02 މެއި 2020
ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ އިގުތިސާދު ހުއްޓި، ކުރިމަތިވެފައި މި އޮތީ އެންމެ ފުން ވަޅުގަނޑެވެ. ވޯލްޑް ބޭންކުން ލަފާކޮށްފައިވާ ގޮތުގައި މުޅި ސާކް ސަރަހައްދުން ވެސް އެންމެ ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހޭނީ ރާއްޖެއަށެވެ. އަދި އެ ހާލަތަށް ތައްޔާރުވާން މުހިއްމު ގިނަ ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށް ވެސް އެ ބޭންކުން ބުނެ އެވެ.
ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ އިގުތިސާދު ހުއްޓި، ކުރިމަތިވެފައި މި އޮތީ އެންމެ ފުން ވަޅުގަނޑެވެ. ވޯލްޑް ބޭންކުން ލަފާކޮށްފައިވާ ގޮތުގައި މުޅި ސާކް ސަރަހައްދުން ވެސް އެންމެ ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހޭނީ ރާއްޖެއަށެވެ. އަދި އެ ހާލަތަށް ތައްޔާރުވާން މުހިއްމު ގިނަ ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށް ވެސް އެ ބޭންކުން ބުނެ އެވެ.
ޓޫރިޒަމުން ލިބޭ އާމްދަނީ އިންތިހާއަށް ދަށްވެ، އިގްތިސާދަށް ބޭނުންވާ ފައިސާ ހޯދަން ދުނިޔޭގެ މާލީ އިދާރާތަކުގެ އެހީއަށް ރާއްޖެ އިން އެދިއްޖެ އެވެ. ދައުލަތުގެ ހަރަދު މެނޭޖްކުރަން ދާދި ފަހުން ސަރުކާރުން ވަނީ އެމްއެމްއޭ މެދުވެރިކޮށް ފައިސާ ނަގަން ވެސް ނިންމާފަ އެވެ. އެކަމަކު މި ވަގުތު ނަގާ ގާތްގަނޑަކަށް ހަތަރު ބިލިއަނަށް ވުރެ ގިނަ ރުފިޔާއާ މެދު އެކި މީހުންގެ ހިޔާލު ތަފާތެވެ.
އިގުތިސާދީ ދާއިރާގެ ބައެއް މީހުން ބުނާ ގޮތުގައި އެމްއެމްއޭއިން އޯވާޑްރޯ ކުރުމަކީ ފައިސާ ޗާޕްކުރުން ކަހަލަ ކަމެކެވެ. އޭގެ ސަބަބުން އިގްތިސާދީ ބޮޑެތި ތަކްލީފުތަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް ވެސް، އެ ނަޒަރުން ބަލާ މީހުން ގަބޫލުކުރެ އެވެ.
ނަން ހާމަނުކުރަން ޝަރުތުކުރައްވާ ވާހަކަ ދެއްކެވި ބޭފުޅަކު ވިދާޅުވީ އެމްއެމްއޭއިން ފައިސާ ނެގުމުން ކުރާނެ އަސަރަކީ ފައިސާ ޗާޕް ކުރުމުން ވެސް ކުރިމަތިވާނެ އަސަރު ކަމަށެވެ. މި ހާލަތުގައި ސަރުކާރުން އެގޮތަށް ފައިސާ ނެގުމުން ރާއްޖޭގެ އިގްތިސާދުގެ ތެރޭގައި ރުފިޔާ ދައުރުވާ މިންވަރު އިތުރުވެ ވުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށް އޭނާ ވިދާޅުވި އެވެ. ހާއްސަކޮށް ރާއްޖެއަށް ޑޮލަރު ނުވަތަ ބޭރު ފައިސާ ވަންނަ ޓޫރިޒަމް ދާއިރާ ހުއްޓުމަކަށް އައިސްފައި އޮތުމުންނެވެ.
"ހަމަ ގައިމުވެސް ލޯކަލް ކަރެންސީގެ މަނީ ސަޕްލައި އިތުރުވުމުގެ ފުރުސަތު އެބަ އޮތް. މީގެ އިމްޕެކްޓް ކުރު މުއްދަތެއްގައި ނުވަތަ ދިގު މުއްދަތެއްގައި ވެސް އައިސްފާނެ،" އޭނާ ވިދާޅުވި އެވެ.
