11 މެއި 2020
ރާއްޖޭގެ ކުރެހުންތެރިޔާ އަލީ ޝިމްހާގުގެ ކުރެހުމެއް އެމެރިކާގެ މިއުޒިޝަނެއް ކަމަށްވާ އާރޮން ކާޓާ ވަގަށް ނަގައި ބޭނުންކުރި މައްސަލާގައި އޭނާގެ މައްޗަށް ކުރާ ދައުވާ ކާމިޔާބުކުރެވޭނެ ކަމަށް ޝިމްހާގްގެ ވަކީލުންގެ ޓީމުން ބުނެފި އެވެ.
ރާއްޖޭގެ ކުރެހުންތެރިޔާ އަލީ ޝިމްހާގުގެ ކުރެހުމެއް އެމެރިކާގެ މިއުޒިޝަނެއް ކަމަށްވާ އާރޮން ކާޓާ ވަގަށް ނަގައި ބޭނުންކުރި މައްސަލާގައި އޭނާގެ މައްޗަށް ކުރާ ދައުވާ ކާމިޔާބުކުރެވޭނެ ކަމަށް ޝިމްހާގްގެ ވަކީލުންގެ ޓީމުން ބުނެފި އެވެ.
ސިންގާއެއްގެ މޫނު ސިފަކޮށްދޭ ގޮތަށް ޝިމްހާގް ކުރަހާފައިވާ ޑިޖިޓަލް ކުރެހުން އޭނާގެ ފޭސްބުކް ޕޭޖް ޑިޖިޓަލްް ކެމިސްޓް އާޓްސް އަށް ލާފައި ވަނިކޮށް އާރޮން ކާޓާ އެ ކުރެހުން ނަގައި ބޭނުންކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ. އަދި މި މައްސަލަ ހޫނުވެ، އާރޮންއާ ދެކޮޅަށް އޮންލައިން ކެމްޕޭނެއް ޝިމްހާގްގެ ދިފާއުގައި ހިންގަން ފެށުމުން އާރޮން ވަނީ އޭނާގެ އިންސްޓަގްރާމުން ކުރެހުން ޑިލީޓްކޮށްލައިފަ އެވެ.
ނަމަވެސް އޭރު ވެސް ޝިމްހާގް ވަނީ އޭނާގެ ހުއްދަ ނެތި ފިކުރީ މުދަލަކަށް އަރައިގެންފައިވާތީ ދައުވާކުރާނެކަމުގެ އިންޒާރު ދީފަ އެވެ. އާރޮންގެ މައްޗަށް ނިއު ޔޯކްގެ ކޯޓެއްގައި ދައުވާކުރީ މި މަހުގެ 5 ވަނަ ދުވަހު އެވެ.
ނިއު ޔޯކްގެ ލޯ ފާމެއް ކަމަށްވާ ލީބޯވިޒް މެދުވެރިކޮށް މި މައްސަލާގައި ޝިމްހާގް ފަރާތުން ވަކާލާތުކުރައްވާ ދިވެހި ވަކީލުންގެ ޓީމުންގައި ހިމެނެނީ ހަމްޒާ ޚަލީލާއި އައިޝަތު ޝައިފާ ޝާހިދެވެ.
ޝިމްހާގްގެ މި ދައުވާ އަކީ ރާއްޖޭގެ އާޓިސްޓަކު ބޭރުގެ ފަންނާނަކާ ދެކޮޅަށް ކުރާ މިފަދަ ފުރަތަމަ ދައުވާ އެވެ.
"މީގައި ނެތް ބަދަލެއްގެ ގޮތުން ބޮޑު އަދަދަކުން ފައިސާ ހޯދުމުގެ ނިޔަތެއް. މައިގަނޑު ބޭނުމަކީ ރާއްޖެ ކިތަންމެ ކުޑަ ނަމަވެސް މިތާނގެ އާޓިސްޓުންގެ މަސައްކަތް ވެސް ހިމާޔަތްކޮށްކުރެވޭނެ ކަމާއި ނާޖާއީޒު ގޮތުގައި އާޓިސްޓުންގެ އުފެއްދުންތައް ބޭނުންކުރާ ނަމަ އެކަމާ ދެކޮޅަށް ތެދުވެ، މަސައްކަތްކުރާނެކަމާއި ކުރެވޭނެކަން ސާބިތުކޮށް ދިނުން،"
މިކަމާ ބެހޭ ގޮތުން ހަމްޒާ މިއަދު "މިހާރު" އަށް ވިދާޅުވީ އާރޮން އަށް ކުރާ ދައުވާ ކާމިޔާބުކުރެވޭނެކަމާ ދޭތެެރޭ އެއްވެސް ޝައްކެއް ނެތް ކަމަށެވެ. އެކަމަކު މި ދައުވާ އަކީ ފައިސާގެ ބޭނުމުގައި ކުރާ ދައުވާއެއް ނޫން ކަމަށް ވިދާޅުވި އެވެ.
