޖެހިފައި ވަނީ ބަންގްލަދޭޝްގެ މީހުންނަށެވެ. އެ ގައުމުގެ 460 މީހަކަށް އެ ބަލި ވަނީ ޖެހިފަ އެވެ. ކޮވިޑް-19 އަށް ޕޮޒިޓިވްވި ދިވެހިންގެ އަދަދަކީ މިއަދުގެ ހަވީރާ ހަމައަށް 279 އެކެވެ. މީގެ އިތުރުން ރާއްޖޭގައި އުޅޭ އިންޑިއާގެ 63 މީހަކަށް ވެސް އެ ބަލި ވަނީ ޖެހިފަ އެވެ. ރާއްޖޭގައި އުޅޭ ބިދޭސީންގެ ތެރެއިން ބަންގްލަދޭޝް ފިޔަވައި ދެން އެންމެ ގިނައީ އިންޑިއާގެ މީހުންނެވެ.
މިދިޔަ މަހުގެ 15 ގައި ފުރަތަމަ ފަހަރަށް މާލެ އިން ކޮވިޑް-19 ގެ މީހަކު ފެނުނު ފަހުން، މާލެ އިން އެކަނި ވެސް 700 އަށް ވުރެ ގިނަ މީހުން ވަނީ ޕޮޒިޓިވް ވެފަ އެވެ. މާލެ އިން ފުރަތަމަ ޕޮޒިޓިވްވި މީހާއާ ގުޅުން ހުރި ހަތަރު މީހުންގެ ތެރެއިން މިހާތަނަށް ވަނީ ދެ މީހަކު ރަނގަޅުވެފަ އެވެ. އެއީ އޭނާގެ ދެ އަހަރުގެ ދަރިފުޅާއި ޑައިރެކްޓް ކޮންޓެކްޓްވި އެހެން އަންހެނެކެވެ.
ކޮވިޑް ދެވަނަ ފަހަރަށް ޖެހެނީ 9 މަސް ފަހުން
އޭޑީކޭއިން ކޮވިޑް ޓެސްޓެއް ހަދައިދޭނީ 675ރ. އަށް
އިތުރު 101 ކޭސް، ގިނައީ ތޮއްޖެހިގެން އުޅޭ ބިދޭސީން
ލޮކްޑައުން ލުއިކުރަން 50 ކޭސް ގިނައެއްނޫން: އެޗްޕީއޭ
އޭޑީކޭއިން ކޮވިޑަށް ޓެސްޓްކުރަން ސަރުކާރުން އަގުދޭނެ
ސިޔާސީ މީހުންނާ ވިސްނުމުގެ ތަފާތެއް އެބައުޅޭ
އިތުރު 12 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ
އިތުރު ހަތަރު ދިވެއްސަކު ޕޮޒިޓިވްވެއްޖެ
ހީކުރިވަރަށް ސާޖެއް އަދި ނާދޭ: ޑރ. އަފްޒަލް
އިތުރު 25 މީހަކު ޕޮޒިޓިވްވެ ޖުމްލަ އަދަދު 790