އޭނާ ގަބޫލުކުރައްވާ ގޮތުގައި މިވަގުތަށް ބޭނުންވާ ފައިސާ އެމްއެމްއޭ މެދުވެރިކޮށް ނެގުމަށް ފަހު އިގްތިސާދު ތެރޭގައި އިތުރުވާ އެ ބައި ރާއްޖޭގެ މަރުކަޒީ ބޭންކަށް އަނބުރާ ހޯދޭނެ ގޮތްތައް ވެސް މަދެވެ. ސަބަބަކީ، ރާއްޖެއަކީ އަމިއްލަ އުފެއްދުންތެރި ގައުމަކަށް ނުވުމެވެ. ރާއްޖެ އޮތީ އިމްޕޯޓަށް ބަރޯސާވެފަ އެވެ. އެހެން ގައުމުތަކުން ކުއްލިއަކަށް ބޭނުންވާ ފައިސާ އެތަންތަނުގެ މަރުކަޒީ ބޭންކްތަކުން ނެގުމަށް ފަހު، އިގްތިސާދީ ހަރަކާތްތަކުގެ އެހީގައި އަނބުރާ ވައްދަ އެވެ.
މިވަގުތު ވެސް ރާއްޖޭގެ އިގްތިސާދުގައި 38 ބިލިއަން ދިވެހި ރުފިޔާ ދައުރުވެ އެވެ. އޭގެ ތެރެއަށް ހަތަރު ބިލިއަން އިތުރުވުމަކީ، ހާލަތުގެ ގޮތުން މަޖުބޫރުވިޔަސް، އިގުތިސާދީ ގޮތުން ގެއްލުމެއް ކަމަށް، ކުރިން ވާހަކަ ދެއްކެވި ތަޖުރިބާކާރު ވިދާޅުވި އެވެ.
ބައެއް ތަޖުރިބާކާރުން ދެކޭ ގޮތުގައި އެމްއެމްއޭ އިން ފައިސާ ނެގުމުގެ ކުރިން ސަރުކާރަށް ކުރެވިދާނެ ކަންކަން އެބަ ހުއްޓެވެ. އެއް ކަމަކީ މިހާރަށް ވުރެ ބޮޑަށް ސަރުކާރުގެ ހަރަދުތައް ކުޑަކުރުމެވެ. އެގޮތުން މިވަގުތަށް މުހިއްމު ނޫން ހުރިހާ ހަރަދެއް ކަނޑާލައި މުވައްޒަފުންގެ މުސާރަތައް ވެސް ކުޑަކުރެވިދާނެ އެވެ.
ސަރުކާރުން އަންނަނީ އެގޮތަށް ވެސް އަމަލްކުރަމުންނެވެ. އެގޮތުން ސިޔާސީ މުވައްޒަފުންގެ މުސާރައިން 20 ޕަސެންޓް ކުޑަކުރުމާއި ނުފަށާ ހުރި ޕީއެސްއައިޕީ ޕްރޮޖެކްޓްތައް މަޑުޖައްސާލުމާއި ހަރުމުދާ ގަތުން 70 ޕަސެންޓަށް ކުޑަކުރުމާއި ކައުންސިލްތަކަށް ދޫކުރާ ހިލޭ އެހީ ނުދީ މަޑުޖައްސާލުން ފަދަ ކަންކަން ހިމެނެ އެވެ. މިކަންކަމުން ގާތްގަނޑަކަށް 2.8 ބިލިއަން ރުފިޔާ ވަރު ސަލާމަތްކުރެވޭނެ ކަމަށް، ސަރުކާރުން ބުނެ އެވެ.
ނަމަވެސް ސަރުކާރަށް ލިބޭ އާމްދަނީ އިންތިހާއަށް ދަށްވެ، ދައުލަތް ހިންގަން 13 ބިލިއަން ރުފިޔާ ހޯދަން ޖެހެ އެވެ. އެހެންކަމުން ހަރަދު ކުޑަކުރަން މިހާރަށް ވުރެ ވެސް ހަރުކަށި ފިޔަވަޅުތައް އަޅަން ޖެހޭ ކަމަށް، އެއް ބަޔަކު ދެކެ އެވެ.
އެގޮތުން ސިޔާސީ މުވައްޒަފުންގެ މުސާރައިން 20 ޕަސެންޓަށް ވުރެ ވެސް ބޮޑަށް އެއްޗެއް ކެނޑުމާއި، ކޮވިޑް-19 ގެ މަސައްކަތުގައި އެންމެ އިސް ސަފުގައި އުޅޭ މީހުން ފިޔަވައި މިވަގުތައް ސަރުކާރަށް މުހިއްމު ނޫން މުވައްޒަފުންގެ މުސާރައިން ވެސް ވަކި ވަރެއް އުނިކުރެވިދާނެ ކަމަށް، އެ ނަޒަރުން ވިސްނާ މީހުން ފާހަގަކުރެ އެވެ.
