16 މެއި 2020
މާލޭ އިބްރާހިމީ މިސްކިތުގެ އިމާމު، ކޮވިޑް-19 އަށް މިއަދު ޕޮޒިޓިވް ވެއްޖެ އެވެ.
މާލޭ އިބްރާހިމީ މިސްކިތުގެ އިމާމު، ކޮވިޑް-19 އަށް މިއަދު ޕޮޒިޓިވް ވެއްޖެ އެވެ.
އިމާމު ޕޮޒިޓިވްވިކަން އެނގުނީ މަގުމަތިން އެކި މީހުންގެ ސާމްޕަލް ރެންޑަމްކޮށް ނެގިއިރު އޭނާގެ ސާމްޕަލް ވެސް ނަގައި ޓެސްޓްކުރުމުންނެވެ.
ޓެސްޓްގެ ނަތީޖާ ޕޮޒިޓިވްވިކަން އެޗްޕީއޭން ގުޅައި އިމާމަށް އެންގިއިރު އޭނާ ހުރީ އަސަރު ނަމާދު ބަންގި ގޮވަން މިސްކިތުގަ އެވެ.
އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލް އިސްމާއިލް އަފްރާހް، "މިހާރު" އަށް ވިދާޅުވީ ޕޮޒިޓިވްވިކަން އެންގި ހިސާބުން ފެށިގެން އެއްވެސް ތަނަކަށް ނުގޮސް އިމާމު ހުރީ މިސްކިތުގައި މަޑުކޮށްގެން ކަމަށެވެ. އަދި އޭނާ ކަރަންޓީނަށް ގެންދިއުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް ވެސް އަފްރާހް ވިދާޅުވި އެވެ.
އިމާމް ޕޮޒިޓިވްވުމާ ގުޅިގެން އެ މިސްކިތް ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތް ވެސް މިހާރު ފަށާފައިވާ ކަމަށް އަފްރާހް ވިދާޅުވި އެވެ.
ޖަމާއަތުގައި ނަމާދުކުރުން މިދިޔަ މާޗް މަހުގެ 18 ވަނަ ދުވަހުން ފެށިގެން މާލޭގައި ވަނީ މެދުކަނޑާލައިފަ އެވެ. މިސްކިތުގެ ޖަމާއަތުގައި ނަމާދުނުކުރިޔަސް ހުރިހާ މިސްކިތެއްގައި ވެސް ވަގުތަށް ބަންގި ގޮވަ އެވެ. ބަންގި އަށް ފަހު، ގޭގައި ނަމާދު ކުރުމަށް ދިވެހި ބަހުން ގޮވުމަށް މިނިސްޓްރީން ވަނީ އަންގައިފަ އެވެ.
ކޮވިޑް-19 އަށް ރާއްޖޭން ޕޮޒިޓިވްވި މީހުންގެ އަދަދު 1،000 އިން މައްޗަށް ވަނީ އަރައިފަ އެވެ. އަދި އެ ބަލި ޖެހުނު ހަތަރު މީހަކު މަރުވެފައި ވާއިރު 49 މީހަކު ވަނީ ރަނގަޅުވެފަ އެވެ.
މާލޭގެ މިސްކިތްތައް ހުޅުވާލައިފި، ޖަމާއަތެއް ނުހެދޭނެ
ފަތިސްނަމާދުން ފެށިގެން ޖަމާއަތުގައި ނަމާދުކުރެވޭނެ
މާލެ ސަރަހައްދުގެ 37 މިސްކިތެއްގައި ނަމާދުކުރެވޭނެ
މާލެ ސަރަހައްދުގެ ކާފިއު މި މަހުގެ 25 އާ ހަމައަަށް
ފުވައްމުލަކުގައި ޖަމާއަތުގައިނަމާދުކުރުން މެދުކަނޑާލައިފި
ކޮވިޑް ޓެސްޓު ހެދުން ތާޖުއްދީން ސްކޫލަށް
ހިލޭ ޓެސްޓް ހެދޭނެ ގޮތްތައް އިތުރު ކުރަނީ
50 އަށް ވުރެ ގިނަ މީހުން އެއްވެ އުޅުން މަނާކޮށްފި
މާލެއިން ދަތުރުކުރުމުގައި ފިޔަވަޅުތައް ހަރުކަށިކޮށްފި
2،000 ސާމްޕަލުން މާލެ އިން ޕޮޒިޓިވްވީ 36 މީހެއް