05 މެއި 2020
ޕެރިސް (މެއި 5) - ކޮވިޑް-19 ފެތުރޭތީ ފްރާންސްގެ ފުޓްބޯޅަ ސީޒަން ކެންސަލްކުރުމާ އެކު ކްލަބްތަކަށް ލިބިފައިވާ މާލީ ގެއްލުންތަކަށް ލުޔެއް ދިނުމުގެ ގޮތުން ސަރުކާރުން ލޯނެއް ދޭން ނިންމައިފި އެވެ.
ޕެރިސް (މެއި 5) - ކޮވިޑް-19 ފެތުރޭތީ ފްރާންސްގެ ފުޓްބޯޅަ ސީޒަން ކެންސަލްކުރުމާ އެކު ކްލަބްތަކަށް ލިބިފައިވާ މާލީ ގެއްލުންތަކަށް ލުޔެއް ދިނުމުގެ ގޮތުން ސަރުކާރުން ލޯނެއް ދޭން ނިންމައިފި އެވެ.
ފްރާންސްގެ އެއް ވަނަ އަދި ދެ ވަނަ ޑިވިޝަނުގައި ހިމެނޭ ޖުމްލަ 40 ކްލަބްގެ ތާއީދާ އެކު ސަރުކާރުން މި ލޯން ދޫކުރާނީ ފްރާންސް ލީގު ހިންގާ އެލްއެފްޕީ އަށެވެ. އެއީ 246 މިލިއަން ޑޮލަރުގެ ލޯނެކެވެ. މި ލޯނުން އެހީތެރިކަން ފޯރުކޮށްދޭނީ ކްލަބްތަކަށް ލިބެންޖެހޭ ބްރޮޑްކާސްޓިން ފައިސާ (ޓީވީ ފައިސާ) ނުލިބޭތީ ކުރިމަތިވެފައިވާ ދަތިތަކަކަށެވެ.
ފްރާންސް ސަރުކާރުން ސެޕްޓެމްބަރު މަހުގެ ކުރިން ކުޅިވަރު ހަރަކާތެއް ނުބޭއްވޭ ގޮތަށް ކަނޑައެޅުމާ ގުޅިގެން ފުޓްބޯޅަ ސީޒަން ކެންސަލްކޮށް ލީގުގެ ޗެމްޕިއަންކަން ދިނީ ޕީއެސްޖީ އަށެވެ. އެލްއެފްޕީން ލީގުގެ މަގާމުތައް ކަނޑައެޅީ މެޗަކަށް އެވްރެޖްކޮށް ޖެހޭ ޕޮއިންޓަށް ބަލައިގެންނެވެ. އެ ގޮތަށް ކަނޑައެޅުމުން ގިނަ ކްލަބްތަކުން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށް ލިބިފައިވާ މާލީ ގެއްލުންތަކުގެ ބަދަލުހޯދަން ކޯޓަށް ވެސް ދާނެ ކަމަށް ބުނެފަ އެވެ.
ފްރާންސް ސަރުކާރު މެދުވެރިކޮށް މި ލިބުނު ލޯނުގެ ސަބަބުން ގިނަ ކްލަބްތަކަށް ލިބިފައިވާ ދަތިތަކަށް ލުޔެއް ލިބިގެންދާނެ ކަމަށް އެލްއެޕްޕީން ގަބޫލުކުރެ އެވެ.
