Roadha Mihaaru
ދުބާއީ ކުންފުނީގެ ބައެއް ވެންޓިލޭޓަރު ހޯމައިގައި ލިބޭނެ

ދުބާއީ ކުންފުނީގެ ބައެއް ވެންޓިލޭޓަރު ހޯމަ ދުވަހު ލިބޭނެ: ހެލްތު މިނިސްޓްރީ

10 މެއި 2020

ކޮވިޑް-19އާ ގުޅިގެން ރާއްޖެ އަށް 75 ވެންޓިލޭޓަރު ގެނައުމަށް ހަވާލުކުރި ދުބާއީގެ އެގްޒެކިއުޓާ ޖެނެރަލް ޓްރޭޑިންއިން އަންނަ ހޯމަ ދުވަހު ރާއްޖެ އަށް ބައެއް ވެންޓިލޭޓަރު ގެންނާނެ ކަމުގެ ޔަގީންކަން ދީފައިވާ ކަމަށް ހެލްތު މިނިސްޓްރީން މިއަދު ބުނެފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ކޮވިޑް-19އާ ގުޅިގެން ރާއްޖެ އަށް 75 ވެންޓިލޭޓަރު ގެނައުމަށް ހަވާލުކުރި ދުބާއީގެ އެގްޒެކިއުޓާ ޖެނެރަލް ޓްރޭޑިންއިން އަންނަ ހޯމަ ދުވަހު ރާއްޖެ އަށް ބައެއް ވެންޓިލޭޓަރު ގެންނާނެ ކަމުގެ ޔަގީންކަން ދީފައިވާ ކަމަށް ހެލްތު މިނިސްޓްރީން މިއަދު ބުނެފި އެވެ.

ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ކުރިން ވިދާޅުވެފައިވާ ގޮތުން އެ ކުންފުނިން ވެންޓިލޭޓަރުތައް ރާއްޖެ ގެންނާނެކަން މިއަދު ވަނީ އަންގައިފަ އެވެ.

ނަމަވެސް ހެލްތު މިނިސްޓްރީގެ އިސް އޮފިޝަލަކު މިއަދު "މިހާރު" އަށް ވިދާޅުވީ ވެންޓިލޭޓަރުތައް ލިބުމުގަ އާއި ރާއްޖެ ގެނައުމުގައި ދިމާވި ދަތިތަކެއްގެ ސަބަބުން ވެންޓިލޭޓަރުތައް މިއަދު ގެނެވޭ ގޮތް ނުވި ކަމަށެވެ. އަދި އަންނަ ހޯމަ ދުވަހު ބައެއް ވެންޓިލޭޓަރުތައް ރާއްޖެ ގެންނާނެ ކަމުގެ ޔަގީންކަން ދުބާއީގެ ކުންފުނިން ދީފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

"ދެތިން ދުވަހެއްގެ ތެރޭގައި ފައިނަލް ވާނެ ފުރަތަމަ ގެންނަނީ ކިތައް ވެންޓިލޭޓަރު ކަމާއި ކާގޯގެ ކަންކަން. އެ މަސައްކަތް ކުރަމުން މި އަންނަނީ،" އޮފިޝަލް ވިދާޅުވި އެވެ.

ދުބާއީގެ މި ކުންފުންޏަކީ ވެންޓިލޭޓަރު ގެންނަން ހަވާލުކުރި ތިން ކުންފުނީގެ ތެރެއިން ސަރުކާރުން ހަމައެކަނި އެޑްވާންސްކޮށް ފައިސާ ދޫކުރި ކުންފުނި ވެސް މެ އެވެ. އެ މީހުން ވެންޓިލޭޓަރެއް ގެނެސްދެނީ 32،500 ޑޮލަރަށެވެ. އެ ކުންފުންޏާ މަސައްކަތް ހަވާލުކުރީ 34 މިލިއަން ރުފިޔާ އަށް ކަމަށް ވާއިރު އަގުގެ 75 ޕަސެންޓު ފައިސާ ސަރުކާރުން ދައްކާފައިވާ ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެފައިވެ އެވެ.