ސަރުކާރު ހިއްސާ އެކަމަކު ފައިދާ ނުވާ އެތައް ކުންފުންޏެއް ހިންގަ އެވެ. އެ ކުންފުނިތަކުގެ ހަރަދުތައް ކުޑަކުރުމުން ވެސް ސަރުކާރަށް ކޮންމެވެސް ވަރެއްގެ ބުރައެއް ލުއިވެ އެވެ. އެކަމަކު އެއީ ސިޔާސީ ގޮތުން އަޅަން އުނދަގޫ ފިޔަވަޅުތަކެއް ނަމަވެސް، ސަރުކާރަށް އެކަން ކުރެވިދާނެ އެވެ.
ޕަބްލިކް ބޭންކް އެކައުންޓް (ޕީބީއޭ) އިން ހައްދެއް ނެތި އޯވާޑްރޯކުރުމަކީ، 2013 ގެ ކުރިން ސަރުކާރުތަކުގެ އާންމު އަމަލެކެވެ. އެކަމަކު ސަރުކާރު ހިންގަން ބޭނުންވާ ފައިސާ ނެގުން، 2013 ގައި ހުއްޓާލި އެވެ. އޭގެ ބަދަލުގައި ޕީބީއޭ ބޭނުންކުރީ ހަމައެކަނި ސަރުކާރުގެ ދަރަނި އަދާކުރާށެވެ.
މި ފިޔަވަޅު އޭރު އެޅީ ރުފިޔާގެ އަގު ހިފަހައްޓައި، އިންޕްލޭޝަން ކޮންޓްރޯލުކޮށް، އިގްތިސާދު ހަމަ މަގަށް އެޅުމުގެ ބޭނުމުގަ އެވެ.
ނަމަވެސް ކޮވިޑް-19ގެ ހާއްސަ ހާލަތާ އެކު އެމްއެމްއޭއިން ދިގު މުއްދަތަށް ލޯނު ނެގޭނެ ގޮތް ހަދަން ސަރުކާރުން ހުށަހެޅި ބިލް މަޖިިލިހުން ފާސްކުރުމުން، އަނެއްކާވެސް ރާއްޖެ މިވަނީ ކުރީގެ އާދައަށް ރުޖޫއަވެފަ އެވެ.
ރާއްޖޭގެ އިގްތިސާދު ދިރާސާ ކުރައްވާ އިބްރާހިމް އާތިފް ޝަކޫރު ވިދާޅުވީ އިގްތިސާދަކީ މީހުން ހެލިފެލިވެ، ވިޔާފާރިކޮށް މުއާމަލާތް ކުރެވޭ ހާލަތުގައި ބޭނުންކުރާ ބަހަކަށް ވާއިރު މިއީ ޑެފިސިޓާއި އިންފްލޭޝަނާއި އިންޓަރެސް ރޭޓު ފަދަ ބޮޑެތި ބަސްބަހުގެ ވަގުތެއް ނޫން ކަމަށެވެ.
ހާލަތު ތަންދިނުމުން، މިފަދަ ދުވަހެއް، މިފަދަ ހާލެއްގައި، ދެން އޮތް ޖީލުތަކަށް ރައްދު ވިޔަ ނުދިނުމަށްޓަކައި، އިޖްތިމާއީ ރައްކާތެރި ކަމުގެ ހިޔާފޯރާފަދަ ގޮތެއްގައި އިގްތިސާދު އަލުން ޖެހޭނީ މުލުން ފެށިގެން ފަރުމާ ކުރަން. ﷲ އިރާދަފުޅާއެކު އެކަން ކުރެވޭނެ
— Athif Shakoor (@AthifShakoor) April 23, 2020
3/3
އާތިފް ޝަކޫރުގެ ޓްވީޓް
"މިވަގުތަކީ ބަނޑުހައިކަމާއި ދުރުގައި، ބޯހިޔާ ވަހިކަމުގައި، އާއިލާ ގޮވައިގެން ރައްޔިތުން ހެޔޮ ހާލުގައި ގެންގުޅުމަށް ކުރަން ޖެހޭ ކޮންމެ ކަމެއް ކުރުމުގެ ވަގުތު. އިގްތިސާދޭ ކިޔާނީ ފަހުން،" އޭނާ ވިދާޅުވި އެވެ.
އާތިފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މި ހާލަތަށް ފަހު ރާއްޖޭގެ އިގުތިސާދު ޖެހޭނީ "މުލުން ފެށިގެން ފަރުމާކުރަން" ކަމަށެވެ.
