Roadha Mihaaru
ޔޫކޭގެ ޓްރޭޑް މިނިސްޓަރަކަށް ލަންކާ ދަރިކޮޅު މީހެއް

ޔޫކޭގެ ޓްރޭޑް މިނިސްޓަރަކަށް ލަންކާ ދަރިކޮޅު މީހެއް

07 މެއި 2020

ލަންޑަން (މެއި 7) - އިނގިރޭސި ވިލާތުގެ ޓްރޭޑް މިނިސްޓަރުގެ މަގާމަށް ސްރީ ލަންކާ ދަރިކޮޅުގެ މީހެއް ކަމަށްވާ ރަނިލް ޖަޔަވަރްދަނާ ބޮޑު ވަޒީރު ބޮރިސް ޖޯންސަން އައްޔަން ކުރައްވައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ލަންޑަން (މެއި 7) - އިނގިރޭސި ވިލާތުގެ ޓްރޭޑް މިނިސްޓަރުގެ މަގާމަށް ސްރީ ލަންކާ ދަރިކޮޅުގެ މީހެއް ކަމަށްވާ ރަނިލް ޖަޔަވަރްދަނާ ބޮޑު ވަޒީރު ބޮރިސް ޖޯންސަން އައްޔަން ކުރައްވައިފި އެވެ.

އިނގިރޭސި ވިލާތުގެ ގާނޫނު ހަދާ މަޖިލީހުގެ ނޯތު އީސްޓް ހެމްޝަޔާގެ މެންބަރުކަން 2015 ވަނަ އަހަރުން ފެށިގެން ކުރައްވަމުން ގެންދަވާ އުމުރުން 33 އަހަރުގެ ޖަޔަވަރްދަނާ ވަނީ ކޮންޒަވެޓިވް ޕާޓީގެ ޑެޕިއުޓީ ޗެއާމަންގެ މަގާމަށް ވެސް މި އަހަރު އައްޔަންކޮށްފަ އެވެ.

"މި މުހިންމު ދަނޑިވަޅު އިނގިރޭސި ވިލާތުގެ ޓްރޭޑް މިނިސްޓަރުގެ މަގާމު އަދާކުރަން ލިބުމަކީ، ލިބުނު ވަރަށް ބޮޑު ފަޚުރެއް،" ޖަޔަވަރްދަނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވި އެވެ.

ލަންޑަން ސްކޫލް އޮފް އިކޮނޮމިކްސް އިން ޑިގްރީ ހާސިލް ކުރައްވާފައިވާ ޖަޔަވަރްދަނާގެ ބައްޕައަކީ ލަންކާގެ ރައްޔިތެކެވެ. ކުރީގެ ބޮޑު ވަޒީރު ތެރޭސާ މެއި މިދިޔަ އަހަރު ވަނީ ސްރީ ލަންކާ އަށް ކަނޑައަޅާފައި ހުންނަ ޔޫކޭގެ ޓްރޭޑް އެންވޯއީގެ މަގާމަށް ޖަޔަވަރްދަނާ ހަމަޖައްސަވައިފަ އެވެ.