މޯލްޑިވް ގޭހުން ވިއްކާ ކައްކާ ގޭހުގެ އަގު މި އަހަރުގެ ތެރޭ ތިން ވަނަ ފަހަރަށް ހެޔޮކޮށްފި އެވެ.
31 މެއި 2016
މޯލްޑިވް ގޭހުން ވިއްކާ ކައްކާ ގޭހުގެ އަގު މި އަހަރުގެ ތެރޭ ތިން ވަނަ ފަހަރަށް ހެޔޮކޮށްފި އެވެ.
އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ މޯލްޑިވް ގޭހުގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މައުމޫން މިއަދު ވިދާޅުވި ގޮތުގައި ކުރިން 210ރ. އަށް ވިއްކި 10 ކިލޯގެ ގޭސް ފުޅިއެއް މާދަމާ އިން ފެށިގެން 200ރ. އަށް ލިބޭނެ އެވެ. މި ބަދަލު ގެނައީ، އޭނާ ފާހަގަކުރެއްވި ގޮތުގައި، ރޯދަ މަހު ގޭގޭގައި ގޭސް ބޭނުންކުރާ މިންވަރަށް މައްޗަށް ދާ ވަރަު ބަލައިފަ އެވެ.
ގޭހުގެ އަގަށް މި ގެނައި ހެޔޮ ބަދަލާ އެއްގޮތަށް ރަށްރަށުގައި ވެސް ގޭސް ލިބޭނެ ގޮތް ހަދަން މަސައްކަތް ކުރަމުން އަންނަ ކަމަށް މައުމޫން ވިދާޅުވި އެވެ. ރަށްރަށުގައި ގޭސް ވިއްކާ އެ ކުންފުނީގެ އެޖެންޓުންނާ ގުޅިގެން އެ މަސައްކަތް ކުރަމުން އަންނައިރު، ހޮޓްލައިނެއް ވެސް ގާއިމްކުރަން ނިންމާފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.
"... ދެން މިހެން ދެންނެވި ނަމަވެސް ދޯނީގެ ނާލާ އެހެން ކަންކަން ވެސް އެބަހުރި،" މޯލްޑިވް ގޭހުގެ އޮފީހުގައި މެންދުރު ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މައުމޫން ވިދާޅުވި އެވެ.
ގޭގޭގައި ކެއްކުމަށް އާއްމުކޮށް ބޭނުން ކުރަނީ 10 ކިލޯގެ ގޭސް ފުޅި އެވެ. މި ސައިޒުގެ ފުޅީގެ އަގު މޯލްޑިވް ގޭހުން މީގެ ކުރިން މި އަހަރު ދެ ފަހަރެއްގެ މަތިން ހެޔޮކޮށްފައިވެ އެވެ. އެންމެ ފަހުން މިދިޔަ އޭޕްރީލް މަހު ވަނީ 225ރ. އަށް ވިއްކަމުން ދިޔަ 10 ކިލޯގެ ފުޅީގެ އަގު 210ރ. އަށް ދަށްކޮށްފަ އެވެ.
ގޭހުގެ ހެޔޮކުރުން މިއީ މި އަހަރު އަލަށް ކުރަން ފެށި ކަމެކެވެ. އޭގެ ކުރިން ގޭހުގެ އަގަށް ބަދަލު ގެނެސްފައި ވަނީ 2008 އާއި 2011 ގަ އެވެ. އެންމެ ފަހުން ބޮޑުކުރި ފަހަރު އޭރު 185ރ. އަށް ވިއްކަމުން ދިޔަ 10 ކިލޯގެ ގޭސް ފުޅިއަކުން 40ރ. ބޮޑުކޮށް 225ރ. އަށް ހެދި އެވެ.
މީގެ އިތުރުން، މޯލްޑިވް ގޭހުން މިއަދު ވަނީ އަންނަ ރޯދަ މަހު މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ގޭސް ޑެލިވަރީ ކޮށްދޭ ގަޑިތައް ވެސް އިއުލާން ކޮށްފަ އެވެ. ހޮނިހިރުން ބުރާސްފައްޗަށް ގޭގެ އަށް ގޭސް ގެންގޮސްދޭނީ ހެނދުނު 10:00 އިން ހަވީރު 4:00 އަށެވެ. ހުކުރު ދުވަހު މެންދުރު ފަހު 1:30 އިން ހަވީރު 4:00 އަށެވެ. ހުރިހާ ދުވަސްތަކެއްގައި ވެސް ރޭގަނޑު ގެންގޮސްދޭނީ 8:00 އިން 11:00 އަށެވެ. އަދި ކޮންމެ ދުވަހަކު ވެސް ހަވީރު 3:30 އިން ރޭގަނޑު 10:30 އަށް ފޯނުން އޯޑަރު ނަގާނެ އެވެ.
ގޭސް ގަތުމުގެ ހުރިހާ ބާރެއް އެސްޓީއޯ އަށް!
ގޭސް ގަތުމާ އެސްޓީއޯއަކުން ނުބެހޭ: އަބްދުﷲ
"އެޑްވާންސް ފައިސާ ހޯދަން ގާނޫނީ ފިޔަވަޅު އެބައަޅަން"
ގޭސް ގަތުމުގެ ހުރިހާ ބާރެއް އެސްޓީއޯގެ ދަށަށް ބަދަލުކޮށްފި
އެފްއެންޑްބީ ޝޯ ސެންޓްރަލް ޕާކުގައި ފަށައިފި
އިކްރާމަށް ކުރާ ތުހުމަތު ބެލުން ކުންފުނީގެ ކޮމިޓީއަށް
ތިނަދޫގައި ގޭސް ވިއްކުން މޯލްޑިވް ގޭސްގެ އެޖެންޓަކަށް
ބައެއް ރަށްރަށަށް ކާޑާއި ގޭސް ފޯރުކޮށްދޭން ފަށައިފި
އެސްޓީއޯ ރޭޓުގައި ހުރިހާ އަތޮޅެއްގައި ތެޔޮ ވިއްކަނީ
ގޭހަށް ދެއްކި ފައިސާ ގެއްލުނު މައްސަލަ އޭސީސީން ބަލަނީ