ބްރުސެލްސް، ބެލްޖިއަމް (މެއި 3) - ބެލްޖިއަމްގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ މަރުއޯން ފެލައިނީ އޭނާގެ ކުރީގެ ޓީމު ބެލްޖިއަމް ޕްރޯ ލީގުގެ ސްޓެންޑާޑް ލީޖް ރެލިގޭޝަނުން ސަލާމަތްކުރުމަށްޓަކައި ތިން މިލިއަން ޑޮލަރުގެ ލޯން އެހީ އެއް ދޭން ނިންމައިފި އެވެ.
03 މެއި 2020
ބްރުސެލްސް، ބެލްޖިއަމް (މެއި 3) - ބެލްޖިއަމްގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ މަރުއޯން ފެލައިނީ އޭނާގެ ކުރީގެ ޓީމު ބެލްޖިއަމް ޕްރޯ ލީގުގެ ސްޓެންޑާޑް ލީޖް ރެލިގޭޝަނުން ސަލާމަތްކުރުމަށްޓަކައި ތިން މިލިއަން ޑޮލަރުގެ ލޯން އެހީ އެއް ދޭން ނިންމައިފި އެވެ.
މިއީ ބެލްޖިއަމްގެ ޗެމްޕިއަންކަން 10 ފަހަރު ހޯދާފައިވާ ސްޓެންޑާޑްގެ މާލީ ހާލަތު މި ވަގުތު ހުރި ގޮތުން ޕްރޮފެޝަނަލް ކްލަބް ލައިސަންސް ހޯދަން ފުރިހަމަކުރަން ޖެހޭ ކަންތައްތައް ކުރަން ބަޖެޓް ނެތުމުގެ ސަބަބުން އޭނާ ދިން އެހީއެކެވެ. އެ ކްލަބަށް ބަޖެޓުގެ ދަތިކަން ކުރިމަތިވީ ކޮވިޑް-19 އާ ގުޅިގެން ލީގު އަވަހަށް ނިންމާލާފައިވާ ސްޕޮންސަރުންގެ ފައިސާ ނުލިބޭތީ އެވެ.
ޕްރޮފެޝަނަލް ކްލަބް ލައިސަންސް ދެނީ ބެލްޖިއަމް ފުޓްބޯޅަ ފެޑެރޭޝަނުން ބަލާ މިންގަނޑުން ފާސްވާ ކްލަބްތަކަށެވެ. މިދިޔަ މަހުގެ 10 ވަނަ ދުވަހު މުއްދަތު ހަމަވިއިރު އެ ކްލަބުން އޮތީ ކަންތައްތަކެއް ފުރިހަމަނުކޮށެވެ. އެ ކަންތައްތައް ފުރިހަމަ ކުރަން ދީފައިވާ މުއްދަތުގެ ތެރޭގައި އެކަން ނުކުރެވިއްޖެނަމަ ސްޓެންޑާޑް ދަށް ޑިވިޝަނަކަށް ރެލިގޭޓްކޮށްލާނެ އެވެ. ސްޓެންޑާޑުން އިތުރު މުހުލަތެއް ހޯދީ ބެލްޖިއަމްގެ ކޯޓެއް މެދުވެރިކޮށެވެ.
"މި ވަގުތު މުހިއްމީ ކްލަބް ދެމި އޮތުން. އަހަރެންގެ ކްލަބެއް މިއީ،" ބެލްޖިއަމްގެ މީޑިއާ އަކަށް ދިން އިންޓަވިއުއެއްގައި ފެލައިނީ ބުންޏެވެ.
ޖަރުމަނުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން ސްޓެންޑާޑަށް ކުރިން ކުޅުނު މިޑްފީލްޑަރު އެކްސެލް ވިޓްސެލް ވަނީ އެ ކްލަބްގެ ދަނޑުގެ 45 ޕަސެންޓް ހިއްސާ ގަނެފަ އެވެ. އެއީ ވެސް އެ ކްލަބަށް މިހާރު ދިމާވެފައިވާ މާލީ ހާލަތުން އަރައިގަންނަން ކުރާ މަސައްކަތުގައި އެހީވާން ވިޓްސެލް ކުރި ކަމެއް ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ފެލައިނީ، 32، އޭނަގެ ކެރިއަރު ފެށީ ސްޓެންޑާޑް އިންނެވެ. އެ ޓީމަށް އޭނާ ވަނީ 2006 އިން 2008 އަށް ކުޅެފަ އެވެ. މިހާރު ފެލައިނީ ކުޅެމުން އަންނަނީ ޗައިނާގެ ޝަންޑޮން ލުނެން އަށެވެ. ރާއްޖޭގައި މިދިޔަ މަހު ކުރީކޮޅުގައި ޗުއްޓީ ހޭދަކުރުމަށް ފަހު އެނބުރި ޗައިނާ އަށް ދިޔަ ފަހުން ކޮވިޑް-19 އަށް ފެލައިނީ ޕޮޒިޓިވްވި އެވެ. އެކަމަކު މިހާރު އޭނާގެ ހާލަތު ރަނގަޅެވެ.
ކޯޓުއާއަށް ޖާގަ ދޭތީ ދެ ވަނަ ކީޕަރު ޓީމުން ވަކިވެއްޖެ
ޑްރަގް މައްސަލައެއްގައި ނައިންގޯލާން ހައްޔަރުކޮށްފި
ބެލްޖިއަމްގެ ބައި ގޯލަކުން ފްރާންސް ގަދަ އަށަކަށް
ގުރޫޕްގެ ދެވަނަ އާއެކު ބެލްޖިއަމަށް ޖެހުނީ ފްރާންސް
ޔޫކްރޭން ރޮއްވާލުމަށްފަހު އަނެއް ތިން ޓީމުން އުފާކުރަނީ
ރޮމޭނިއާ ބަލިކޮށް ބެލްޖިއަމް އަލުން ޓްރެކަށް
ބަދު ނަސީބު ބެލްޖިއަމަށް ސައްހަ ގޯލެއްނުޖެހި މާޔޫސްކަން
ކޯޓުއާ ނުލައި ޔޫރޯ އަށް، ބެލްޖިއަމް އެ ހަދަނީ ގޯހެއް
ބަޑީގެ ހަމަލާއަކާހެދި ޔޫރޯ ކޮލިފައިން މެޗު ހުއްޓާލައިފި
ރޮނާލްޑޯގެ ގޯލުތަކުން ޕޯޗުގަލް ޔޫރޯ އަށް ކޮލިފައިވެއްޖެ