05 މެއި 2020
ކޮރޯނާވައިރަހާ އެކު ކުރިމަތިވެފައިވާ ލޮކްޑައުންތައް ގައުމުތަމުގައި ދިގުދެމިގެންދާނެ ނަމަ ނުކުންނާނެ އެއް މައްސަލަ އަކީ އާއިލާ ރޭވުމެއް ނެތި އެތައް މިލިއަން އަންހެނުން ބަލިވެއިނުން ކަމަށް އދ. ގެ އާބާދީއާބެހޭ ޖަމިއްޔާ ޔޫއެންއެފްޕީއޭ އިން ބުނެފި އެވެ.
ކޮރޯނާވައިރަހާ އެކު ކުރިމަތިވެފައިވާ ލޮކްޑައުންތައް ގައުމުތަމުގައި ދިގުދެމިގެންދާނެ ނަމަ ނުކުންނާނެ އެއް މައްސަލަ އަކީ އާއިލާ ރޭވުމެއް ނެތި އެތައް މިލިއަން އަންހެނުން ބަލިވެއިނުން ކަމަށް އދ. ގެ އާބާދީއާބެހޭ ޖަމިއްޔާ ޔޫއެންއެފްޕީއޭ އިން ބުނެފި އެވެ.
އެތަނުން ހަދާފައިވާ ދިރާސާއެއްގައި ބުނީ މިހާރު ވެސް ލޮކްޑައުންތަކާ އެކު، ގޭތެރެގައި ގިނަ ބަޔަކު ބަންދުވެގެން ޖެހުމުން ވަރަށް ގިނަ އަންހެނުންނަށް ގެވެށިއަނިޔާ ލިބެމުންދާ ކަމަށެވެ. އެގޮތުން ލޮކްޑައުންގެ ހާލަތު އިތުރު ހައެއްކަ މަހަށް ދިގުދެމިގެން ގޮސްފި ނަމަ ހތް މިލިއަނެއްހާ އަންހެނުން މި ތާށިކަމުގެ ތެރޭގައި މަޖުބޫރީ ހާލަތުގައި ބަލިވެއިންނަން ޖެހިދާނެ ކަމަށް ބުންޏެވެ.
ދިރާސާގައި ފާހަގަކޮށްފައިވާ ގޮތުގައި މިކަން މިގޮތަށް ދިމާވުމުގައި ދެ ގޮތެއް މެދުވެރިވެދާނެ އެވެ. އެއްގޮތަކީ އަަނިޔާވެރި ފިރިންނާ އެކު، އިތުރު އެއްވެސް ގޮތެއް ނެތި އަންހެނުންތަކެއް ބަންދުވެ އުޅެން ޖެހުމާއި ދަރިމައިވުމުގެ ސިއްހަތާ ބެހޭ ޕްރޮގްރާމްތައް ކުރިއަށް ނުގެންދެވި ކުރިތިމަތިވާ ހާލަތްތަކުގައި ބަލިވެއިނުމެވެ.
During pandemics:
— Dr. Natalia Kanem (@Atayeshe) April 21, 2020
Pregnancies don’t stop ??
Periods don’t stop ?
Domestic violence doesn’t stop ?
The #coronavirus pandemic must not stop us from delivering the vital services that preserve the lives & protect the dignity of women & girls.
#COVID19 pic.twitter.com/igdeFxcRkY
ދިރާސާގައި ވަނީ ކޮރޯނާވައިރަސް ދުނިޔޭގެ އެކި ހިސާބުތަކުގައި ކޮންޓްރޯލެއް ނެތި ފެތުރެން ފެށިތާ މިހާރު ތިން މަހެއްހާ ދުވަސްވެފައިވާ އިރު، އެ މުއްދަތުގެ ތެރޭގައި ގެވެށިއަނިޔާގެ މައްސަލަތައް އިތުރުވަމުންދާކަން ފާހަގަކޮށްވެ އެވެ. އަދި ލޮކްޑައުން މިގޮތަށް ދިގުދެނިގެންދާ ނަމަ ކޮންމެ ތިން މަހަކުން، ގެވެށިއަނިޔާ ލިބޭ މީހުންފެ އަދަދު 15 މިލިއަނުން އިތިރުވަމުން ކަމަށް ދާނެ ބުންޏެވެ.
