Roadha Mihaaru
ދެ އަތްތިލަ ބުރިކުރި މީހަކަށް ބަދަލު ދެނީ

ދެ އަތްތިލަ ބުރިކުރި ރަޝިއާ އަންހެނަކަށް ބަދަލަށް 417،000 ޑޮލަރު

16 ޑިސެމްބަރ 2021

ފިރިމީހާގެ ފަރާތުން ގެވެށިއަނިޔާ ލިބޭތީ ކަމާބެހޭ ފަރާތްތަކަށް ރިޕޯޓްކުރި ނަމަވެސް އެކަމަށް އެއްވެސް ފިޔަވަޅެއް ނާޅައި އޮއްވައި އޭނާގެ އަތް ދެ އަތްތިލަ ބުރިކޮށްލުމުން ބަދަލެއްގެ ގޮތުގައި 417,028 ޑޮލަރު ދޭން ރަޝިއާގެ ސަރުކާރުގެ މައްޗަށް ޔޫރަޕިއަން ކޯޓް އޮފް ހިއުމަން ރައިޓްސް އިން އަމުރުކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ފިރިމީހާގެ ފަރާތުން ގެވެށިއަނިޔާ ލިބޭތީ ކަމާބެހޭ ފަރާތްތަކަށް ރިޕޯޓްކުރި ނަމަވެސް އެކަމަށް އެއްވެސް ފިޔަވަޅެއް ނާޅައި އޮއްވައި އޭނާގެ އަތް ދެ އަތްތިލަ ބުރިކޮށްލުމުން ބަދަލެއްގެ ގޮތުގައި 417,028 ޑޮލަރު ދޭން ރަޝިއާގެ ސަރުކާރުގެ މައްޗަށް ޔޫރަޕިއަން ކޯޓް އޮފް ހިއުމަން ރައިޓްސް އިން އަމުރުކޮށްފި އެވެ.

ރަޝިއާ އަށް މިފަދަ އަމުރެއް އައީ ގެވެށިއަނިޔާ އާ ދެކޮޅަށް އެކަށީގެންވާ މަސައްކަތެއް ނުކުރުމާއި ރިޕޯޓްކުރާ މައްސަލަތަކުގައި ވެސް އިހުމާލުވެ، އެތައް ބަޔަކު ބޮޑެތި އަނިޔާތަކުގެ ތެރޭގައި އުޅެން ޖެހިފައިވާތީ އެވެ. މި މައްސަލާގައި މަގަރީޓާ ގްރަޝޭވާ ކިޔާ އަންހެން މީހާ އަށް ބަދަލު ދޭން، ރަޝިއާ އަށް އަމުރުކުރި، އިރު ގެވެށި އަނިޔާގެ މައްސަލަތަކެއް އިތުރު ތިން އަންހެނަކު ވެސް ޔޫރަޕިއަން ކޯޓް އޮފް ހިއުމަން ރައިޓްސް ހުށަހެޅި އެވެ. އަދި އެ މީހުންނަށް ވެސް ބަދަލުދޭން އަމުރުކޮށްފައިވެ އެވެ.

ޔޫރަޕިއަން ކޯޓް އޮފް ހިއުމަން ރައިޓްސް.

ޔޫރަޕިއަން ކޯޓް އޮފް ހިއުމަން ރައިޓްސް.

މަގަރޭޓާގެ ފިރިމީހާ ޑިމިޓްރީ ގަރަޝޭވްވެ، އޭނާ ކިޑްނެޕްކޮށް ޖަންގައްޔަށް ގެންގޮސް ދެ އަތުގެ ކުޑަހުޅާ ދިމާލުން ފުރޯއަކުން ބުރިކުރީ 2017 ވަނަ އަހަރު އެވެ. އެ ހާދިސާގައި މަގަރީޓާގެ ވާތު އަތްތިލަ އަލުން ގުޅުވައި ލެވުނު ނަމަވެސް ކަނާތަކީ މިހާރު ޖަހާފައިވާ މަސްނޫއީ އަތެކެވެ. އެ އަތަކީ ކްރައުޑްފަންޑިންއަކުން ލިބުނު ފައިސާގެ އެގީހައި ޖެހި އަތެކެވެ.

މަގަރީޓާ އަށް ދިން އަނިޔާއާ ގުޅިގެން ޑިމިޓްރީ މިހާރު އޮތީ 14 އަހަރުގެ ޖަލު ހުކުމެއްގަ އެވެ.

މަގަރިޓާގެ އިތުރުން ގެވެށިއަނިޔާނެ މައްސަލަތައް ޔޫރަޕިއަން ކޯޓް އޮފް ހިއުމަން ރައިޓްސް އަށް ހުށަހަޅައިގެން ކާމިޔާބު ލިބުނު އަނެއް ތިން އަންހެނުންނަކީ ނަޓަލިއާ ޓުނިކޯވާ އާއި ޔެލެނާ ގާޝްމަން އަދި އައިރީނާ ޕެޓްރަކޯވާ އެވެ.

މަގަރީޓާ.

މަގަރީޓާ.

ހަތަރު އަންޔެނުންނަށް ލިބުނު ގެއްލުމުގެ ބަދަލު މާލީ ގޮތުން ނަގައިދޭން ރަޝިއާގެ މައްޗަށް ނެރުނު އަމުރާ ގުޅިގެން އެ މީހުންގެ ވަކީލާ މާރީ ޑަވްޓިއަން ވިދާޅުވީ މިއީ ބޮޑު ކާމިޔާބީއެއް ކަމަށެވެ. ރަޝިއާ އަކީ ގެވެށި އަނިޔާގެ މައްސަލަތައް ވަރަށް ލުއިކޮށް ނަގާ އަދި އެކަމުގައި ހަރުދަނާ ގާނޫނުތަކެއް ވެސް ނެތް ގައުމެކެވެ. އެކަން ޔޫރަޕިއަން ކޯޓް އޮފް ހިއުމަން ރައިޓްސް އިން ވެސް ފާހަގަކޮށް، ގެވެށި އަނިޔާ ސީރިއަސްކޮށް ނެގުމަށް ގޮވާލާފައިވެ އެވެ.

ރަޝިއާގެ ޑެޕިއުޓީ ޖަސްޓިސް މިނިސްޓަރު މިކާއިލް ގަލްޕެރިން ވިދާޅުވި ގޮތުގައި ގެވެށި އަނިޔާގެ މައްސަލަތަކަކީ ސަރުކާރުން ޒިންމާ ނަގަން ޖެހޭ ކަމެއް ނޫނެވެ. އަދި އެއީ ދޭދޭ މީހުންގެ މެދުގައި ހިނގާ ޒާތީ މައްސަލަތަކެއް ކަމަށް ވިދާޅުވި އެވެ.