"މީގައި ނެތް ބަދަލެއްގެ ގޮތުން ބޮޑު އަދަދަކުން ފައިސާ ހޯދުމުގެ ނިޔަތެއް. މައިގަނޑު ބޭނުމަކީ ރާއްޖެ ކިތަންމެ ކުޑަ ނަމަވެސް މިތާނގެ އާޓިސްޓުންގެ މަސައްކަތް ވެސް ހިމާޔަތްކޮށްކުރެވޭނެ ކަމާއި ނާޖާއިޒު ގޮތުގައި އާޓިސްޓުންގެ އުފެއްދުންތައް ބޭނުންކުރާ ނަމަ އެކަމާ ދެކޮޅަށް ތެދުވެ، މަސައްކަތްކުރާނެކަމާއި ކުރެވޭނެކަން ސާބިތުކޮށް ދިނުން،" އޭނާ ވިދާޅުވި އެވެ. "އާޓިސްޓުންނަށް އަހެރެމެން ވެސް ބުނަން އޮތް ވާހަކަ އަކީ މި ކަހަލަ ކޭސްތައް އަޅާނުލައި ދޫކޮށްނުލާށޭ. މިކަހަލަ ކަމެއް ދިމާވާ ކޮންމެ ދަނޑިވަޅެއްގައި ވީހާ ވެސް އަވަކަށް ތެދުވާން ޖެހޭ. ވަކީލުންގެ އެހީ ވެސް ހޯދަން ޖެހޭ."
ހަމްޒާ ވިދާޅުވި ކުރެހުމުގެ މައްސަލަ އެންމެ ފުރަތަމަ ހޫނުވުމާ އެކު ޝިމްހާގް މަސައްކަތްކުރީ އާރޮން ކާޓާ ކުރި ކުށަށް މައާފަށް އެދެން ކަމަށެވެ. ނަމަވެސް ދައުވާއަކާ ހަމައަށް ދާން ނިންމީ އޭނާ އެކަމާ އިންކާރުކުރުމުން ކަމަށް ވިދާޅުވި އެވެ. އަދި ޝިމްހާގްގެ ކުރެހުމެއް ބޭރުގެ ފަންނާނަކު ބޭނުން ކުރާނީ އެ އެއްޗެއްގެ ކޮލިޓީ ރަނގަޅުވުމާއި އޭގެ ވެލިއު ބޮޑުކަމުން ކަމަށް ވެސް ވިދާޅުވި އެވެ.
ހަމްޒާ ވިދާޅުވީ ދައުވާ ކާމިޔާކުރެވޭނެކަން ޔަގީންވާ ސަބަބަކީ އާރޮންއާ ދެކޮޅަށް ދެއްކޭނެ ހުރިހާ ހެއްކެއް ހުރުމުންނާއި ދިފާއުގައި އޭނާ އަށް ދެއްކޭނެ ވާހަކަތަކެއް ނުހުންނާނެތީ އެވެ.
މި ދައުވާގެ ނޯޓިސް އާރޮން އަށް ވެސް މިހާރު ފޮނުވާފައި އިރު، މައްސަލަ ހިނގައިގަންނާނެ އިރެއް ނޭނގޭ ކަމަށް ހަމްޒާ ވިދާޅުވި އެވެ. ސަބަބަކީ ކޮރޯނާވައިރަހާ އެކު އެމެރިކާގެ ގިނަ މަސައްކަތްތައް މަޑުޖެހިފައިވުމެވެ. އަދި ނިއު ޔޯކަކީ ކޮވިޑް-19 ގެ ހާލަތު އެންމެ ގޯސް ސިޓީ އެވެ.
"އެކަމަކު އަހަރެމެން ތިބޭނީ ކޮންމެ ވަގުތެއްގައި މައްސަލަ ތާވަލު ކުރިޔަސް ރެޑީގައި،" ވަކީލުކަން ކުރައްވާތާ ދެ އަހަރެއްހާ ދުވަސްވީ އަދި ބޭރުގެ ފަންނާނަކާ ދެކޮޅަށް ރާއްޖޭގެ އާޓިސްޓަކު ކުރާ ދައުވާއެއްގައި ފުރަތަމަ ފަހަރަށް ހިއްސާވެވަޑައިގަންނަވާ ހަމްޒާ ވިދާޅުވި އެވެ.
އާރޮން، 32، އަކީ އެމެރިކާގެ މަޝްހޫރު މިއުޒިކް ބޭންޑް "ބެކްސްޓްރީޓް ބޯއިޒް" ގެ މެމްބަރު ނިކް ކާޓާ، 40، ގެ ކޮއްކޮ އެވެ.
ކުރެހުން ވަގަށްނެގި މައްސަލަ ޝިމްހާގު ކާމިޔާބުކޮށްފި!
އާރޮން ގޮވައިގެން ދިވެހި ކުރެހުންތެރިޔާ އެމެރިކާ ކޯޓަށް
"އެންމެން" ކުރަހަން އުޅުނު މީހާ މަރުވެއްޖެ
ދޮންކެޔޮވަކެއް 6.2 މިލިއަން ޑޮލަރަށް ވިކިއްޖެ
ދެގައުމެއްގެ ބޮޑުވަޒީރުންގެ ނައިބާ ބައްދަލުކުރައްވައިފި
ރައީސް އެމެރިކާއަށް ފުރާވަޑައިގެންފި
އެމެރިކާއަށް ވަގަށް ރަޝިޔާއަށް މުދާފޮނުވީ ރާއްޖެ މަގުން
ނިއު ޔޯކްގެ މަޝްހޫރު ސްވޯން ހިފައިގެން ކާލައިފި
ޓްރަމްޕަށް ދައުވާކުރުން މިއަދު، ލައިވް ނުކުރާނެ
ތަހުގީގުގެ ސުވާލުތަކަށް ޓްރަމްޕު ޖަވާބެއް ނުދެއްވި