#COVID19 is disrupting life as we know it.
— UNFPA (@UNFPA) April 28, 2020
47 million women may lose access to contraceptives if the #coronavirus lockdown carries on for 6 months.
Learn more in these new @UNFPA findings: https://t.co/y1ugPQF6Lh pic.twitter.com/YjwFfw8erI
ޔޫއެންއެފްޕިއޭ އިން ފާހަގަކޮށްފައިވާ ގޮތުގައި މިހާރު ވެސް 47 މިލިއަން އަންހެނުންނަކީ ދަށް/މެދުފަންތީގެ ގައުމުތަކަށް ނިސްބަތްވާ މީހުންނެވެ. މިކަމުގެ ސަބަބުން، އެ މީހުންނަށް ދޭތެރެކުރަން ބޭނުންކުރާނެ ޒަމާނީ ވަސީލަތް ވެސް ނުލިބޭ ކަމަށާއި އެފަދަ މީހުންނަކީ ޖިންސީ ޝިކާރައަކަށްވެފައިވާ މީހުން ކަމަށް ބުންޏެވެ.
އެހެންވެ މިފަދަ މައްސަލަތައް އިތުރުވަމުންދާ ނަމަ ކުރިއަށް އޮތް 10 ވަރަކަށް އަހަރުގެ ތެރޭގައި ޅަ އުމުރުގައި ކައިވެނިކުރަން މަޖުބޫރުވާ އަންހެނުންގެ އަދަދު 13 މިލިއަނަށް އަރާނެ ކަމަށް ވެސް އަންދާޒާކޮށްފައިވެ އެވެ.
ޔޫއެންއެފްޕީއޭގެ އެކްޒެކެޓިވް ޑިރެކްޓަރު ޑރ. ނަތާލިއާ ކަނެމް ވިދާޅުވީ ކޮވިޑް-19 ގެ މި ހާލަތުގެ ތެރޭގައި އަންހެނުންނާ ގުޅުން ހުރި އިޖުތިމާއީ އެކިއެކި މައްސަލަތަކާ ދޭތެރޭ ސީރިއަސްކޮށް ވިސްނައި ފިޔަވަޅަޅުތަކެއް އަޅަމުން ނުދާ ނަމަ، އަންހެނުންގެ މުސްތަގުލު ވަރަށް އަނދިރިވެދާނެ އެވެ. އެހެންވެ މި ނާޒުކު ދަނޑިވަޅުގައި ވެސް އަންހެނުންނާ ގުޅުން ހުރި މައްސަލަތައް އިސްކަންދޭން ޖެހޭ މިންވަރު އިތުރުކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ.
އީޔޫ ޕާލިމަންޓް އިމާރާތް ވަގުތީ ހިޔަލަކަށް
އެއްމާބަނޑު ދެބެއިންގެ ނަމަކަށް ކޮވިޑާއި ކޮރޯނާ
އަންހެނަކަށް އިންސާފު ލިބެނީ ދިވެހި ފިލްމަކުން
"ހޭވާ ހޭވާ" ގޮވަނިކޮށް ވިއްސަން ވަތް ފޫޅުމައި
ބްރެޒިލްގެ މަޔަކަށް އާދަޔާ ޚިލާފު މާ ކުއްޖެއް
ދަރިން ނުލިބެނީ ކީއްވެ؟ ފަރުވާއަކީ ކޮބާ؟
ގެވެށި އަނިޔާ އާއިލީ މައްސަލައިގެ ގޮތުގައި އޮއްބާލަނީ!
ދެ އަތްތިލަ ބުރިކުރި މީހަކަށް ބަދަލު ދެނީ
ވިހަން ހޮސްޕިޓަލަށް ދިޔައީ އަމިއްލައަށް ދުއްވާފައި
ބައިވެރިޔާ އަނިޔާކޮށްގެން 200 އަށްވުރެ ގިނަ މައްސަލަ