ފްރެންޗް ލީގުގެ ރައިޓްސް ގަނެފައިވާ ދެ ބްރޯޑްކާސްޓަރުންނަކީ ބީން ސްޕޯޓްސް އާއި ކެނަލް ޕްލަސް އިންނެވެ. މީގެ ތެރެއިން ބީން ސްޕޯޓްސްގެ މެޖޯރިޓީ ހިއްސާދާރަކީ ޕީއެސްޖީގެ ރައީސް ގަތަރުގެ ނާސިރު އެލް ހެއްލާފީ އެވެ. އެކި ގައުމުތަކަށް ފްރެެންޗް ލީގުގެ ޓީވީ ރައިޓްސް ވިއްކުމުގެ ކޮންޓްރޯލް އޮންނަނީ ކެނަލް ޕްލަސް އަތުގަ އެވެ. ސީޒަން ކެންސަލްކުރުމާ ގުޅިގެން ކެނަލް ޕްލަސް އާއި ބީން ސްޕޯޓްސްގެ ފަރާތުން ލިބެންޖެހޭ 200 މިލިއަން ޑޮލަރު އެލްއެފްޕީ އަށް ގެއްލޭނެ އެވެ. މީގެ ތެރޭގައި މާޗް 13 ގައި ފްރެންޗް ލީގު ހުއްޓާލުމުގެ ކުރިން ކުޅުނު މެޗުތަކަށް ކެނަލް ޕްލަސް އިން ދައްކަންޖެހޭ 50 މިލިއަން ޑޮލަރު ވެސް ހިމެނެ އެވެ.
ކޮވިޑް-19 ގެ ސަބަބުން ގެއްލުންވާ ވިޔަފާރިތައް ސަލާމަތްކުރުމުގެ ގޮތުން މިދިޔަ މާޗް މަހު ފްރާންސް ސަރުކާރުން ވަނީ ލޯންތަކެއް އިއުލާނުކޮށްފަ އެވެ. މި ލޯންތަކަށް ވަކި ވަކިން ފުޓްބޯޅަ ޓީމުތަކުން ވެސް ވަނީ އެދިފަ އެވެ. ލޯނަށް އެދުނު ފުޓްބޯޅަ ކްލަބްތަކުގެ ތެރޭގައި މާސޭ އާއިި ލިޔޯން ހިމެނެ އެވެ.
ޔޫރަޕްގެ ވަރުގަދަ ލީގުތަކަށް ބަލާއިރު ފްރާންސަކީ ސީޒަން ކެންސަލްކުރި ހަމައެކަނި ގައުމެވެ. އިންގްލެންޑާއި ޖަރުމަނާއި ސްޕެއިން އަދި އިޓަލީން އަންނަނީ އަލުން ލީގު ފެށުމަށް ގިނަ ޕްލޭންތަކެއް ހަދައިގެން މަސައްކަތްކުރަމުންނެވެ. ފުޓްބޯޅަ ސީޒަން ކެންސަލްކުރި ގައުމުތަކުގެ ތެރޭގައި ފްރާންސްގެ އިތުރުން ހިމެނެނީ ނެދަލެންޑްސް އާއި ބެލްޖިއަމް އަދި ސްކޮޓްލެންޑް އެވެ.
އޮލިމްޕިކްސްގެ ފައިނަލަށް ފްރާންސާއި ސްޕެއިން
ފްރާންސް ސެމީއަށް، ރޮނާލްޑޯ ހުސްއަތާ ނިންމާލައިފި
ބޮލަށް ލިބުނު އަނިޔާގައި ބޯޑޯގެ ފޯވާޑް ކޯމާގައި
ފްރާންސްގެ ސަރުކާރު ވެއްޓި ދާނެކަމުގެ ބިރު
ބޯޑޯއާއެކު ކެރޯލް ފްރާންސްގެ ހަތަރު ވަނަ ޑިވިޝަނުގައި
ބޯޑޯގެ އާ ފެށުން؛ ސަލާމަތްވީ ކީޕަރު ޖެހި ގޯލުން
ދައުވާ އުފުލުމަށްފަހު ޓެލެގްރާމްގެ ސީއީއޯ މިނިވަންކޮށްފި
ޓެލެގްރާމްގެ ސީއީއޯ ފްރާންސުން ހައްޔަރުކޮށްފި
އޮލިމްޕިކްސްގެ ފެށުން ދިޔައީ ހައިޖާނު ބޮޑުކޮޮށް
އެންމެ ގިނަ ގޯލްގެ ރެކޯޑާއެކު ޖިރޫ ގައުމީ ޓީމާ ދުރަށް