"ހާލަތު ތަން ދިނުމުން، މިފަދަ ދުވަހެއް، މިފަދަ ހާލެއްގައި، ދެން އޮތް ޖީލުތަކަށް ރައްދުވިޔަ ނުދިނުމަށްޓަކައި، އިޖުތިމާއީ ރައްކާތެރިކަމުގެ ހިޔާ ފޯރާ ފަދަ ގޮތެއްގައި އިގުތިސާދު އަލުން ޖެހޭނީ، މުލުން ފެށިގެން ފަރުމާކުރަން. ﷲ އިރާދަފުޅާ އެކު އެކަން ކުރެވޭނެ،" އެ ޓްވީޓްގައި އޭނާ ލިއުއްވި އެވެ.
ސަރުކާރުން ބުނާ ގޮތުގައި އެމްއެމްއޭއިން ފައިސާ ނަގަން ނިންމީ ފުރިހަމަ ދިރާސާއެއް ކުރުމަށް ފަހު އެވެ. އަދި މިހާރުގެ ހާލަތަށް ބަލާ އިރު އެ ފައިސާ ނެގުމަކުން ތަކެތީގެ އަގަށް މާ ބޮޑު އަސަރެއް ކުރާނެ ކަމަކަށް، ސަރުކާރުން ނުދެކެ އެވެ.
ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ އިގުތިސާދު ދަށަށް ދާނެ އެކި ހާލަތުތައް ސަރުކާރުން އަންދާޒާކުރެ އެވެ. އެގޮތުން އެންމެ ނުބައި ހާލަތުގައި މައިނަސް 29 ޕަސެންޓަށް އިގްތިސާދު ވެއްޓޭނެ އެވެ. އެއީ މި އަހަރުގެ ބާކީ އޮތް ބައިގައި ރާއްޖެއަށް އެއްވެސް ޓޫރިސްޓަކު ނާންނަ ނަމަ އެވެ.
ސަރުކާރުން ބުނާ ގޮތުގައި އިގްތިސާދުގެ ވާހަކަ ދައްކާނީ މި ހާލަތުން ސަލާމަތްވެގެންނެވެ. އެހެންކަމުން، ސަރުކާރަށް ދެވެން އޮތް އެހީތައް، އިގުތިސާދީ ހަރަކާތްތަކަށް ހޭދަކުރަން ވަނީ ނިންމައިފަ އެވެ. އެއީ ވެސް ދިވެހިންގެ ހައްގުގައި ކުރަން ޖެހޭ ކަމެއް ކަމަށް ސަރުކާރުން ބުނެ އެވެ. އިގުތިސާދުގެ ތެރެއަށް އިތުރަށް އަޅާ ފައިސާ އިން، މިވަގުތަށް ގައުމު ހިފެހެއްޓުމަކީ، ކުރިއަށް އޮތް ތަނުގައި އިގުތިސާދޭ ކިޔާ އެއްޗެއް އޮތްކަން ވެސް ކަށަވަރުކުރަން މުހިންމު ފިޔަވަޅެއް ކަމަށް، ސަރުކާރުން ގަބޫލުކުރެ އެވެ.
"އިގްތިސާދީ ކުރިއެރުން ވަނީ ނާޒުކް ފައްތަރެއްގައި"
ޓެކްސްތައް ބޮޑުކޮށްގެން 2.7 ބިލިއަންގެ އާމްދަނީއެއް
އެމްއެމްއޭގެ އާ ގަވާއިދު: ތަންފީޒު ކުރެވޭނެ؟
މުހިއްމު ގަވާއިދެއް، ގެސްޓް ހައުސްތަކަށް ގެއްލުންވެދާނެ
ޓޫރިޒަމުން ވަންނަ ޑޮލަރު ބޭންކަށް ޖަމާކުރަންލާޒިމްކޮށްފި
އަހަރަކު 750 މިލިއަން ބޭންކުތަކަށް މާރުކުރަން ޖެހޭ!
އަވަސް ފިޔަވަޅުތަކަކުން ހައްލު ހޯދަންޖެހޭ މައްސަލައެއް!
އިސްލާހީ ފިޔަވަޅު ލަސްވާ ކޮންމެ ދުވަހަކީ ގެއްލުމެއް!
"ބޭރު ފައިސާ ނުހިފެހެއްޓެނީ ބޭންކިން ދާއިރާ ކުޑަވީމަ"
އެމްއެމްއޭއިން އިސްނަގައިގެން ލަފައެއް ނުދޭ: މިނިސްޓަރު