ސަރުކާރުން ބުނެފައި ވަނީ ދުބާއީގެ ކުންފުންޏާ ވެންޓިލޭޓަރު ގެންނަން ހަވާލުކުރީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) މެދުވެރިކޮށް ކަމަށެވެ.

Medtech inn 18 ventilator eh genesfi

Medtech inn 18 ventilator eh genesfi

The most trusted news source in the Maldives

Mihaaru

މެޑްޓެކްއިން 18 ވެންޓިލޭޓާ ގެނައުން

ވެންޓިލޭޓަރުތައް ގެންނަން ދެން ހަވާލުކުރި ދިވެހި ދެ ކުންފުނީގެ ތެރެއިން މެޑްޓެކް މޯލްޑިވްސްއިން އައިސީޔޫ 18 ވެންޓިލޭޓަރު މިއަދު ވަނީ ރާއްޖެ ގެނެސްފަ އެވެ. މި ވެންޓިލޭޓަރުތައް ގެންނަން ކުރިން ތާވަލްކުރީ މިދިޔަ ހުކުރު ދުވަހަށެވެ. ނަމަވެސް އެ ދުވަހުގެ ކާގޯ ފްލައިޓް މާ ބޮޑަށް ބިޒީވުމުން ގެނެވޭ ގޮތް ނުވީ އެވެ. މެޑްޓެކްއާ ހަވާލުކުރީ 50 ވެންޓިލޭޓަރެއް ގެނައުމަށެވެ.

އެ ދެ ކުންފުނީގެ އިތުރުން ދެން ވެންޓިލޭޓަރު ގެނައުމަށް ހަވާލު ކުރީ ނާޑް ނަމަކަށް ކިޔާ ކުންފުންޏަކާ އެވެ. އެ ކުންފުންޏާ ހަވާލުކުރި 20 ވެންޓިލޭޓަރުގެ ތެރެއިން އެއްވެސް ވެންޓިލޭޓަރެއް އަދި ރާއްޖެ ނުގެނެ އެވެ.

ހެލްތު މިނިސްޓްރީގެ އޮފިޝަލް ވިދާޅުވީ ވެންޓިލޭޓަރު ލިބުމުގެ ދަތިތަކެއް ނާޑަށް ވެސް ކުރިމަތިވެފައިވާތީ އެކަން ހައްލު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"އެ ކުންފުންޏަށް މެނުފެކްޗަރާއެއް ލިބުމުގައި ދަތިތަކެއް އުޅެނީ. ފުރަތަމަ މަސައްކަތް ކުރި މެނުފެކްޗަރާއާ އެކު ނުވުމުން އިތުރު މެނުފެކްޗަރާ އަކާ އެކި މަސައްކަތް އެބަކުރޭ،" އޭނާ ވިދާޅުވި އެވެ.

އެ ތިން ކުންފުންޏާ ވެސް އެ މަސައްކަތް ހަވާލު ކުރީ ބިޑްކުރުމަކާ ނުލައި، "ސިންގަލް ސޯސް ޕްރޮކިއުމަންޓް" އުސޫލުންނެވެ. އެއީ، ކޮވިޑް-19 ރާއްޖެ އަށް ހަލުވިކަމާ އެކު ފެތުރެމުންދާތީ ވީހާ ވެސް އަވަހަކަށް އެ ތަކެތި ބޭނުންވާތީ ކަމަށް މިނިސްޓަރު އަމީން ވިދާޅުވެފައި ވެ އެވެ.

ކޮވިޑް-19އާ ގުޅިގެން ޗައިނާ އާއި ރާއްޖޭގައި ރިސޯޓުތައް ހިންގާ ބޭރުގެ ބައެއް ފަރާތްތަކުން ވެސް ވަނީ ވެންޓިލޭޓަރުތައް ހަދިޔާކޮށްފަ އެވެ.