Roadha Mihaaru
އެމްއެމްޕީއާރުސީން އިންޑިއާގައި ކެމްޕޭނެއް ފަށައިފި

އެމްއެމްޕީއާރުސީން އިންޑިއާގައި ރާއްޖެ އިޝްތިހާރު ކުރަން ފަށައިފި

15 މެއި 2020

މި އަހަރުގެ ފަހު ކުއާޓަރުގައި ރާއްޖެ ޓޫރިސްޓުންނަށް ހުޅުވާލެވޭނެ ކަމަށް އަންދާޒާކޮށް މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން އިންޑިއާގައި ކެމްޕޭނެއް ފަށައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

މި އަހަރުގެ ފަހު ކުއާޓަރުގައި ރާއްޖެ ޓޫރިސްޓުންނަށް ހުޅުވާލެވޭނެ ކަމަށް އަންދާޒާކޮށް މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން އިންޑިއާގައި ކެމްޕޭނެއް ފަށައިފި އެވެ.

"ވިޒިޓް މޯލްޑިވްސް... ލޭޓާ" ގެ ނަމުގައި ކުރިއަށްގެންދާ މި ކެމްޕޭނަކީ އިންޑިއާގެ ޓްރެވަލް އޭޖެންޓެއް ކަމަށްވާ ކަޔަކްއާ ގުޅިގެން ކުރިއަށްގެންދާ ކެމްޕޭނެކެވެ. މި ކެމްޕޭނުގައި ކޮވިޑް-19 އިން އަރައިގަނެވުމުން ރާއްޖެ އަށް ޒިޔާރަތް ކުރުމަށް ބާރު އަޅައި ވީޑިއޯތައް އާއްމުކުރާނެ އެވެ. މި ކެމްޕޭން ކުރިއަށްގެންދާނީ މި މަހުގެ 22 ގެ ނިޔަލަށް ކަމަށް އެމްއެމްޕީއާރުސީން ބުންޏެވެ.

އެމްއެމްޕީއާރުސީން އިންޑިއާގައި ރާއްޖެ އިޝްތހާރު ކުރުމަށް ނިންމީި އެ ގައުމުން ރާއްޖެ އަށް އަންނަ ޓޫރިސްޓުންގެ އަދަދު އިތުރުވެފައިވާތީ އެވެ. މި އަހަރުގެ ޖެނުއަރީ މަހު އެ ގައުމުން 13،846 ޓޫރިސްޓުން އައިއިރު މިއީ މިދިޔަ އަހަރުގެ ޖެނުއަރީ މަހާ އަޅާ ބަލާއިރު 19 ޕަސެންޓު އިތުރު އަދަދެކެވެ.

ރާއްޖޭގައި ކޮވިޑް-19 ފެތުރުމާ ގުޅިގެން ޓޫރިސްޓުން އައުން މަޑު ޖައްސާލައިފައިވާއިރު އަލުން އެ ފުރުސަތު ހުޅުވާލާނީ ރާއްޖޭގެ ހާލަތު ރަނގަޅު ވުމުން ކަމަށް ޓުރިޒަމް މިނިސްޓަރު އަލީ ވަހީދު ވަނީ ވިދާޅުވެފަ އެވެ. އެގޮތުން އެ މިނިސްޓްރީން ލަފާ ކޮށްފައިވާ ދެ ސިނާރިއޯގައި ޖުލައި މަހު ނުވަތަ އޮކްޓޯބަރު މަހު ރާއްޖޭގެ ޓޫރިޒަމް ހުޅުވާލެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.